ފަތުރުވެރިއަކު ސެލްފީއެއް ނެގުމަށްޓަކައި ތައިލެންޑުގައި ދުއްވާފައި ދިޔަ ރޭލެއްގެ ދޮރު ހުޅުވުމުން، ރޭލުން ވެއްޓި މަރުވެއްޖެއެވެ.

މި ހާދިސާ ހިނގި އިރު، ތައިލެންޑަށް ފަތުރުވެރިއެއްގެ ގޮތުގައި ދިޔަ އަޔަލެންޑުގެ ރައްޔިތެއް ކަމަށްވާ ޕެޓްރިކް ވޯޑް، 45 ދަތުރު ކުރަމުންދިޔައީ ކަންޗަނަބުރިޓޯ އަށް ގައިޑަކާ އެއްކޮށް ދިޔަ ރެއިލްވޭ ޓުއާ އެއްގައެވެ.

ފޮޓޯ ނެގުމަށް މަޝްހޫރު ރީތި ސަރަހައްދަކުން ރޭލު މަޑު ދުވެލީގައި ދަތުރުކުރަމުން ދަނިކޮށް، ވޯޑް ވަނީ ރޭލުން ކައްސާލައިގެން ޓްރެކް މައްޗަށް ވެއްޓުމަށްފަހު، ކައްޗަށް އޮތް އަޑިގަނޑަކަށް 25 ފޫޓް ތިރިއަށް ވެއްޓިފައެވެ.

އޭނާ އާ އެކުގައި ރޭލުން ދަތުރުކުރި އެހެން ފަސިންޖަރަކާ ހަވާލާދީ 'ދަ މިރަރ' އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ވޯޑް މަރުވީ ރޭލުގެ ދޮރުން ބޭރަށް އެލިގަނެގެން އެ ރީތި މަންޒަރާއެކު ސެލްފީ ނަގަން އުޅުމުގެ ތެރޭގައެވެ.

އެވަގުތު ރޭލުގައި އިން ތައިލެންޑުގެ އަންހެނެއް ކަމަށްވާ ޗީވަރަޓް ބީ ވަނީ ވޯޑް ވެއްޓުނު ވަގުތު ކަން ހިނގައިދިޔަ ގޮތް ކިޔައި ދީފައެވެ.

"އޭނާ އަހަރެން ހުރަސްކޮށްފައި ދިޔައީ ފާހާނާ ކައިރިއަށް. ފާހާނާ ކައިރީގައި ހުރި ޓޫރިސްޓް ގައިޑެއް ބުނި އޭނާ ކައިރީ ބޭރަށް ނުދާން. ކްލަޔަންޓުން ބޭރަށް ދާން ބޭނުން ވެގެން އުޅޭތީ ރޭލުގެ ދޮރު ލެއްޕީވެސް އެ ގައިޑް." އެ ދަތުރުވެރިޔާ ބުންޏެވެ.

"ވޯޑް ފާހާނާއަށް ގޮސްފައި، އެ ދޮރު ހުޅުވާފައި ރޭލުގެ ބޮގީ ދޭތެރެއިން ދިޔައީ ބޭރަށް. ދެން އޭނާ ސެލްފީ ނަގަން އުޅެނިކޮށް ސިޑިން ކައްސާލައިގެން ވެއްޓުނީ."

ގުދުރަތީ ރީތި މަންޒަރުަކެއް ފެންނަ މި ރޭލު ދަތުރަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ދަތުރެއް---

ތައިލެންޑުގެ އިދާރާތަކުން ވޯޑް ފަރުވާއަށް ގެންދިޔައިރު ސްޓްރެޗާއެއް މަތީގައި އޭނާ ބާއްވާފައި އޮންނަ މަންޒަރު އެދުވަހުގެ ފޮތޯތަކުނެ ފެނެއެވެ.

ކުރިން ޑިސްޓްރިކްޓް ފުލުހުން މައުލޫމާތު ދެއްވީ ވޯޑް މަރުވީ ދެ ކެރިއޭޖެ ދޭތެރެއިން ހިނގަނިކޮށް ކަމަށް ލަފާކުރެވޭ ކަމަށެވެ. ހާދިސާގެ މައުލޫމާތު ވަރަށް އަވަހަށް ފުލުހުންނަށް ލިބުނު ކަމަށާއި، ނަމަވެސް ފުލުހުން އަވަހަށް އެތަނަށް ގޮސް ކުރި މަސައްކަތުން ވެސް ވޯޑް ސަލާމަތް ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބެކްޕެކާރ އެއްކަމަށްވާ ވޯޑް ރޭލަށް އަރާފައިވަނީ ޤުދުރަތީ ރީތިކަމަށް މަޝްހޫރު ކަންޗަނަބުރި ގެ ކްވާއީ ސްޓޭޝަނުންނެވެ. އެ ޕްރޮވިންސްގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު އެއްތަނަކީ ކްރާސީ ކޭވްސްއެވެ. އެތަނަކީ "ޑެތް ރެއިލްވޭ" ނުވަތަ މަރުގެ ރެއިލްވޭ ގޮތުގައި މަޝްހޫރު ރޭލް ޓްރެކްތައް ބެލުމަށް މަގުބޫލު ވިއުޕޮއިންޓެކެވެ.

އެ ޓްރެކަށް އެކަހަލަ ނަމެއް ދެވިފައިވަނީވެސް އެއީ އެ ދަތުރުގެ އެންމެ ނުރައްކާތެރި ސަރަހައްދަށް ވީމައެވެ. ކްރާސީ ކޭވްސްއަކީވެސް ތައި-މިއަންމާ ރެއިލްވޭ އިމާރާތްކުރުމުގެ ތެރޭގައި، ހަނގުރާމައިގެ ގައިދީން ބޭތިއްބުމަށް ބޭނުންކުރި ތަނެކެވެ.