ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފް ލޯބީގެ ގޮތުން އަންހެން ކުއްޖަކާ ގުޅިގެން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.

ޓައިގާ ޝްރޮފް މީގެ ކުރިން ރައްޓެހިވެގެން އުޅުނީ ދިޝާ ޕަޓާނީ އާއެވެ. ނަމަވެސް އެ މީހުން މިހާރު ރުޅިވެފައިވާ ކަމަށް ނޫސްތަކުގެ ރިޕޯޓް ކުރީ މިދިޔަ މަހުގެ ފަހުކޮޅެވެ.

އެކަމަކު، ވާހަކަ އެ ދެ އެކްޓަރުން ޔަގީނެއް ނުކޮށްދެއެވެ.

ރައްޓެހިވެގެން އުޅުނު އިރުގައިވެސް އެ ދެ މީހުން އުޅުނީ ވަރަށް ސިއްރުންނެވެ. އަބަދުވެސް ބުނަނީ ދެ މީހުންނަކީ ގާތް ރަހުމަތްތެރިން ކަމަށެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ޓައިގާ މިހާރު ރައްޓެހިވެގެން އުޅެނީ އޭނާއާއެކު ވީޑިއޯ ލަވައެއް ކުޅުނު އަންހެން ކުއްޖަކާއެވެ. އެއީ އަކާންޝާ ޝަރްމާއެވެ.

އަކާންޝާ ޝަރްމާ އަކީ މަޝްހޫރު މޮޑަލް އެކެވެ. އަދި ވަރަށް ގިނަ ލަވަތަކުން ވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ.

ޓައިގާ އާއި އަކާންޝާ ރައްޓެހިވެގެން އުޅޭ އަޑުތައް ގަދަވެފައިވާއިރު ގިނަ ސަޕޯޓަރުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.