މަޝްހޫރު ފަންނާނުންގެ ދިރިއުޅުމުގައި ހިނގާ ކަންތައްތައް އެނގެން ބޭނުންވާ އެތައް ބަޔަކު ތިބެއެވެ. މިގޮތުން ބޮލީވުޑުގެ ފަންނާނުންގެ ޒާތީ ވާހަކަތައް އެމީހުން އަމިއްލައަށް ކަރަންގެ ޝޯ ''ކޮފީ ވިތު ކަރަން'' ގައި ހިއްސާ ކުރެއެވެ.

މީގެ އިތުރުން ބައެއް ފަންނާނުންގެ ވަޓްސްއަޕް މެސެޖުތަކެއް ލީކުވެ، އެމީހުންގެ އާއިލީ ގުރޫޕްތަކުގައި ދައްކާފައިވާ ބައެއް ވާހަކަތައް ވެސް ވަނީ އާއްމުވެފައެވެ.

ޖާންވީ ކަޕޫރުގެ އާއިލީ ވަޓްސްއަޕް ގުރޫޕުގެ މެސެޖުތަކެއް ވެސް ވަނީ ލީކުވެފައެވެ. ބޯނޭ ކަޕޫރު، އަރުޖުން ކަޕޫރު، އަންޝުލާ ކަޕޫރު، ޚުޝީ ކަޕޫރު އަދި ޖާންވީ ކަޕޫރު ހިމެނޭ މި ގުރޫޕުގައި ޖާންވީގެ ދަތުރަކާއި ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ. މި ގުރޫޕުގައި އެންމެ ހަރަކާތްތެރީ ހުރިހާ ކުދިންގެ ބައްޕަ ބޯނޭ ކަޕޫރެވެ.

ދީޕިކާ ޕާޑުކޯންގެ އާއިލީ ވަޓްސްއަޕް ގުރޫޕު މެސެޖުތަކެއް ވެސް ވަނީ ލީކުވެފައެވެ. މި ގުރޫޕުގައި ތިބީ ރަންވީރާއި ދީޕިކާގެ މައިންބަފައިންނާއި ދެމީހުންގެ އެއްބަނޑު އެއްބަފާ މީހުންނެވެ. މި ގުރޫޕުގައި ދެކެވިފައިވަނީ ދެވިފައިވާ އިންޓަވިއުއަކާއި ބެހޭގޮތުންނެވެ. ދީޕިކާގެ މަންމައާއި ބައްޕަ، ރަންވީރު އަދި ރަންވީރުގެ އާއިލާގެ މެމްބަރަކު ވާހަކަ ދައްކާފައިވެއެވެ.

މި ޗެޓް ލޮގުން ދީޕިކާގެ ފޯނުގައި ރަންވީރުގެ ނަންބަރު ސޭވް ކޮށްފައިވަނީ ''ހެންޑްސަމް'' ގެ ނަމުގައިކަން އެނގެއެވެ.

މީގެއިތުރުން ކަރީނާ ކަޕޫރު ޚާނާއި ސޯނަމް ކަޕޫރުގެ ދައްތަ ރިއާ ކަޕޫރުގެ ދެމެދުގައި ދެކެވިފައިވާ ވާހަކަތަކެއް ވެސް ލީކުވެފައިވެއެވެ. އަދި ކަރީނާގެ ''ގާރލްސް ގޭންގް'' ގެ ޗެޓް ލޮގުތަކެއް ވެސް ހިމެނެއެވެ. މި ގުރޫޕުގައި ހިމެނެނީ ކަރީނާ، ކަރިޝްމާ، މަލައިކާ އަދި އަމްރިތާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕުއްކިނާރު

    ނަސީދު ފޯނުންބާ އަނެއްކާ؟