ކެނެޑާގެ މަޝްހޫރު ލަވަކިިޔުންތެރިޔާ ޖަސްޓިން ބީބާގެ މުޅި މިއުޒިކް ކެޓަލޮގް 200 މިލިއަން ޑޮލަރަށް ވިއްކާލުމަށް ފަހު ރިޓަޔާ ކުރަން ވިސްނަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ލަވަކިޔުންތެރިޔާ ޖަސްޓިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ރަމްސޭ-ހަންޓް ސިންޑްރޯމް ޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ. އޭގެ ސަބަބުން މައިގަނޑު ގޮތެއްގައި މޫނު ޕެރަލައިޒްވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަސްޓިން ބޭނުންވަނީ އޭނާގެ ސިއްހަތާއި ކައިވެންޏަށް އޭނާގެ ހުރިހާ ސަމާލުކަމެއް ދޭން ކަމަށް މި މަހުގެ 27 ވާ ހޯމަ ދުވަހު ޝާއިއުކުރި ރާޑާ އޮންލައިންގެ ސްޓޯރީއެއްގައި ބުނެފައިވެއެވެ.

އޭނާ ކައިވެނިކޮށްގެން އުޅެނީ މޮޑެލް ހެއިލީ ބީބާއާ އެވެ.

"ޖަސްޓިން އަށް ދުނިޔެއާ މެދު ރަނގަޅު އިހުސާސެއް ނުކުރެވޭތާ ދުވަސްތަކެއް ވެއްޖެ". އޭނާގެ ރަހުމަތްތެރިއަކު އެ އައުޓްލެޓަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

އަދި ޖަސްޓިން ކަމާއި ގުޅުން ހުރި މާހިރުންނާއެކު އެކު ކުރި މަސައްކަތުގެ ވާހަކަވެސް ވަނީ ހިއްސާކޮށްފައެވެ.

"އޭނާގެ ތެރަޕިސްޓުން ވެސް ބުނަނީ އޭނާ ކުރާ ކަމެއްގެ ސަބަބުން އޭނާ ހިތްހަމަނުޖެހޭ ނަމަ އެކަން އެއްފަރާތް ކުރަން އުނދަގޫ ނިންމުމެއް ނިންމަން ޖެހޭ ކަމަށް". އޭނާގެ ރަހުމަތްތެރިޔާ އާ ހަވާލާދީ ބުނެފައި ވެއެވެ.

ޖަސްޓިން ރިޓަޔާކުރި ކަމަށް ދެކެވޭ ވާހަކަތަކާ އެކު ސަޕޯޓަރުން ތިބީ ހިތްހަމަނުޖެހިފައެވެ.

މިކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި ޖަސްޓިން މިފަދަ ނިންމުމެއް ނިންމާނެ ކަމަށް ނުބެލެވޭ ކަަމަށް އެއްބަޔަކު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަސްތަރު

    އަދިވެސް ކޮވިޑް ވެކްސިން ޖަހާ ގިނައިން. ތިއޮތީ މީހާ މަރުވެފަ. ނަމެއްގަ ދިރި އޮންނާނީ މީހާ

  2. Anonymous

    މީނައަށް ހިދާޔަތު ދައްކަވާށި.