ބޮލީވުޑްގެ ތަރި ކިއާރާ އަދްވާނީ އާ އެކުގައި އިތުރު ފިލްމަކުން ފެނިގެންދާނެ ކަން ކާރްތިކް އާރިޔަން އިއުލާނުކޮށްފިއެވެ.

ކާރްތިކް އެކަން އިއުލާނު ކުރީ އިއްޔެ ފާހަގަކުރި ކިއާރާގެ 31 ވަނަ އުފަން ދުވަހުގައި އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ކާރްތިކް ވަނީ ކިއާރާއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައިފައެވެ. އަދި އެ ދެ މީހުން އަނެއްކާވެސް އެކުގައި ފެނިގެން ދާނެ ކަން އިއުލާނުކޮށްފައި ވެއެވެ.

ކިއާރާ އާއި ކާރްތިކް އެކުގައި ދެން ފެނިގެން ދާނީ "ސަތްޔާ ޕްރޭމްކީ ކާތާ" އިންނެވެ. ކާރްތިކް ވަނީ އެ ފިލްމަށް ދެ މީހުން ނަގާފައިވާ ކުރު ވީޑިއޯ ކޮޅެއްވެސް ހިއްސާ ކޮށްފައެވެ.

ކިއާރާ އާއި ކާރްތިކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ބޫލްބުލައްޔާ 2" އިންނެވެ. އެ ފިލްމަކީ މި އަހަރުގެ މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ފިލްމެވެ.

ބޫލްބުލައްޔާގައި ކާރްތިކް އާއި ކިއާރާގެ ޖޯޑަށް ގިނަ ބައެއްގެ ތައުރީފް ވެސް ވަނީ ލިބިފައެވެ. އެ ދެތަރިން ވަރަށް ގުޅޭކަމަށް ވެސް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous