އޮޅުކޮށްގެން ގެންގުޅުނު ބުޅާ ގެއްލުނުތާ 13 އަހަރު ފަހުން އެ ބުޅާ ގެންގުޅުނު އާއިލާއަށް ފެނިއްޖެއެވެ.

އިންގްލޭންޑްގެ އަވަށެއްގައި ދިރިއުޅެމުން އަންނަ އާއިލާއަކުން ގެންގުޅުނު އެ ބުޅާ ފެނުނީ ހޯދާތާ އެތައް އަހަރެއް ފަހުންނެވެ. ވިލޮވް ނަމަކަށް ކިޔާ އެ ބުޅާ ގެންގުޅުނީ އަބިލައިގް ސްމިތްއެވެ. ގެއްލުނުތާ 13 އަހަަރު ފަހުން އެ ބުޅާ ފެނުނީ މީހަކު ފޭސްބުކް ޕޯސްޓަކުން، އެ މީހާ ބުނިތަނަށް ގޮސް ބެލުމުންނެެވެ. އެ ޕޯސްޓްގައި ބުނެފައި ވަނީ އެ ބުޅާ ފެންގަނޑެއްގެ ތެރެއަށް ވެއްޓިގެން އުޅޭ ވާހަކައެވެ.

އެ ބުޅާގެ ޕޯސްޓް އަބިލައިގް މަންމައަށް ދެއްކުމުން މަންމަވެސް ބުނީ، އެއީ އެ މީހުން އޮޅުކޮށްގެން ގެންގުޅުނު ބުޅާ ކަމަށެވެ. އަބިލައިގް އުމުރުން 17 އަހަރުގައި ގެއްލުނު އެ ބުޅާ ފެނުނީ މިދިޔަ ހަފްތާގެ ބުަދަ ދުވަހުއެވެ.

2005 ވަނަ އަހަރު ގެއްލުނު އެ ބުޅާ ފެނުނުއިރު އެއަށް ވަރަށް ރަނގަޅަށް ކާން ދީފައިވާކަން ފާހަގަވެއެވެ. އެއީ ހަމަ އެ މީހުންގެ ބުޅާކަން އެ މީހުންނަށް ޔަގީންވި ނަމަވެސް، އެ ބުޅާ އެނބުރި ގެއަށް ގެނައިތާ މާގިނަ ދުވަސްތަކެއްް ނުވަނީސް ވަނީ މަރުވެފައެވެ.

އެ ބުޅާ އޭގެ އަސްލު ވެރިފަރާތުގެ ގޭގައި އޮތީ އެންމެ ތިން ދުވަހުއެވެ. ބުޅާ މަރުވީ ނިދާފައި އޮއްވާ ކުއްލިއަކަށެވެ. އާއިލާ މީހުން އެއާކީ ސަކަރާތް ޖަހާ މަޖާކޮށްލާ ހަދާން ދުވަސްކޮޅެއް އޮއްވާއެވެ.

އެ މީހުން 2001 ވަނަ އަހަރު އެ ބުޅާ ގަތް އިރު އުމުރަކީ އެންމެ ހަ ހަފްތާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށައިން

    ވާވް. ނައިސް ދޯ.???