ނިއުޔޯކުގެ ސަރަހައްދެއް ކަމަށްވާ މެންހަޓަންގެ ރެސްޓޯރެންޓެއްގެ ތެރޭގައި ފަތުރުވެރިއަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި "ސްޓީކްހައުސް" ނަމަކަށް ކިޔާ އެ ރެސްޓޯރެންޓް ތެރޭގައި އެތަނަށް ދިޔަ ފަތުރުވެރިއަކަށް ވަޅިން ހަމަލާދީފައިވަނީ ކައިރީގައި ހުރި މޭޒެއްގައި ހުރި މީހެއް ކަމަށެވެ. އެމީހާ އެ ހަމަލާދީފައިވަނީ އެރެސްޓޯރެންޓާއި ގުޅޭ ގޮތުން ފަތުރުވެރިޔާ ދެއްކި ވާހަކަތަކާއި މެދު ހިތްހަމަ ނުޖެހިގެން ކަމަށް ވެއެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ، ރެސްޓޯރެންޓުގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކަށާއި ރެސްޓޯރެންޓުގެ ސާވިސްއާއި މެދު ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކި މީހެއްގެ ގަޔަށް އެތަނުގައި ހުރި މީހަކު ވަޅިން ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާގައި އޭނާގެ މެޔަށް ކޮންމެ ވެސް ވަރެއްގެ ޒަހަމްތަކެއް ލިބުނު ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހަމަލާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހަމަލާދިން މީހާ ހައްޔަރު ކޮށްފައިވަނީ ސީސީޓިވީ ފުޓޭޖްތައް ބަލައިގެން ކަމަށެވެ. ނަމަވެސް އޭނާއާއި މެދު ދެން އަމަލު ކުރާނެ ގޮތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

އެރެސްޓޯރެންޓްގައި މަސައްކަތް ކުރާ މުވައްޒަފަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ހަމަލާއަކީ އެތަނަށް ދިޔަ ކަސްޓަމަރުންނާއި އެތަނުގައި ހުރި މީހަކާއި ދެމެދު ޖެހުނު ޒުވާބެއްގެ ތެރެއިން ހިނގި ވަރަށް "މޮޔަ" ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޯހެއް ނޫން

    ކައިރީގައި ހުރި މޭޒެއްގައި ހުރި މީހަކު ކަމަށެވެ.

  2. ވަރުނުލާ

    އެހަމަލާ ދިނީ ކައިރީގައި ހުރި މޭޒެއްގައި ހުރި މީހަކު ކަމަށެވެ. އެ ރެސްޓޯރެންޓް ގައި މީހުން ކާން ތިބެނީ މޭޒަށް ކޮޅަށް އަރާތަ.

  3. ޙުސެން

    ޚޮބާތޯ ތިޔަކަހަލަ ލިޔުން ގެނެސްދެއްވުމުގެ ބޭނުމަީ ވިސްނާލަބައްލަވާ