އޭނާއާ ކައިވެނި ކުރާ މީހަކު 24 ގަޑިއިރު ތައުރީފް ކުރަން ޖެހޭނެ ކަމަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ފަންނާނެއް ކަމުގައިވާ ޝެހެނާޒް ގިލް ބުނެފިއެވެ.

''މަސާބާ މަސާބާ'' ވެބް ޝޯގެ ސްޓަރ މަސާބާ ގުޕްތާގައި ސަޕޯޓަރަކު ވަނީ ޝެހެނާޒްއާ ކައިވެނި ކުރަން ބޭނުންވާ ކަމަށް ބުނެ އެކަމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ފާޅުކޮށްފައެވެ.

ޝެހެނާޒް ބުނެފައިވަނީ އޭނާއާ އެއްކޮށް އުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

''ތިއީ ސަޕޯޓަރަކު ކުރި ސުވާލެއް ނަމަ އެންމެ ރަނގަޅު. ތި މީހަކާ ބެހޭ މަޢުލޫމާތު ފޮނުވާ. ނަމަވެސް އަހަރެންނާއެކު އުޅުމަކީ ވަރަށް އުދަނގޫ ކަމެއް. ކަންފަތަށް ވެސް އުނދަގޫވާނެ ކަމެއް'' ޝެހެނާޒް ބުނެފައިވެއެވެ.

ޝެހެނާޒް ބުނެފައިވަނީ އޭނާއާއެކު އުޅެން އުނދަގޫ ވާނީ އޭނާއަކީ އެހެން މީހުންގެ ވާހަކަތައް އަޑުއަހަން ބޭނުން ނުވާ މީހަކަށް ވާތީ އާއި އޭނާއާ އިންނަ މީހަކު އަބަދުވެސް އޭނާ ދައްކާ ވާހަކަ އަޑުއަހަން ޖެހޭނެތީ ކަމަށެވެ.

މީގެއިތުރުން ހަފުތާގެ ހަތް ދުވަހުގެ 24 ގަޑިއިރު އޭނާ ދައްކާ ވާހަކަ އަޑުއަހަން ޖެހޭނެ ކަމަށާއި އޭނާއަށް ތަޢުރީފް ކުރަން ޖެހޭނެ ކަމަށް ވެސް ޝެހްނާޒް ބުނެފައިވެއެވެ.

ޝެހެނާޒް ގިލްއަކީ ބިގްބޮސްގެ 13 ވަނަ ވަނަ ސީޒަނުން މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. މި ޝޯއަށް ފަހު ޝެހެނާޒްއަށް ލިބުނު މަގުބޫލު ކަމުގެ ސަބަބުން އޭނާއަށް ގިނަ ވީޑިއޯ ލަވަތަކާއި ފިލުމުތަކުން ވެސް ދަނީ ފުރުސަތު ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އާދަނު

    އަނބިދަށުވެގެން އުޅެން ކަލެޔާ އިންނާނީ ކާކު؟ މށެއް ވާ ނީންނާނަށް!

    30
    3
  2. ޕޮގުބާ

    އިތުރު ލޯވަޅެއް އިނީތަ؟

    26
    1
    • ޖާބިއަރު

      މަނިދާންވެސް ވާނެ. ހޭލާ ނުހުރެވޭނެ

      10
  3. Anonymous

    އަމިއްލަ މީހާގެ ސްޓެޗޫއެއް ހަދައިގެން ސަޖިދަކޮށް އަޅުކަނއ ކޮށްބަ

    22
    1
  4. ހަބީބަ

    ދޮންކަނބުލޯ ބުނަން ރީތި ވާހަކައެއް! ފިރިހެނުން ނުތިބޭނެ ތައުރީފު ކޮށް ކޮށް އަބަދުގެ އަބަދަށް އެކައްޗަށް ބަލައިގެން! ވަރަށް މަކަރު ބައެއް އެއީ! ވަށްކަޅިން ވެސް ބަލާނެ އެހެން އެއްޗިއްސަށް!! ތިކަހަލަ އެތަށް ޝެހެނާޒް ޝެހޭ އަށް ބަދަލު ކޮށްލާނެ!

    22
    2
  5. ހުސޭނުބޭ

    ޔަޢުރީފްގެ ބަސްތައް ރެކޯޑްކޮށްފައި އޯޑިއޯ އަބަދު އިވޭގޮތް ހަދާދީ. ދެން އެއަށްފަހު ހެއްދެވިނެހެއްދެވިއަށް ގޮތްވަސް ތިވަރު މީހަކަށް ނޭގޭނެ.

    12
  6. ދު

    ހާދަ ފޮނި ބޮޑާ އެއްޗެކޭ ދޯ؟

    25
    1
  7. ގޯގޯ ހަމީދު

    26 އަހަރުން މަތީގެ ހަލާކު މުދާ ބޮޑު ކަރަދުކޮށްގެން މުޅި އުމުރު ރެޕިއަރ ކުރަން ހަވާލުވާއިރު ބޮޑު އަގުގައި ނުގަނެވޭނެ. ތައުރީފެއްވެސް ނުކުރާނަށް ދޭ އެއްޗަކަށް ރުހެންޏާ އިނދެވިދާނެ އެހެން ނޫނީ 18-19 އަހަރު ކުދިން އޯކޭ..

    11
  8. އަހްމަދު

    މަށަކަށް ނުވާނެ! މަނިދަންވެސް ޖެހޭނެ އަދި ކަލޭވެސް ނިދަންޖެހޭނެ!

    14
    1
  9. Anonymous

    މަންޖެ ކަހަލަ މީހަކާ އިނީމާ ވާނެގޮތަކީ ﷲ އަށް އަދާކުރަން ޖެހޭ ލޯބި މަންޖެއަށް ދޭންޖެހޭނީ. އެކަލާނގެ ޙައްޤުތައް އެއްކިބާތުގާ އޮވެފާ އެ ޙައްޤުތައްވެސް މަންޖެއަށް ދޭށޭތަ ތިބުނަނީ؟

    14
  10. ައަލިފުޅު

    ބޮޑާކަމާއި ކިބުރުވެރިކަން! ތިބާގެ ތިޔަ ޒުވާންކަމާއި ރީތި ކަމުގައި، ތާއަބަދަށް ދެމިހުރޭތަ!

    22
    1
  11. ސަޓޮ

    މާ ރީތި މީހެއްވެސް ނޫނޭ އަދި، ހެހެހޭ

    8
    1
  12. ފާއިޒު

    އޯކޭ، އިތުރު ކަމަކަށް ޝަރުޠު ނުކުރާނަމަ މިހުރީ ތައްޔާރަށް. ދެން އަހުރެންގެ ޝަރުޠުތަކާއެކު އަވަހަށް ކައިވެނި ކުރަމާ!

  13. ޙުހއ

    ހުވާ މިބުނީ ކަލެއަކާއި ނުއެއް އިންނާނަން.

  14. ފުރީ

    ބަލަ އެއީ އޭނަ ފިރިހެނުންގެ ދުއްޕާން ބޮޑުކަމުން ކިޔާއެއްޗެހި ދުރަށްދޭތޯ.

  15. އަބުދުﷲ

    ރިޕީޓު ރެކޯޑިން އެއް ބެހެއްޓީމަ ރަނގަޅުވާނެ.

  16. ނަން

    މީހަކު އެބަ އުޅޭތަ ކަލެއާ އިންނަން ވެގެން