ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑް ކޮކާ ކޯލާއިން ޓެކްނޮލޮޖީގެ އިންޑަސްޓްރީއަށްް ވަދެ އިންޑިއާގައި ސްމާޓް ފޯނު ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މަޝްހޫރު ޓެކް އިންފްލުއެންސަރ މުކުލް ޝަރުމާ އެވެ.

އޭނާ ބުނާގޮތުން މި އަހަަރުގެ ފުރަތަމަ ކުއާޓަރުގެ ކުރިން މި ފޯން އިންޑިއާގައި ނެރެދާނެ އެވެ. އޭގެ މާނައަކީ 2023 ވަނަ އަހަރުގެ މާޗް މަހުގެ ކުރީކޮޅުގައި ފޯނު ލިބޭ ވަރު ވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެ ފޯން ލޯންޗް ކުރުމުގައި ސްމާޓްފޯން ކުންފުންޏަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މުކުލް ޝަރުމާ ހިއްސާކުރި ފޮޓޯއިން ފެންނަނީ ފޯނުގެ ފަހަތުގައި ޑުއަލް ކެމެރާ ސިސްޓަމަކާއި، ވާތް ފަރާތުގައި ވޮލިއުމް ކޮންޓްރޯލް ބަޓަންތަކެއް ހުންނަ ތަނެވެ.

ފޯނުގެ އިތުރު ސްޕެސިފިކޭޝަނެއް އަދި ލިބިފައެއް ނުވެއެވެ. އެކަމަކު ފޯނުގެ ފަހަތުގައި ކޮކާކޯލާގެ ލޯގޯ ޖަހާފައި ވެއެވެ. އަދި ފޯނު ފެންނަނީ ރަތް ކުލައިގައެވެ.

އޭނާ އާއްމުކުރި އެ ޓްވީޓާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވައިރަލްވެގެން ދިޔައެވެ. އަދި ގިނަ ބަޔަކު ވަނީ އެ ވާހަކަ މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާއްމު ކުރަމުންނެވެ. މި ޓުވީޓަށް އެކަނި މިހާތަނަށް 89.3،3،000 ވިއުސް ލިބިފައި ވެއެވެ.

މިއީ އެންމެންނަށް ވެސް ހައިރާންކުރުވަނިވި ހަބަރަކަށް ވެދާނެ އެވެ. އެކަމަކު ސްމާޓްފޯން ނޫން އުފައްދާ ކުންފުންޏެެއްގެ ނޫން ކުންފުންޏަކުން ސްމާޓްފޯން އިންޑަސްޓްރީއަށް ނުކުތް ފުރަތަމަ ފަހަރެއް ނޫނެވެ.