އެތަކެެއް އަހަރެއް ފަހުން ރާއްޖޭގެ އެންމެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ނިއުމާ މުހައްމަދާއި ސުނީތާ އަލީ (ސުނީ) އަލުން އެކުގައި ފޮޓޯއަކުން ފެނިއްޖެއެވެ.
ސުނީތާއާ ނިއުމާއާ މައްސަލަ ޖެހުނީ 2014 ވަނަ އަހަރު ރޯދަ މަހުގެ ފަހު 10 އިގެ ތެރޭގައި ހިނގި ވަރުގަދަ "ކެޓް ފައިޓް" އެއްގެ ސަބަބުންނެވެ.
އެ ދުވަސް ވަރަކީ ސުނީތާ ބޮލީވުޑް އަދި ހޮލީވުޑްގައި މިހާރު ފިޔަޖަމަުން އަންނަ ޕްރިޔަންކާ ޗޯޕްރާއަށް ޓްރިބިއުޓްތައް ދީގެން ސުނީތާ އަށް އެންމެ ގަދައަށް ގަނާ ކުރި ދުވަސް ވަރެވެ.
ސުނީ އަކީ ރާއްޖޭގައި ހުރި ޕްރިޔަންކާގެ ނަމްބަރު ވަން ފޭން އެވެ. ސުނީ އާއި ޕްރިޔަންކާ އެތައް ފަހަރެއްގެ މަތިން ބައްދަލުވެސް ވެފައި ވެއެވެ.
އެކަމާއި ގިނަބަޔަކު ސުނީ އަށް ގަނާ ކުރިއެވެ. އަދި ނިއުމާއާ އެހެން ފިލްމީ ތަރިންތަކެއް ވެސް ސުނީއަށް ގަނާ ކުރި އެވެ. އަދި ވަރަށް ހުތުރު ބަހުން ސުނީތާއަށް ގަނާކޮށް ދައްކާ ވާހަކަތަކެއްގެ އޯޑިއޯތަކެއް ވެސް ލީކުވި އެވެ.
އޭގެ ފަހުން ސުނީ އާއި ނިއުމާގެ ގުޅުން ގޯހެވެ.
ނަމަވެސް އޭގެ އަށް އަހަރު ފަހުން ނިއުމާ ވަނީ ސުނީ އާއެެކު ނަގާފައިވާ ސެލްފީއެއް ޕޯސްޓް ކޮށްފަ އެވެ.
އެ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި އިނީ "ސުނީއާއެކު ވަގުތުކޮޅެއް" އެވެ.
ސުނީ "ވަގުތު"އަށް ބުނީ އެ ފޮޓޯއަކީ ރޭ ނޫން ކުރީ ރޭ ފިލްމު އެސޯސިއޭޝަންގެ ބައްދަލުވުމަކުން ނިއުމާއާ ދިމާވެގެން ނެގި ސެލްފީ އެއް ކަމަށެވެ.
ނިއުމާއާ އަލުން ސުލްހަ ވީތޯ އެހުމުން ސުނީތާ ބުނީ "އެކަމާ ގުޅޭ ގޮތުން މިވަގުތު އެއްޗެއް ބުނަން ބޭނުން ނޫން" ކަމަށެވެ.
މި ކައިލީ ޖެނާ އާއި ޖޯޑިންތަ؟
އެހެންވިއްޔާ މިފަހަރު ނޯބްލް ސުލްހައިގެ އިނާމު ދޭންޖެހޭނެ
ޝުކުރިއްޔާ 2 ކުދިން
ނިއުމާ އަށް އެނުން ގޮތެއްނެތް.. ނިއުމާ އަށް ވިސްނޭ އަދި ޤަބޫލް ކުރެވޭ ސުނީތާ އަތަކު ފަތަކު ނުޖެހި އެދަނީ އަރައިގެންކަން.. ތިމަންނާ މެންގެ ވާހަކައެއްވެސް މީހަކު ދައްކާނީ ސުނީތާ އާ ގުޅުން ބާއްވައިގެންކަން.. އެކުވެރި ކަމަކީ ގަދަފަދަ ބާރެއް.. ވަކިވެގަތުމަކީ ނިކަމެތިކަމެއް..