މާލެސިޓީ ކައުންސިލުން އަޅަން ނިންމާފައިވާ ބުޅާ ފެސިލިޓީ އަޅާނީ ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށް ކަމަށް މާލެސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ސިޓީ ކައުންސިލުން ވަނީ މާލެ ތެރޭގައި އުޅޭ 1،000 ބުޅާ ބެލެހެއްޓޭ ވަރުގެ ފެސިލިޓީއެއް ހަދަން ނިންމާފައެވެ. މީގެ ކުރިންވެސް ބުޅާ ފެސިލިޓީއެއް ވިލިމާލޭގައި ހަދަން ސިޓީ ކައުންސިލުން ނިންމިއެވެ. އޭރު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވި ނަމަވެސް މިހާރު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ 100 ވަނަ ރަސްމީ އާއްމު ޖަލްސާގައި މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފަށައިގަންނައިރު 1000 ބުޅަލަށް ކޭޓަރކޮށް ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރުމަށް ނިންމާފައިވާއިރު މިކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން ޖެހޭކަމަށެވެ.

އެ ބަޖެޓުން ވެޓް ޝެލްޓާ އެޅުމާއި ނިއުޓާ ކުރުމަށް ބޭނުންވާ ތަކެތި ގަތުމުގެ އިތުރުން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަން ހެދުން ނުވަތަ އަޕްގްރޭޑް ކުރުން ހިމެނޭ ކަމަށާއި، ބޭނުންވާ ވަސީލަތްތައް ގަތުމަށް ބޭނުންވާ ފައިސާ އާއި އަދި ފެސިލިޓީ ގޮތުގައި ބޭނުންކުރާތަން މަރާމާތު ކުރުމަށްދާ ޚަރަދު ހިމެނޭގޮތަށް މުއައްޒަފުންނާއި އެކު މިވަރުގެ ބަޖެޓެއް ހޭދަވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، މިކަން ފަށައިގަންނައިރު، 1000 ބުޅަލަށް ކޭޓަރކޮށް ކައުންސިލްގެ ބަޖެޓުން ޚަރަދުކުރަން ނިންމާފައިވާ ކަމަށާއި، އެކަމަށް 1.7 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން ޖެހޭ ކަމަށެވެ.

"އޭގެ ތެރޭގައި ނިއުޓާ ކުރުމަށް ބޭނުންވާ ވަސީލަތްތައް ގަތުމަށް ބޭނުންވާ ފައިސާ އާއި އަދި ފެސިލިޓީ ގޮތުގައި ބޭނުންކުރާތަން މަރާމާތު ކުރުމަށްދާ ޚަރަދު ހިމެނޭގޮތަށް ހަމަޖެހިފައިވަނީ. މުއައްޒަފުންނާއި އެކު 1.9 މިލިއަން އަށް އަރާނެ." މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިކަމަށް ޓެކްނިކަލް ޓީމް މަސައްކަތް ކުރާނެ ތަނަކާއި އާފްޓަރ ކެއާ ޝެލްޓަރ އާއިއެކު މަސްވެރިންގެ ޕާކުގަ މިތަން ހެދޭނެ ކަމަށް ފެންނާތީ ވަގުތީ ޝެލްޓާގެ ގޮތުގައި އެތަން ހަމަޖެއްސުމަށް ނިންމާފައިވާކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށްދާނީ އޮންނަ އުސޫލުގެ ތެރެއިން އާންމުކޮށް އިއުލާނުކުރެވިގެން ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެ ތަނުގައި ބުޅަލެއް ނިއުޓާކުރަން ސިޓީ ކައުންސިލުން ނަގަން ނިންމާފައި ވަނީ 1،500ރ. އެވެ.

ކައުންސިލުން ނިންމާފައި ވަނީ ނިއުޓާކުރާ ކޮންމެ ބުޅަލެއް މައިކްރޯޗިޕް ކުރުމާއި ކޮންމެ ބުޅަލެއްގެ ކަރުގައި ކޮލާއެއް ނުވަތަ ކައުންސިލަށް ހާއްސަ ލޯގޯއެއް އަޅުވާ ގޮތަށެވެ. އަދި ނިއުޓާކުރާ ކޮންމެ ބުޅަލެއް ރަޖިސްޓްރީ ވެސް ކުރާނެއެވެ.

