ސެލީނާ ގޯމޭޒް ހެއިލީ ބީބާ ސުލްހަވެ ދެމީހުން އެކަކު އަނެއްކަކާއި ހަގް ކޮށްގެން ތިބެ ފޮޓޯ ނަގައިފިއެވެ. ހެއިލީ ބީބާ އަކީ ޖަސްޓިން ބީބާގެ އަނބިމީހާއެވެ. ސެލީނާ ގޯމޭޒް އަކީ ޖަސްޓިން ބީބާގެ ކުރީގެ ލޯބިވެރިޔާއެވެ.

ހެއިލީ އާއި ސެލީނާ ބައްދަލުވީ އެކެޑެމީ މިއުޒިއަމް އޮފް މޯޝަން ޕިކްޗާސްގެ ގާލާ އިންނެވެ. ދެފަންނާނުންގެ ބައްދަލުވުމުގައި އެއްވެސް ދުރުކަމެއް ފެނިގެންނެއް ނުދިޔައެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެނުނީ އެކުވެރިކަމާއި ގާތްކަމެވެ.

ނަމަވެސް މީގެ ކުރިން އަޑުފެތުރިފައި އޮތް ގޮތުގައި ޖަސްޓިން ބީނާ ހެއިލީ އާއި ލޯބީގެ ގޮތުން ގުޅުނީ ސެލީނާ އާއިއެކު އުޅެމުންނެވެ. އެހެންވެ ހެއިލީ ވަނީ ސެލީނާގެ އަތުން ޖަސްޓިން ބީބާ ވަގަށް ނަގާފައި ކަމަށް ސެލީނާ ގަބޫލު ކުރާ ކަމުގައި މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.

ހެއިލީ ވަނީ އޭނާ ޖަސްޓިން ބީބާ ވަގަށް ނެގީ ކަމަށް ދެކެވޭ ވާހަކަތައް ދާދިފަހުން ޕޮޑްކާސްޓެއްގައި ދޮގު ކޮށްފައެވެ. ހެއިލީ ބުނީ އޭނާ އާއި ޖަސްޓިން ބީބާ ގުޅުނުއިރު ޖަސްޓިން ބީބާ ހުރީ އެއްވެސް މީހަކާއިއެކު ނޫން ކަމަށެވެ. މީހެއްގެ ހައްގަކަށް އޭނާ ދުވަހަކުވެސް އަރައިނުގަންނާނެ ކަމަށް ހެއިލީ ބުނެފައި ވެއެވެ.

ނަމަވެސް ހެއިލީ އާއި ޖަސްޓިން ބީބާގެ ގުޅުމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް ސެލީނާ ވަނީ ބުނެފައެވެ.

ހެއިލީ އާއި ސެލީނާގެ ފޮޓޯތައް އާއްމު ކުރުމާއިއެކު ދެމީހުންގެ ސަޕޯޓަރުން ވެސް އަންނަނީ މީސް މީޑިއާގައި އެފޮޓޯތައް ޝެއާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިޔަހެން ފޮޓޯއެއް ނެގިދާނެ ، ސުލަހަވިކަމަކައް ނުބެލެވޭ.

    6
    3
  2. ކައިލީ ޖެނާ

    ދަ ވޯލްޑް އިޒް ހީލިން.. ލަވް ޔޫ ހެއިލީ