އިންޑިއާގެ ކެރެލާއިން ގެއްލުނު ބުޅަލެއް ދެ އަހަރު ފަހުން އެބުޅާ ގެންގުޅުނު ވެރި މީހާއާއި ހަމައަށް ދެވިއްޖެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި "ރަތީޝް" ނަމަކަށް ކިޔާ އެ ބުޅާ ގެއްލިފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އުޝައްމާ ނަމަކަށް ކިޔާ މީހަކު އެ ބުޅާ އެޑޮޕްޓް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ރަތީޝްގެ ނަމުން ނަން ދީފައިވަނީ ފިލްމަކުން އެ ނަން އިވިގެންނެވެ.

"މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ބުޅާ އެކްސިޑެންޓެއް ވެ އެއް ފައި ވަނީ ބިންދައިގެން ގޮސްފަ. އެކަމާއި ގުޅިގެން އޮޕަރޭޝަނެއް ވެސް ކުރި" އުޝައްމާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުންޏެވެ.

އޭނާ ބުނީ، ބުޅާ ގެއްލިފައިވަނީ އޮޕަރޭޝަން ކުރިތާ މާ ގިނަ އަހަރުތަކެއް ވެސް ނުވަނީސް ކަމަށެވެ. ބުޅާ ގެއްލުމާއި އެކީ އެސޮރު ގެންގުޅޭ މީހުން ބުނެފައިވަނީ ގެއްލުނު ނަމަވެސް އެސޮރު ގެއަށް އަންނާނެ ކަން އެނގޭ ކަމަށެވެ.

ދެ އަހަރެއްހާ ދުވަސް ފަހުން އެ ބުޅާ ގެއަށް އައިސްފައިވާކަން އުޝައްމާ ހާމަކުރިނަމަވެސް، އިތުރު މައުލޫމާތެއް އެއާއިލާއިން ހާމަ ކޮށްފައެއް ނުވެއެވެ.

އުޝައްމާ ބުނެފައިވަނީ ބުޅާ އަނބުރާ ގެއަށް އައުމުން އާއިލާގެ އެންމެންގެ މޫނުން ވެސް ހިނިތުންވުން ފެނިގެން ދިޔަ ކަމަށާއި އާއިލާގެ އިތުރުން އަވަށްޓެރިންގެ މޫނުން ވެސް އުފާވެރިކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.

އަވަށްޓެރިންގެ މޫނުން ވެސް އުފާވެރިކަން ފެނިގެން ގޮސްފައިވަނީ ރިތޭޝްއަކީ އަވަށްޓެރިންނަށް އޮޅު ބުޅަލަކަށްވާތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.