އިންޑިއާގައި ރޭޕްގެ ޝިކާރަކަށްވި 22 އަހަރުގެ ޒުވާން އަންހެނަކު މަޖުބޫރުން ދަރިވައްޓާލަން އުޅުމުގެ ތެރޭގައި މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ޒުވާނާގެ ބަނޑުގައި އޮތް ދަރިވައްޓާލަން މަސައްކަތް ކުރި ކަމަށް ބުނެ ޕްރައިވެޓް ހޮސްޕިޓަލެއްގެ ޑޮކްޓަރަކާއި، 28 އަހަރުގެ ޑްރައިވަރަކާއި، އޭނާގެ ރަހުމަތްތެރިއެެއްގެ އިތުރުން، ޕްރައިވެޓް ހޮސްޕިޓަލެއްގެ އިސް އޮފިޝަލަކާއި ދެކޮޅަށް މައްސަލަ ވަނީ ޖައްސާފައެވެ.

ފުލުހުން ބުނީ، އެ ޒުވާނާ މަރުވީ މަޖުބޫރުން ދަރިވައްޓާލަން އުޅުމުގެ ތެރޭގައި މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި ފުލުހުން ބުނެފައިވާގޮތުގައި، އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ބޮޑުބޭބެގެ ގެއަށް ކިޔަވަން ބަދަލުވި ފަހުން، އެ ޑްރައިވަރެވެ.

އެ މީހުންގެ ބަޔާނުގައިވާގޮތުން، އެ ޒުވާނާގެ ބަށޑުގައި އޮތް ދަރިފުޅު ވައްޓާލުމަށް ހޮސްޕިޓަލަށް ގެންދިޔައީވެސް އެކަމުގައި ޝާމިލްވާ މީހުންނެވެ. އެގޮތުން އޭގެ ކުރިން ދަރިވައްޓާލުމުގެ ނިޔަތުގައި އޭނާއަށް ފަސް މަސް ވަންދެން ބޭސް ދިން ކަމަށްވެސް ވެެއެވެ.

"އޭނާއަކީ ކިޔަވަމުންދިޔަ ދަރިވަރެއް، އަދި އޭނާ އުޅުނީ އެކަމުގެ ތުހުމަތު ކުރެވޭ މީހާއާ ލޯބީގެ ގޮތުން ގުޅިގެން، އޭނާގެ ބޮޑުބޭބެ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، އޭނާ ރޭޕްކޮށް، ބަނޑުބޮޑުވެފައިވާ ކަމަށް". ފުލުހުން ބުނެފައި ވެއެވެ.

އަދި އެ ޒުވާނާ ދަރިވައްޓާލުމަށް އޮގަސްޓް 12 ވަނަ ދުވަހު ގެއިން ބޭރަށް ގޮސްފައި ވަނީ އާއިލާ މީހަކާއި ބައްދަލު ކުރަން ކަމަށް ބުނެ ކަމަށްވެސް އާއިލާއިން ބުނެފައި ވެއެވެ. އަދި އޭނާ ބަނޑުބޮޑުކަން އާއިލާއަށް އެނގުނީ، ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށުމުން ކަަމަށް ބުނެފައި ވެއެވެ.

އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ،

ކިޔުންތެރިންގެ ހިޔާލު