އިސްލާމް ދީންދަނީ ބާރު ސްޕީޑެއްގައި ހުނޅަގުގެ ޤައުމުތަކަށްދަނީ ފެތުރެމުންނެވެ. އިސްލާމީ ރިވެތި އުސޫލުތަކަށް ހުނޅަގުގެ ޤައުމުތަކުގެ މީހުން ބަލައިގަންނަމުން ދާއިރު، ބައެއް ޤައުމުތަކުގެ މިއަހަރުގެ މިހާތަނަށް ކުޑަކުދިންނަށް ކިޔާފައިވާ ނަމުން މިކަން ދޭހަކޮށްދެއެވެ.

މިގޮތުން އިނގެރޭސި ވިލާތުގައި ކުޑަކުދިންނަށް ކިޔާ ނަމުގެ ރިކޯޑް ކުރަމުން އަންނަ ސައިޓްއެއްގައިވާ ގޮތުން މިއަހަރުގެ މިހާރަތަނަށް އިނގެރޭސި ވިލާތުގައި 4 ވަނައަށް ފިރިހެން ކުދިންނަށް އެންމެ އާއްމު ނަމަކަށް ކިޔާފައިވަނީ މުޙައްމަދުއެވެ.

މިލިސްޓްގެ 2 ވަނަގައި އޮތީ ނޫޙްއެވެ. އަދި އާދަމްވެސް މިލިސްޓްގެ ކުރީގައި އޮތެވެ. ބޭބީ ސެންޓަރ ސައިޓްގައިވާ ލިސްޓްގައި އެންމެ ކުރީގައި އޮތީ ލިޢާމް އެވެ. މިއީ ކްރިސްޓިއަން ނަމެކެވެ. މިސައިޓްގައި ބުނެފައިވަނީ މިއަހަރުގެ ފަހު ކޮޅުގައި އެޤައުމުގައި މިއަހަރު ކުޑަކުދިންނަށް ކިޔާފައިވާ އެންމެ އާއްމު 100 ނަމުގެ ލިސްޓެއް ނެރޭނެ ކަމަށެވެ.

އިސްލާމީ ވަޙްދަތު ހުޅަނގުގެ ޤައުމުތަކަށް ފެތުރެމުން ދާއިރު، ގިނަ ބަޔަކު ދަނީ އިސްލާމްދީނުގެ ހިދާޔަތް ލިބި އިސްލާމް ދީނާއި ގުޅެމުންނެވެ. އަދި އިސްލާމް ވުމަށްފަހު ބައެއް މީހުން އެމީހުންނަށް ކުރިންކީ ނަމުގެ ބަދަލުގައި އިސްލާމީ ރީތި ނަމެއް ކިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. نصرالله

    الله اكبر

  2. ނަންްްްްް

    ތިޔަވީ. ތިޔަ ނަން ކިޔާ މީހުންނާ އިންނަން އައިޝަތު ކިޔާ ކުދިންވެސް ތައްޔާރު ކުރަން ވެއްޖެ.

  3. ބާނިޔޫސޭ

    ތިޔަ ލިސްޓްގެ އެންމެކުރީގައި އޮތް ނަމަކީ ކްރިސްޓިއަން ނަމެއްކަން މިޚަބަރުގައި ފާހަގަކޮށްފައި އޮތުމަކީ ވަރަށް ރަނގަޅުކަމެއް. އެހެންނޫންނަމަ އެއީ މުސްލިމް ނަމެއް ކަމަށްހީވެ ދިވެހިންވެސް ކުދިންނަށް އެނަން ކިޔާފާނެހާވެސް މުސްލިމް ނަމަކާ އެނަން އެއްގޮތް.

  4. ނަމަނަމަ

    ނަމަކުން މުސްލިމެއް ނުވާނެ