ޔޫޓިއުބަރ ގޯރަވް ތަނޭޖާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް މަރުގެ އިންޒާރުގެ ފޯނު ކޯލެއް އައި ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅައިފި ކަމަށް ގޯރަވް ބުނެފިއެވެ.

ފުލުހަށް މައްސަލަ ހުށަހެޅި ލިޔުމުގެ ނުސާފު ފޮޓޯއެއް ޓުވިޓާގައި ހިއްސާކޮށް އޭނާ ބުނެފައިވަނީ ނުދަންނަ ނަންބަރަކުން ގުޅައިގެން އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގޯރަވްގެ މި ޕޯސްޓުގައި ދިއްލީ ޕޮލިސްއާއި އިންޑިއާގެ ހޯމް މިނިސްޓްރީ ޓެގް ކޮށްފައިވެއެވެ.

''ފުލައިން ބީސްޓް'' ގެ ނަމުން މަޝްހޫރު ވެފައިވާ ގޯރަވްގެ އަންހެން ދަރިފުޅަށް މަރުގެ އިންޒާރު ދިނީ ކީއްވެ ކަމެއް އަދި ހިއްސާއެއް ނުކުރެއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ދިއްލީގެ ދޭޝް ބަންދޫ ގުޕްތާ ރޯޑް ޕޮލިސް ސްޓޭޝަނަށެވެ.

ގޯރަވް ތަނޭޖާ ވަނީ މިދިޔަ ޖުލައި މަހުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ގޯރަވް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖުލައި 7 ވަނަ ދުވަހު ގަވާއިދާއި ހިލާފަށް މަގުމަތީގައި އޭނާގެ ސަޕޯޓަރުންނާއި އެކު އުފަން ދުވަސް ފާހަގަ ކުރުމުގެ ސަބަބުންނެވެ. ގޯރަވްގެ އުފަން ދުވަސް ފާހަގަ ކުރުމަށް އޭނާގެ ސަޕޯޓަރުންނަށް ދައުވަތު ދީފައިވަނީ އޭނާގެ އަންހެނުން ރިތޫ ރަތީ ތަނޭޖާއެވެ.

މި މައްސަލައިގައި ގޯރަވް ހައްޔަރު ކުރުމަށް ފަހު އޭގެ ދެތިން ގަޑިއިރު ފަހުން ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައިކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    🤲