ކިމް ކާޑޭޝިއަން އާއި ޕީޓް ޑޭވިޑްސަންގެ ގުޅުން ނިމުމަކަށް އައިސްފިއެވެ.

މި ދެ ތަރިންގެ ގުޅުން ނިމުމަކަށް އައީ ނުވަ މަސް ދުވަސް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު މި ހަފުތާގެ ކުރީކޮޅުގައެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ދެތަރިންގެ ގުޅުން ނިންމާލީ ރަހުމަތްތެރިކަމުގެ ގުޅުން ބާއްވާނެ ކަމަށް އެއްބަސްވަމުންނެވެ.

ދެ ތަރިންގެ ގާތް ފަރާތަކާ ހަވާލަދީ ބޭރުގެ ނޫހަކުން ބުނީ ދެތަރިން ވަކިވީ ދެމީހުންވެސް ބިޒީ ޝެޑިއުލްތަކާއި އުޅެން ޖެހުމުން ކަމަށާއި ގިނަ ފަހަރަށް މަސައްކަތުގެ ގޮތުންވެސް ދެމީހުން ދުރުދުރުގައި ތިބެން ޖެހޭތީ ކަމަށެވެ. އަދި ދެ ތަރިންގެ "ގުޅުން ދަމަހައްޓަން ހަގީގަތުގައި ވެސް އުނދަގޫ" ކަމަށް ދެމީހުން ދެކޭ ކަމަށް ވެސް ނޫހުން ބުނެއެވެ.

ޑޭވިޑްސަން މިހާރުވެސް ހުރީ އޮސްޓްރޭލިއާގައި ފިލްމެއްގެ މަސައްކަތުގަ=އެވެ. އެގޮތުން އޭނާ މިހާރު މަސައްކަތް ކުރިޔަށް ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ވިޒާޑްސް"ގެ މަންޒަރުތައް ނެގުމަށެވެ.

އުމުރުން 41 އަހަރުގެ ކާޑޭޝިއަން އާއި 28 އަހަރުގެ ޑޭވިޑްސަން ޑޭޓްކުރަން ފެށީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެގޮތުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ކާޑޭޝިއަން "ގުޑް މޯނިންގް އެމެރިކާސް" ގައި ރޮބިން ރޮބާޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ "ދަ ކިންގް އޮފް ސްޓޭޓަން އައިލެންޑް" ގެ ތަރިއާ އެކު އޮތް ގުޅުމުގައި އޭނާ "ވަރަށް އުފާވާ" ކަމަށާއި އޭނާ އުޅެނީ ވަރަށް ހަމަޖެހިގެން ކަމަށެވެ.

މި ދެތަރިން ގުޅިގެން އުޅުނު ދުވަސްވަރު ވަރަށް ގިނައިން ނޫސްތަކުގެ ފަލަ ސުރުހީ އިން ޖާގަ ހޯދައެވެ. އެއީ އެކީގައި ރެސްޓޯރެންޓްތަކަށް ކާން ދިއުމުންނާއި ތިއޭޓަރުތައް ހިފައިން ފިލްމު ބަލަން ތިބެގެންވެސް ހަބަރުތައް ގެނެސްފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޛަމަލް

    ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުން ކެނޑުނީ.ޕީޓް ޑޭވިޑްސަން އަކީ ހަމަ ޖޭހޭ މީހެއް ނޫން.