ފޯނުން ފޮޓޯ ނަގަން އުޅެނިކޮށް ފޯނަށް ހޮނު އަޅައި އަންހެނަކު މަރުގެ ބޮޑު އެތިފަހަރަކުން ސަލާމަތްވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްްގައި އިނގިރޭސިވިލާތުގެ ސިޓީއެއްގައި މި ހާދިސާ ހިނގިއިރު، ޓްރޭސީ ކެޓޯލް ނަމަކަށް ކިޔާ އެ އަންހެން މީހާ އެ ވަގުތު ހުރީ ގޭގެ ކުޑަަދޮރު ކައިރީ ހުރެ ބޭރު ފޮޓޯ ނަގާށެވެ.

އެއީ އެރޭ 10:00 ޖަހާއެހާކަން ހާއިރެވެ. ތޫފާނުގެ ސަބަބުން އަވަށުން ފެންނަމުންދާ އަނދިރިކަމުގެ ފޮޓޯތައް ނަގަން ހުރި ޓްރޭސީ ފޮޓޯ ނަގަން ގެންގުޅުނު އައިފޯނަށް ހޮނު އެޅިއިރު، އޭނާ ސަލާމަތްވީ ފޯނަށް ލައްވާފައި އިން ކަވަރެއްގެ ސަބަބުންނެވެ.

ހޮނު އެޅުމުގެ ސަބަބުން އޭނާގެ އަތުން ފޯނު ދޫވިއެވެ. އަދި އެ ހޮނުއެޅި މަންޒަރު ފޮޓޯއަށްވެސް އެރިއެވެ.

"އަހަންނަށް ހަމަ ޔަގީން އެ ކަަވަރު ފޯނުގައި ނެތްނަމަ އަހަރެން މަރުވެދާނެ. އަހަރެމެންެ އެންމެން ހަޅޭލަވާގަތް". ދަރިންނާއި ރައްޓެއްސަކާއެކު އެ ވަގުތު ހުރި އޭނާ ބުންޏެވެ.

ޓްރޭސީ ބުނިގޮތުގައި، އެ ހާދިސާގައި އޭނާއަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. އެހެން ނަމަވެސް އެމީހުން ތިބީ ބިރުން ފިއްކެނޑޭވަރުވެފައެވެ. އޭނާ ބުނީ އެ ހޮނުއެޅީ ވަރަށް ބާރަށެވެ.

އޭނާ ބުނިގޮތުގައި، އެވަގުތު ދަރިން ތިބީ ބިރުންކަމުން ދަރިން މަސަލަސް ކުރުމަށް އެއިރު އުޅުނު ކަމަށާއި، ފަހުން އެންމެންގެ ސަލާމަތަށްޓަކައި އެންމެން ފޭބީ އެ ތިންބުރީގެ އިމާރާތުގެ ތިރީގައި ހުންނަ އޭނާގެ ކޮޓަރިއަކަށް ޓްރޭސީ ބުންޏެވެ.

ޓްރޭސީ ބުނީ، އޭނާ ތިރީ ކޮޓަރީގައި ގާތްގަނޑަކަށް އެރޭ 11:30 ވަންދެން ހުރި ކަމަށެވެ. އަދި އޭނާ އެ ފޯނަށް ލައްވައިގެން އުޅުނު ކަވަރު ގަތް ތަނަށް މެސެޖްކޮށް ޝުކުރު އަދާކުރިކަމަށް ޓްރޭސީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބާނިޔޫސޭ

    އެވަރުންވެސް ހެއްދެވިފަރާތަށް ޝުކުރު ކުޅައުމުގެ ބަދަލުގައި ކަވަރުގަތް ފިހާރައަށް ޝުކުރު.

    • ަސދ

      ހަހަހަހަހަ

  2. އި

    އަލްހަމްދްﷲ
    މާތްﷲ ގެ ހެޔޮރަހުމަތްފުޅުން.. ތީ އިންޒާރެއްވެސްމެ..