އިންޑިޔާގެ ސްކޫލެއްގައި ކިޔަވައިދޭން އުޅޭ 47 އަހަރުގެ ޓީޗަރަކު 13 އަހަރުގެ ދަރިވަރަކަށް ލޯބީގެ ސިޓީއެއް ފޮނުވައިފިއެވެ.

މީޑީޔާ ރިޕޯޓްތައް ބުނާގޮތުން އިންޑިޔާގެ ސްކޫލެއްގައި މަސައްކަތްކުރާ ފިރިހެން ޓީޗަރު އޭނައަށް ވުރެ 24 އަހަރު ހަގު އަންހެން ކުއްޖަކަށް ލޯބީގެ ސިޓީއެއް ވަނީ ފޮނުވާފައެވެ. އަދި އެސިޓީ ކިޔުމަށްފަހު ވީދާލަަން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެއަންހެންކުއްޖާ ވަނީ އެސިޓީ އޭނަގެ މައިންބަފައިންނަށް ދައްކާލާފައެވެ. އަދި އަންހެންކުއްޖާގެ މައިންބަފައިން އެމައްސަލަ ފުލުހަށް ރިޕޯޓްކުރިއެވެ. އެރިޕޯޓުގައި ބުނާގޮތުން އުމުރުން 47 އަހަރުގެ ފިރިހެން ޓީޗަރު އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު މަގުފުރައްދައިގެން ޖިންސީ ގޯނާކުރަން އުޅޭ ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

އަންހެންކުއްޖާގެ ބައްޕަ ޓީޗަރާއި ބައްދަލުކޮށް އެފަދަ އަމަލެއް ހިންގަން އުޅޭތީ މާފަށް އެދުމަށް ބުންޏެވެ. އެހެންނަމަވެސް އެ ޓީޗަރު ވަނީ މާފަށް އެދެން އިންކާރުކޮށްފައެވެ. އަދި އަންހެންކުއްޖާ އެކަމަށް އިންކާރުކުރާނަމަ ގެއްލުވާލާނެ ކަމުުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ޓީޗަރު ދަރިވަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެއަންހެންކުއްޖާ ދެކެ ވަރަށް ލޯބިވާ ކަމަށާއި ޗުއްޓީތެރޭ އަންހެން ކުއްޖާ ނުފެނުމުން ވަރަށް ހަދާންވާ ކަމަށެވެ. އަދި ފޯނުން ގުޅާފަ ވާހަކަ ދެއްކުމަށް ވަނީ އެދިފައެވެ. މީގެއިތުރުން ޗުއްޓީ ފެށުމުގެ ކުރިން އޭނަޔާ ބައްދަލުކުރުމަށް ޓީޗަރު ވަނީ އަންހެން ކުއްޖާ ކައިރިން އެދިފައެވެ.

މިމައްސަލަ އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމުން މައްސަލަ ބަލާނެ ކަމަށް އެސްޕީ ކުންވާރު އަނޫޕަމް ސިންގ ވަނީ މީޑީޔާއަށް މައުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަންނެތް މީހާ

    ނިކަން މި ދިވެހި ދަރިންގެ ގައި ގައި އަށަގަންނުވަން ބޭނުންވާރަގަނޅު ކަންކަން އިސްތިހާރު ކޮށްބަލަ. ނުބައި ކަންކަމުގެ ވާހަކަ ނުދައްކަން ދީނުގައިވެސް އޮންނަނީ ކަމެއް ވެގެން.