ބެޓްގާލް ރިލީޒްކުރުން ކެންސަލްކުރީ ކީއްވެގެންކަން ހާމަކޮށްފިއެވެ.

ނުވަ ދިހަ މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކާއެކު އުފައްދާފައިވާ ބެޓްގާލް އަކީ ވާނާ ބްރޯސް އުފައްދާފައިވާ ފިލްމެކެވެ. މި އަހަރުގެ ކުރީކޮޅު މި ފިލްމުގެ ޝޫޓިން ނިމިފައިވީ ނަމަވެސް ފިލްމު ނެރުން ކެންސަލް ކުރާކަން ފޭނުންނަށް އެނގުނު ހިސާބުން މި ފިލްމު އުފެއްދި ފަރާތަށް ވަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ބާބަރާ ގޯޑަން ގެ ރޯލުން މި ފިލްމުގައި ފެނިގެންދާ ތަރިއަކީ ލެރްސްލީ ގްރޭސްއެވެ. މި ފިލްމުގެ ޑައިރެކްޓަރުންނަކީ "ބޭޑް ބޯއީޒް ފޯ ލައިފް"ގެ ޑައިރެކްޓަރ އާދިލް އެލް އަރްބީ އާއި ބިލާލްއެވެ. މިފަރާތްތަކުންވެސް ވަނީ ފިލްމު ކެންސަލް ކުރި ހަބަރު ލިބުމުން ހައިރާންކަން ފާޅުކޮށްފައެވެ.

ވާނާ ބްރޯސް މި ފިލްމު ކެންސަލް ކުރަން ނިންމުމާ ގުޅިގެން މި ފިލްމު އުފެއްދި ފަރާތްތަކާ ހަވާލަދީ ވާހަކަ ދައްކަމުން ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ހިއްސާ ކުރި ފަރާތަކުން ބުނީ ބަޓްގާލް ރިލީޒް ނުކުރުމަށް ނިންމި ނިންމުމަކީ ޑީސީ ޔުނިވާސް އާއި އެޗްބީއޯ މެކްސްއާ ގުޅުން ހުރި ކަމަކަށް މިކަން ވާތީ ކަމަށެވެ.

"ބެޓްގާލް ދޫކޮށްނުލުމަށް ނިންމި ނިންމުމުން ދައްކުވައިދެނީ އަހަރެމެންގެ ލީޑާޝިޕްގެ ސްޓްރެޓީޖިކް ޝިފްޓް" އޭނާ ބުންޏެވެ.

ކުޅަދާނަ ފިލްމް ޕްރޮޑިއުސަރު ވާނާ ބްރޯސް ވަނީ މި ފިލްމު ރިލީޒް ކުރުމާ ގުޅޭގޮތުން އެތައް ފަރާތަކާއި މަޝްވަރާ ވެސް ކޮށްފައެވެ. އަދި މިއީ ގިނަ ކަންކަން ބަލާފައި ނަގަންޖެހޭ ބޮޑު ނިންމުމެއް ކަމަށް އޭނާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު