ފޮޓޯގެ ކަންކަމަށް އިންސްޓަގްރަމް އަކީ އެތައް ބަޔަކު ގަޔާވާ އެޕްލިކޭޝަނެކެވެ. އެތައް ބަޔަކު، އެއެއްޗެއް ބޭނުންކުރަމުންދާ އެއްޗެއްވެސްމެއެވެ. ފަސޭހަ ޔޫސަރ އިންޓަފޭސް އަކާއި ޒަމާނީ ފީޗަރ ތަކަކީ މިކަމުގެ ސިއްރަކަށްވުން ގާތެވެ. ހަމައެހެންމެ، އިންސްޓަގްރަމް އާ ޖައްސާލެވޭ ވަރުގެ ވަރުގަދަ ވާދަވެރިއެއް ނެތުމަކީވެސް މިކަމުގެ ސިއްރަކަށް ވެދާނެއެވެ.

އެހެންނަމަވެސް، އިންސްޓްގަރްމް އަށް ވަރުގަދަ ވާދަވެރިޔަކު، މި މައިދާނަށް ވަނީ ނިކުމެފައެވެ. އެއީ "ވީރޯ ޑައުން" އެވެ. އިންސްޓްގަރްމް އިން ކުރެވޭ ހުރިހާ ކަމެއް އެއެޕްލިކޭޝަނުން ކުރެވެއެވެ.

ވީރޯ ޑައުންގެ މާކެޓިން ކަންތައްތައް ވަރަށް ފުޅާދާއިރާއެއްގައި ކުރަމުންދާއިރު، ބޮޑެތި ސެލެބްރިޓީންވެސް ވަނީ މި އެޕްލިކޭޝަން ބޭނުންކުރަން ފަށާފައެވެ. މިއީ އެފަރާތްތަކަށް އޮތް "ޕްލަސް ޕޮއިންޓް" އެކެވެ.

ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނާ ގޮތުގައި ވީރޯ ޑައުން ފަރުމާ ކޮށްފައިވަނީ، އިންސްޓަގްރަމް ގައި ހުންނަ، މީހުންނަށް ކަމުނުދާ ކަންކަމަށް ރިއާޔަތްކޮށް، އެކަންކަން ރަނގަޅު ކޮށްގެންނެވެ.

މި އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު އަދި މިލިއަނަކަށް އަރާފައި ނުވާއިރު، މި އެޕް އަދި ރާއްޖޭގައި އެހާ އާއްމެއް ނޫނެވެ.