މީސްމީޑިއާގައި ގިނަ ބަޔަކު މިހާރު ކުރަމުން އަންނަ އެއް ސުވާލަކީ އާންމުވެފައިވާ ވީޑިއޯއަކާއި ގުޅިގެން ކުރަމުން އަންނަ ސުވާލެކެވެ. އެއީ ދ. ކުޑަހުވަދޫ އުޑުމަތިން ފެނިގެން ދިޔަ އަލި ގުޅައިގެ ސުވާލެވެ. އެއީ ކޯއްޗެއްތޯ ބެލުމަށް ގިނަ ބަޔަކު އަންނަނީ ސުވާލުތައް އުފައްދަމުންނެވެ.
މިރޭގެ ވަގުތެއްގައި އެރަށުގެ ގާޑިޔާ ސަރަހައްދުގައި (އަށިފަންނު) ސަރަހައްދުގައި ތިބި ބަޔަކަށް ފެނުނު މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީޑިއާގައި އާންމުވުމުން ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިފައެވެ. ފޯނުން ނަގާފައިވާ ވީޑިއޯގެ ކޮލެޓީ ދަށްކަމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ފޯނުގެ ކެމެރާއަށް އަލި އެޅުމުން ފެންނަ ގޮތް ކަމަށެވެ.
ބައެއް ފަރާތްތަކުން އެހެން ބުނަމުން އަންނައިރު، އަނެއްބައި ފަރާތްތަކުން ބުނެފައިވަނީ އެއީ ޖެޓެއް ނުވަތަ ގިނަ ހިލަ ކަމަށެވެ.
ވީޑިއޯއާއި ގުޅޭ ގޮތުން ވާހަކަ ދެއްކި އިތުރު ބަޔަކު ބުނެފައިވަނީ އެއީ ސްޓާލިންކްގެ ސެޓެލައިޓް ކަމަށެވެ. އެހެން ގައުމުތަކުން ވެސް އެފަދަ މަންޒަރު ފެންނައިރު، ރާއްޖެއަށް ވެސް އެ މަންޒަރު ފެންނާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
އިންޓަނެޓްގެ އެކި ހިސާބުތަކުގައި ސްޓާލިންކް ސެޓެލައިޓްގެ ވާހަކަ ދައްކަމުން އަންނައިރު، ފާހަގަ ކޮށްލަން ބޭނުންވާ ކަމަކީ އިންޓަނެޓްގައި ހުރި ސްޓާލިންކްގެ ސެޓެލައިޓް ފޮޓޯތަކާއި ކުޑަހުވަދޫން ނަގާފައިވާ ވީޑިއޯއިން ފެންނަ މަންޒަރާއި ދާދި އެއްގޮތް ކަމެވެ. އެހެން ކަމުން ކުޑަހުވަދޫ މަތިން ވެސް ފެނިގެން ދިޔައީ ސްޓާލިންކުގެ ސެޓެލައިޓްކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ގެއްލިގެން ނުފެނިފައިވާ އެމްއެޗް 370 މެލޭސިއަން އެއަރ ލައިނައް ތިޔަވާނީ! މިކަހަލަ ތަކެތި އެންމެ ގިނައިން ފެންނަނީ ކުޑަހުވަދޫ މީހުންނަށް!
އެއީ ޕަރީއެއް
ދ.ރިނބުދޫ މަތިންވެސް ތި އަލިތައް ފެނުނު ރޭ 6.45 ހާއިރު
ދ މީދޫ މަތިން ވެސް މިސުޓާލިންކު ދަތުރުކުރި މި މަންޒަރު ގިނަ މީހުން
ތަކެއް ދެކުނު ކަމަށްވޭ
ދ މީދޫ މަތިން ވެސް މިސުޓާލިންކު ދަތުރުކުރި މި މަންޒަރު ގިނަ މީހުން
ތަކެއް ދެކުނު ކަމަށްވޭ
ށ އަތޮޅަށްވެސް ފެނުން
ޓިޔަބުނާ ކަހަލަ އަލި ގުޅައެއ ނ ވެލިދޫ މަތިނ ވެސ ފެނުނު
ހަމަ ތި ސްޓާލިންކް ސެޓެލައިޓްސް ށ.ފޭދޫއަށްވެސް ފެނުން
ތިވަށްތަރުގެ ަަިގުޅައެއް ނ ވެލިދޫ މަތިންވެސް ފެނުނު.l
އެއީ މުސްކުޅިން ބުނާ ކަނޑުވިގަނި، އޭތި ރަށް މަތިން ފެނިއްޖިޔާ، 3 ދުވަހާ 7 ދުވަހާ ދޭތެރޭ މީހަކު މަރުވާނެ. އެއީ ރާއްޖޭގެ ވަރަށް ގިނަ ރަށް ރަށުން ފެންނަ އެއްޗެއް، އޭރުގެ މީހުން ފާހަގަ ކޮއްފަހުންނަ ކަމެއް އެއީ.
މަމެން ހީކުރީ ޕަރީންގެ ލަސްކަރެއް ކަަމަށް
ކެންދޫ މަތިންވެސް ރޭގަ ފެނުން. އޭގެ ކުރީރޭ ވެސް
ލިޔާ މީހާއަށް " ގިނި ހިލަ" އާއި " ގިނަ ހިލަ" ވަކި ނުވާތީ ވަރަށް ބޮޑަށް ހައިރާން ވެއްޖެ. ނުގުނޭ މިންވަރަށް ހިލަ ހުރިނަމަ، " ގިނަ ހިލަ" މިހެން ލިޔެވިދާނެއެވެ. ނަމަވެސް މިއާޓިކަލްގައި ބުނަން އުޅެނީ "ގިނި ހިލަ" ވާހަކައެވެ. ވީމާ، މަޢުލޫމާތު ރަގަޅު ކޮއްލުން އެދެމެވެ. ނުވަތަ އެޑީޓަރުގެ މަސްޢޫލިއްޔަތު ތަންކޮޅެއް ރަގަޅަށް އަދާ ކުރަން އިލްތިމާސް ކުރަމެވެ.
ކުޑަހުވަދޫ އަކީ ތިކަހަލަ އަލި ގުޅަފެންނަތަނެއް ، އެއްކަލަ ގެއްލުނު ފްލައިޓްވެސް ފެނުނުތާ ، އެފަހުންވެސް އެރަށުމަތިން ތިކަހަލަ އެއްޗެހި ފެނޭ
ވަގުތު މީހުން ހަބަރު ލިޔާއިރު ތަންދޮރު ނުބަލާ ލިޔާނީ މުޅި ރާއް ހުރަސް ކުރި އިރު އެންމެ ރަށަކަށް ތު ފެންނާނެތަ؟
ތ.ކިނބިދޫ މަތިންވެސް ފެނުނު
ޑިސެމްބަރ މަހަށް އޭލިއަނުން ދަތުރު ކުރަނީ
ހދ ފިނެއަށްވެސް ފެނުން