ބައެއް ފުލުހުންނަކީ އާންމުންނާއި އެހާ ގުޅޭ ބައެއް ނޫނޭ ބުނާ މީހުން ވަރަށް ވެސް ގިނައެވެ. އެފަދަ ގޮތްގޮތަށް އެފަރާތްތަކުން ބުނަމުން އަންނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިއީ ވެސް އެފަދަ ގޮތަކަށް ފުލުހެއްގެ ފަރާތުން އިންޑިއާގެ ރައްޔިތަކަށް ކުރިމަތިވި ހީވެސް ނުކުރާހާ ދަށު ދަރަޖައިގެ އަމަލެއްގެ ވާހަކައެވެ.

އިންޑިއާގެ ބިނައުލީ ފުލުހުންގެ އިދާރާއާއި ހަވާލުވެގެން ހުރި ބިރްޖާ ރާމް ނަމަކަށް ކިޔާ ފުލުސް އޮފިސަރަކު އާންމުންގެ މީހެއްގެ ކަންކަށިމަތީގައި ބާރަކަށް ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، ވީޑިއޯއާއި ގުޅޭ ގޮތުން ރިޕޯޓްތަކުން ބުނެފައިވަނީ ފުލުހުންގެ މީހާ އެގޮތަށް ޖަހާފައިވަނީ އެފިރިހެން މީހާ އޭނާގެ ކޮއްކޮ ގެއްލިގެން އުޅޭ ވާހަކަ ބުނުމުން ކަމަށެވެ.

ރިޕޯޓްތަކުން ބުނީ، ގެއްލުނު ކުއްޖާގެ އާއިލާއިން ބިނައުލީގެ ފުލުހުންގެ އިދާރާއަށް ގޮސް ކުއްޖާ ގެއްލިގެން އުޅޭތާ ހަތަރު ދުވަސްވެފައިވާކަން ރިޕޯޓް ކުރި ކަމަށެވެ. އަދި އޭގެ ފަހުން އެކުއްޖާގެ ބޭބެ ބިރްޖާ ކައިރީގައި އެކަމުގެ ފަހުގެ މައުލޫމާތު އޮޅުން ފިލުވަން އުޅުމުން ކަންކަށިމަތީގައި ޖެހި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިވީޑިއޯ ހަލުވި ކަމާއި އެކީ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބަޔަކު ވަނީ ފުލުހުންގެ އޮފިސަރު ކުރިކަންތައް ކުށްވެރިކޮށްފައެވެ. އަދި އޭނާއަށް ފިޔަވަޅު އަޅަން ގިނަ ބަޔަކު ގޮވާލާފައިވާއިރު، މިހާރު އޭނާ ފުލުހުންގެ އެހެން އިދާރާއަކަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މި އިންޑިއާ އާތުންނަކީ ނިކަން ރަހުމުކުޑަ ބައެއް

    16
  2. ތުއްތު

    އިންޑިޔާ މީހުންނަކީ ގޮތްކުޑަބައެއް ދޯ

    15
  3. ދަރަނި ދަންތުރަ

    ތިޔައީ އިންޑިޔާ އޭ ރީނދޫ ގުރޫޕަށް ތިޔައީ ކޮންބައެއްކަން ނޭގެނީ ބުރާންތި ވެފަ ތިބޭތީ އިންޑިޔާ އައުޓު މި ކިޔާނީ ކަމެއްވީމައޭ މާރިޔާ ބުރާންޗާ

    15
  4. ރަން ރީނދޫ

    ގެއްލުނީމާ ދާންޖެހޭނީ ލޮސްޓް އެންޑް ފައުންޑަށް. ޖެހިލެއް މަޑު.