ޖަރުމަނުވިލާތުގެ ކުންފުންޏެއްކަމުގައިވާ "÷ޕީޓީސައިންޓިސްޓްސް" އިން، ހަނދަށް 4ޖީ ގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފަށައިފިއެވެ. އެތައް އަހަރުތަކެއް ވަންދެން، ހަނދަށް ދިޔުމަށް ރާވަމުންދާ މި ކުންފުނިން މިހާރުވަނީ ހަނދަށް، ދެ ކޯޓްރޯ އުޅަނދު ފޮނުވުމަށް، އޯޑީއާއެކު އެއްބަސްވުމެއްވެސް ހަދާފައެވެ.
މަޝްހޫރު ނޮކިޔާ އާއި ވޯޑާފޯން އާއެކު، ހަނދަށް 4ޖީ ދިނުމުގެ މަސައްކަތް ޕީޓީ އިން މިހާރު ފަށާފައިވާއިރު، މިކަމުގެ އެންމެ ބޮޑު މަޤުޞަދަކީ އެކުންފުނިން ހަނދުގައި ކުރިއަށް ގެންދާ މަސައްކަތްތަކުގެ އެޗްޑީ މަންޒަރުތައް ބިމަށް ފޯރުކުރުންކަމަށްވަނީ ބުނެފައެވެ.
އެކުންފުނިން އިތުރަށް ބުނެފައިވާ ގޮތުގައި 4ޖީ ބޭނުންކުރަން ނިންމި އެންމެ ބޮޑު އެއް ބޭނުމަކީ އެއީ އެންމެ ކުރީގެ އެނަލޮޖް ކޮމިއުނިކޭޝަން އަށްވުރެ އެތައް ގޮތަކުން ފަސޭހަ އަދި ދެކޮޅު ޖެހޭ ކަމަކަށް ވުމުންނެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް މިހާރު ފަށާފައިވީނަމަވެސް، ޕީޓީ އިން އެންމެ އަވަހަށް ހަނދަށް ފޮނުވާ އުޅަނދުވެސް ފޮނުވޭވަރު ވާނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
ހަނދުގައި ގެ އެޅުމުގެ މަސައްކަތް، އިންޑިޔާއިންވެސް ވަނީ ކުރަން ފަށާފައެވެ.
އަހަރެމެން ރަށަށް އަދި 3ޖީ ވެސް ނުލިބޭ
ހަނދަށޭ؟ ހަނދާންނައްތާލާ.