އެމެރިކާގެ އެޓްލާންޓާއަށް ފުރަން ދިޔަ މީހެއްގެ ލަގެޖުން ބުޅަލެއް ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މި ބުޅާ ފެނިފައިވަނީ އެގައުމުގެ ނިއުޔޯކުގެ އެއާޓަކުން އެމީހަގެ ދަބަސް ސްކޭން ކުރުމުގެ ތެރޭގައި މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. މިއީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގާދިޔަ ހާދިސާއެއް ނަމަވެސް އެކަން މީޑިއާތަކުގެ ސަމާލު ކަމަށް އައިސްފައިވަނީ ދާދި ފަހުންނެވެ.

އެގޮތުން ނިއުޔޯކު އެއާޕޯޓުގެ ސެކިއުރިޓީންނާއި ހަވާލާދީ މީޑިއާ ތަކުން ބުނީ، އެ ބުޅާ ލަގެޖުގައި އޮތްކަން އެނގުނީ، އެއާޕޯޓުގެ އެކްސްރޭ މެޝިން ތެރެއިން ދަބަސް ފޮނުވުމުން ކަމަށެވެ.

މިހާދިސާއާއި ގުޅިގެން އެފަރާތްތަކުން ބުނެފައިވަނީ އެ ބުޅަލަކީ ލަގެޖުގެ ވެރި ފަރާތުގެ ބުޅަލެއް ނޫން ކަމަށާއި އެއީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ މީހަކު ގެންގުޅޭ ބުޅަލެއް ކަމަށެވެ. އެބުޅާ އޭނާގެ ލަގެޖުން ފެނުނުއިރު، އެއީ އޭނާ އަމިއްލައަށް ކޮށްފައިވާ ކަމެއް ނުވަތަ ބުޅާ އެމީހުންނަށް ވަގަށް ލަގެޖު ތެރެއަށް ފޭބީ ނޫން ކަމެއް ބުނަން ދަތި ކަމަށް އެއާޕޯޓުގެ އޮފިޝަލުން ވަނީ ބުނެފައެވެ

އެއާޕޯޓުގެ އޮފިޝަލުން ބުނީ، ބުޅާ ލަޖެގުން ނެގުމަށްފަހު، ލަގެޖު ގެންދިޔަ މީހާއާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން ޖަނަވާރުންގެ ކަންކަމާއި ބެހޭ މާހިރާކު ބުނެފައިވަނީ އާންމުކޮށް، ބުޅާ ލަގެޖުތަކަށް ފައިބަނީ އެއީ އެސޮރުމެން ނިދާލާނެ ތަނެއް ކަމަށް ހީކޮށް ކަމަށާއި އެފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގާފައި އެބަ ހުރި ކަމަށެވެ.