2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެރުނު ވިދްޔާ ބާލަންގެ ''ދި ޑާޓީ ޕިކްޗާ'' ގެ ދެވަނަ ބައެއް ނެރެން ތައްޔާރުވެއްެޖެ އެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބުނު މި ފިލުމު، ދިހަ އަހަރު ފަހުން ދެވަނަ ބައެއް ނެރުމަށް އެކްތާ ކަޕޫރު ވަނީ ނިންމާފައެވެ. އަދި މި ފިލުމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ލިޔުންތެރިޔާ ކަނިކާ ދިލޮންއާއި އިތުރު ލިޔުންތެރިއަކު ކުރިއަށް ގެންދާ ކަމަށް ރިޕޯޓްތައް މިހާރު ވަނީ ބުނަން ފަށައިފައެވެ.

ނަމަވެސް ''ދި ޑާޓީ ޕިކްޗާ'' ލިޔުނު ލިޔުންތެރިޔާ ފިލުމުގެ ދެވަނަ ބައިގެ ސްކްރިޕްޓް ލިޔުމުގައި ނުހިމެނޭނެެވެ.

އެކްތާ ކަޕޫރުގެ މި ފިލުމުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ބޮލީވުޑުގެ ބަތަލާ ކްރިތީ ސަނޫން ވަނީ ހުށަހަޅާފައެވެ. ނަމަވެސް މި ފިލުމަށް އޭނާ ބޭނުންވަނީ ކަންގަނާ ރަނައުތުއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަންގަނާ ރަނައުތު ވަނީ އެކްތާ ކަޕޫރުގެ މި ފިލުމު ކުޅެން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

އެކްތާގެ މި ފިލުމު ޑައިރެކްޓް ކުރާނެ މީހަކާއި މި ފިލުމުން ފެނިގެންދާނެ ފަންނާނުން އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ. މި ފިލުމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.

''ދި ޑާޓީ ޕިކްޗާ'' އިން ވިދްޔާ ބާލަންގެ އިތުރުން ތުޝާރު ކަޕޫރު، ނަސްރުއްދީން ޝާހް، އިމްރާން ހަޝްމީ ވެސް ފެނިފައިވެއެވެ. މި ފިލުމުގެ ލަވަތަކަކީ ގިނަ ބަޔަކަށް ކަމުދިޔަ ލަވަ ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު