އަގުހެޔޮކޮށް ހައި ސްޕީޑް އިންޓަނެޓް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ ސްޓާލިންކް މަޝްރޫއުގެ ދަށުން ރާއްޖެއަށް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް މިއަދު ހުއްދަ ދޭ ގޮތަށް ނިންމައިފި އެވެ.

އެގޮތުން ސްޓާލިންކްއަށް ރާއްޖެއިން އައިއެސްޕީ ލައިސަންސް ދިނުމަށް މިއަދު ހަވީރު ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

ސްޓާލިންކް މަޝްރޫއުގެ ދަށުން ރާއްޖެއަށް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ސްޕޭސް އެކްސް ކުންފުންޏާއި މަޝްވަރާ ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް މިހާރު ވެސް ބައެއް ގައުމުތަކުގައި ވަނީ ދޭން ފަށައިފައެވެ. ސްޕޭސް އެކްސް ކުންފުންޏަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ބިލިއަނަރު ކަމަށްވާ އީލޮން މަސްކްގެ ކުންފުންޏެކެވެ.

ސްޓާލިންކް އިންޓަނެޓްގެ އަގު މިހާރު ބޭނުން ކުރާ އިންޓަނެޓްގެ އަގަށް ވުރެ އެތައް ގުނައެއް ހެޔޮ ވާނެއެވެ. އަދި މިހާރު ބޭނުން ކުރާ އިންޓަނެޓް ސްޕީޑަށް ވުރެ އެތައް ގުނައެއް ސްޕީޑް އަވަސް ވެސް ވާނެއެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ސްޓާލިންކްގެ ޚިދުމަތް ލިބެން ފެށުމުން އެ ޚިދުމަތް ރާއްޖޭގައި މަނާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރު ޝައުނާ ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ޓެލެކޮމް ކުންފުނިތަކުން ގެންދަނީ ސްޓާލިންކްގެ އިންޓަނެޓް ހިދުމަތާއި ދެކޮޅު ހަދަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    މިއީ ނޫންތޯ ތަރައްޤީއަކީ. ޝުކުރިއްޔާ

    19
    22
    • ޝޫ

      ތިއީ ގޯހެއް.. ރާއްޖޭގެ ޓެލެކޮމްތަކުގެ އާމްދަނީއަށާއި އަދި އެކުންފުނިތަކުން ސަރުކާރަށް ދައްކާ ޓެކުސް މިކަމުން މަދުވެގެންދާނެ....

      7
      10
    • ރައްޔިތުމީހާ

      ވޯޓް ލާން 3 ދުވަހަށް ވީމަ ކުރާ ކަންކަމަކީ ބަލައިގަނެވޭނެ ކަންނަމެއްނޫން.. އެއީ ވޯޓަށް ނުފޫޒް ފޯރުވުން...

      މިދިޔަ އަހަރު ފެބްރުއަރީގަ މަޝްވަރާކުރީ.. އެހެންވީމާ ކީއްވެބާ 1 އަހަރާއި 8 މަސް މިވީ..

      16
      4
  2. މުއިއްޒު_2023

    ސްޓާލިންކަށް ރާއްޖެއިން ހުއްދަ ދިނަސް، ސްޓާލިންކުން ރާއްޖެއަށް ހުއްދަ ދީފިތަ؟ މާލޭ މެދުތެރޭ ތާޖް މަހަލް ގެންނަންވެސް އިބޫ ހުއްދަ ދީފާނެ. އެކަމަކު އިންޑިޔާ ހުއްދަ ދިނިއްޔާދޯ

    24
    2
  3. ހުވަދޫ އަލިބެއްޔާ

    ރާއްޖޭގެ ރިސޯޓު ތަކަށް ވަންނަ ޑޮލަރު ރާއްޖޭގެ މާއްލިއްޔަތުގެ ތެރެއިން ދައުރުވާ ގޮތެއް ހަދާނެ ވެރިއަކަށް މަގޭ ވޯޓު ދޭނަން.. ރައްޔަތުންނޭ އޭރުން ޑޮލަރެއްގެ އަގު 10ރ އަށް ވެއްޓޭނެ.. މިފަދަ މުހިންމު ކަންކަމާއި މެދު ވިސްނާނެ ވެރިއެއް ނާދޭ.. ޑޮލަރުގެ އަގު ވެއްޓިއްޖެ ނަމަ އޭގެޒާތުގަ ތަކެތީގެ އަގު ސޮއްސާލައިގެން ތިރިއަށް އަންނާނެ..

    35
    1
    • ރާއްޖޭގެ ރިޒޯޓްތަކަށް ވަންނަ ޑޮލަރ ރާއްޖޭގެ މާލިއްޔަތުގެ ތެރޭގަ އެނބުރުނަސް ޑޮލަރ ގެ ކަޅި ބާޒާރު ނުހުއްޓުވޭނެ…ބޭންކްތަކުން ޑޮލަރ ދޫކުރާ މިންވަރު ލިމިޓްކޮށްފަ އެމްއެމްއޭ އިން ބޭންކްތަކަށް ދޭ ޑޮލަރ ތައް ކަޅު ބާޒާރަށް ނެރޭ މީހުންގެ އަތް ބުރި ނުކުރާހާ ހިނދަކު ކިތަންމެ ފައިސާއެއް ވެއްދިޔަސް ތިކަމެއް ކާމިޔާބެއް ނުވާނެ…ޔާމީން ގެ ދުވަސްވަރު ކޮންޓެއިނާގަ ޑޮލަރ ރާއްޖެ ގެނެސް ޑޮލަރ ގެ އަގު 15.42 އަށް ތިރި ކުރި އިރުވެސް ކަޅު ބާޒާރުގަ ޑޮލަރ ވިއްކުމަކަށް ބަދަލެއް ނާދޭ…15.60 ނޫނީ ގަންނާކަށް ނުލިބޭ…އަހަރެމެންނަށް ބޭންކުން ޑޮލަރ ގަންނަން ފަސޭހަކަމާއެކު ނުލިބޭނަމަ މިހެން ކަން ހިނގާނެ…ހުރިހާ ތަކްލީފެއް ރައްޔިތުންނަށް…ނުހައްގު މަންފާ ބޮޑުންނާއި ބަންގާޅިންނަށް…

  4. ހަގީގަތް

    ތަރައްގީ އޯކޭ ގޯތި އޯކޭ އިންޓަރ ނެޓް އޯކޭ.
    އޯކޭ ނޫނީ ލާދީނީއާ އަޅުވެތިވުން އަދި ރިޝްވަތު

    11
    1
  5. ނާހަމަ ތެދެއް

    އަދި އެމީހުން ހައްދަ ދިނީމަ ލިބޭނީ ކަނެކްޝަން ވަރަށް އަގުބޮޑު މަހުފީ ކުޑައީ ސޮރީ އިބޫ.
    މިދުވަސް ވަރު ރަން އިލޮށިން ކަދުރުވެސް ދޭނެ ހޮވުނީމަ ނޭނގޭނެ ވާގޮތެއް ވެސް

    12
    1
    • ރައްޔިތުމީހާ

      ވަންޓައިމް ފީ: 2500 ޑޮލަރ
      މަންތްލީ: 250 ޑޮލަރ (އެންމެ ކުޑަ ޕެކޭޖް)
      ސްޕީޑް: 20-100 އެމްބީޕީއެސް އާ ދެމެދު

      އެހެންމަ އަގު ހެޔޮއެއް ނޫން މިހާރު ދިރާގު/އޫރިދޫ/އާރްއޯއެލް ޕެކޭޖްތަކަށްވުރެން

      7
      1
  6. އީޒް

    މިކަމުގެ ސަބަބުން މި ސާރވިސް ބޭނުންކުރާތީރާއްޖެއިން ބޭރަށްދާ ފަައިސާ ގިނަވާނެ އޭގެ ސަބްސްކުރިޕްޝަން ގިނަވާވަރަކަށް. އެފައިސާ ރާއްޖޭގެ ދިރާގު ނުވަތަ އުރީދޫ ނުވަތަ އާރްއޯއެލްއަށް ވަނިއްޔާ ރާއްޖޭގައި ޑޮލަރަށް އޮންނަ ޑިމާންޑު މަތިނުވެ ހިފެހެއްޓޭނީ. އެހެން ނޫނީ ދިވެހި ފައިސާގެ އަގު ދަށަށް ގޮސް ޑޮލަރު އަގުބޮޑުވާން ފަށާނެ.

    10
    1
    • ލޮލް

      ކަލޭމެން ހީކުރަނީ އުރީދޫ ތަަންތަނަކީ ރާއްޖޭ ބައެކޭތަ. ސްޓާ ލިންކް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ލައިސަންސް ދިނީ މި ޖެހުނީ ހަމަ އެއްތާކު ނޫންތަ

  7. ޅާމް

    މިނާ މިދަނީ ރާއްޖޭގެ އިންޓަނެޓް ސާވިސް ޕުރޮވައިޑަރުންގެ ވިޔަފާރި ހަލާކުކުރަން.

    10
    2
  8. ކ

    ކީއްވެ ކެމްޕެއިން ދުވަހު ދެނީ؟ މިދިޔަ ފަސް އަހަރު އަހަރުން ފެލީ؟

    11
  9. އަހަންމަދު

    މިއަދު މިދިޔައަހަރުގެ ފެބުރުއަރީމަހު ދޯ؟

  10. Anonymous

    އަޅުގަނޑުމެން ނުބަލާނަން ދައްކާ ވާހަކައަކައް ފަހު ވަގުތު ވާ ވައުދަކީ އެއީ ދަޅައެއް ގިނަފަހަރު ކަންކޮއްފަ ދެއްކީމަ ގަބޫލް ކުރެވޭނީ