މީގެ އިތުރުން ވަގުތީ ކްލިނިކްގައި ނިއުޓާ ކުރުމުގެ އިތުރުން އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށާއި މަގުމަތީ އުޅޭ ބުޅަލުގެ އިތުރުން ޕެޓްގެ ގޮތުން އާންމުން ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ޚިދުމަތް ދޭން ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ބުޅާ ފެސިލިޓީގައި މަސައްކަތް ކުރުމަށް ނަގަނީ ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ސިޓީ ކައުންސިލްގެ ދެ މުވައްޒަފުންނާއި އިއުލާން ކޮށްގެން ނަގާ ހަތަރު މުވައްޒަފުންނެވެ.

މޭޔަރ ވިދާޅުވީ ދާއިމީ އިމާރާތް އަޅަން އެންމެ ރަނގަޅު ތަނަކީ ހުޅުމާލެ ދަވަނަ ފިޔަވަހީގެ ކޮންމެވެސް ސަރަޙައްދެއް ކަމަށެވެ.

މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ބަލަހައްޓަން މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ހަތަރު މަސް ތެރޭ ހަދަން ނިންމައި އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލުން މިއަދު ފާސްކުރީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    މަގުމައްޗައް ދޫކޮއްލާ ބުޅާ ކޮލާ އެޅުވުން އެހާ ރައްކާތެރިއެއް ނުވާނެ.

  2. Anonymous

    ކޮން ނިއުޓާއެކޭ މި ކިޔަނީ. ބުޅާ ހޯޖާކުރުމޭ ކިޔާ.

  3. އެލެންކި

    1.9 މިލިޔަން ބުޅާ ބަލަހައްޓަން؟ އަޅަންވީ ބުޅާ ފެސިލިޓީ އެއްނޫން. މިއީ 2023 މިއަދުވެސް މިގައުމުގައި އެބަތިބި ދަނޑިފަނުން ގެއަޅާގެން އުޅޭ ނިކަމެތި ރައްޔިތުން. ވީލް ޗެއާރ ނެތިގެން ގެއިން މަގުމަތި ބަލާލަން ނުނިކުމެވޭ ނިކަމެތިން އެބަތިބި.

  4. ާާާޢަލީ

    ބުޅާމެނަށް ބޯހިޔާވަހިކަންދޭއިރުވެސް އަޅުގަނޑުމެން އާދޭސްކޮށްކޮށްވެސް ހަމައެއްގޮތަކަށް އެއްވެސް ސިޓީގަނޑެއްގެ ޖަވާބުވެސް ނުދޭ...ގެދޮރުނަތިފަ މީހެއްގެގެޔެއްގެ ތަންފުކެއްގަ ...މިވެސްޙައްގުމިންވަރުތޯ؟؟

  5. ޝަރީފުދޮންބެ

    ބިމުގާ ޚަލީފާއެއް ކަމުގައި މާތް ﷲ އިންސާނާ ލެއްވި ދިރޭތަކެއްޗާ ގަސްގަހާގެހި އަދި ތިމާމެން އިންސާނުންގެ ކަންކަން ރަނގަޅަށް ބަލާ އިންސާފުން ކަންކަން ކުރުމަށްޓަކައި. ތިމާމެން ނޫން ބަޔަކު ދުނިޔޭގައި އުޅެގެން ނުވާނެ ކަމަށް އަދި ތިމާމެން ބޭނުންވާ ކަންކަން ކުރަން ހުރިހާތަނެއް އޮންނަން ޖެހޭނެކަމަށް ޤަބޫލު ކުރުން އެއީ އެދުންވެރިކަމުގައި ޙައްދުފަހަނަ އެޅުން . މާލޭގެ ބިން މީކީ ކަލޭމެން ޕާކިންގް ޒޯން ހަދަން އެކަނި މާތްކަލާންގެ ދެއްވާފަ އޮތް ތަނެއް ނޫން . ދިރޭ ދޫނި ސޫފާސޫފި ގަސްގަހާގެހި ބުޅާ ކޮތަރު ކާޅު މިހުރިހާ އެއްޗަކަށްވެސް މިތާ އުޅެވެން ޖެހޭނެ