އަހަރެމެން މި އުޅޭ ބިން ނޫން އެހެންތަނެއްގައި ދިރުމެއް ވާކަމަށް ބައެއް ސައިންސްވެރިން ޤަބޫލުކުރެއެވެ. އަދި ގިނަ ފިލްމްތަކުންވެސް އަހަރެމެންނަށް ވިސްނާދެން ބޭނުންވަނީ އެހެން ދުނިޔެއެއްގައިވެސް އިންސާނުން ގޮތަށް ތަފާތު ބައެއް އުޅޭ ކަމެވެ. ނަމަވެސް އެހެން ދުނިޔެއަކުން އައި ދިރުމެއް އަހެރެމެން މިއުޅޭ ދުނިޔޭގައި އުޅޭނަމަ ދެންވާނީ ކީތް ހެއްޔެވެ؟

ބޯވާއަކީ ދުނިޔޭގައި އުޅޭ ޖަނަވާރުންގެ ތެރެއިން އެންމެ ތަފާތު އެއް ޖަނަވާރެވެ. ބޯވާއަކީ އެންމެެ ކައްޓެއްގެ މައްޗަށް އެކުލެވޭ އެއްޗެކެވެ. މޫދުގައި އުޅޭ ބޯވާއަކީ ކިތަންމެ ހިމަ ތަނަކުންވެސް ދެމި ގަނެވޭ އެއްޗެކެވެ. މީގެ އިތުރުންވެސް ޝިކާރަ ކުރާ މަސްތަކުން ސަލާމަތްވުމުގެ ބާރު ބޯވާއަށް އޮވެއެވެ. މިކަން ކުރާ ގޮތަކީ މޫދުގައި އުޅޭ ޖަނަވާރުތަކަށް ނުފެންނަ ގޮތަށް އޭގެ ކުލަ ބަދަލު ކޮށްލައެެވެ.

ބޯވާއަކީ އެހެން ޖަނަވާރުތަކާ އަޅާ ބަލާއިރު ވަރަށް ތަފާތު އެއްޗެކެވެ. ވިސްނުމުގެ ބާރު ގަދަ ބޯވާއަކީ ކުރިން ކުރި ކަންތައް ހަދާނުގައި ބެހެއްޓުމުގެ ބާރު ހުންނަ ޖަނަވާރެކެވެ. ނަމަވެސް ބައެއް ސައިންސްވެރިން ބޯވާއަކީ އެހެން ދުނިޔެއަކުން އައިސްފައިވާ އެއްޗެކޭ ބުނަނީ ކީތްވެގެން ހެއްޔެވެ؟

މި އަހަރު ކުރެވުނު ދިރާސާއެއްގައި ދައްކާ ގޮތުން ބޯވާގައި ހުންނަ ޖީންސްތަކަކީ ދުނިޔޭގައި އުޅޭ ޖަނަވާރަކުން މިހާތަނަށް ފެނިފައިވާ ޖީންސްއެއް ނޫނެވެ. އަދި އެއީ ދުނިޔޭގައި އުޅޭ ޖަނަވާރަކުން އުފެދިފައި ނުވަތަ ވާރުތަ ކޮށްފައިވާ އެއްޗެއްވެސް ނޫނެވެ. އެއީ މުޅިން ތަފާތު ޖީން އެކެވެ. މިސައިންސްވެރިން ޤަބޫލު ކުރާ ގޮތުގައި ބޯވާ އަކީ ޖައްވުން އައި ހިލައެއްގެ ސަބަބުން ދިރުން އައި އެއްޗެކެވެ.

ނަމަވެސް ބޯވަލުގެ ޑީއެންއޭ އަށް ބަލާއިރު އެއީ ދުނިޔޭގައި އުޅޭ ތަފާތު ޖަނަވާރުތަކާއި އެއްގޮތް އެއްޗެއް ކަމަށް ބައިލޮޖިސްޓުން ބުނެއެވެ. ބައެއް

ބޯވާގެ ޙަޤީޤަތް އެންމެ ބޮޑަށް އެނގޭނީ ދުނިޔެޔާއި ދުނިޔޭގައި ވާހާ އެއްޗެއް އުފެއްދެވި ﷲ ސުބްޙާނަޙޫ ވަތަޢާލާއަށެވެ. ދުނިޔޭގައި އުޅޭތާ 300 މިލިޔަން އަހަރުވެފައިވާ ބޯވާގެ ޙަޤީޤަތް ދެނެގަތުމަށް އިންސާނުން ނުކުޅެދިފައިވާއިރު، އިންސާނުންނަށް ނޭނގޭ އެތަކެއް ކަމެއް ދުނިޔޭގައި ހުންނާނެކަން ޔަޤީނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާމިގިލީ މީހާ

    ޢަނެއް ދިވެހިރާއްޖެ އިން އައި އެއްޗެއް..

    • ައަބޫ

      ވެދާނެ

  2. ޝަލަފު

    ކެކެކެކެކެކެ،،،،،، ފަހު ޕެރެގުރާފު ކިޔާފަ ހިނިއަންނަނީހަމަ.

  3. Anonymous
  4. Anonymous
  5. ބޯވަ

    ބައެއް ބޯވައިގެ ހަޤީޤަތޭ؟؟ އަހަރެމެން ހީކުރީ ހުރިހާ ބޯވައެއްގެ ވެސް އަދި އެންމެހާ މަޚްލޫޤުންގެ ވެސް ހަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ﷲ ކަމަށް.

  6. ބޭބެ

    މިކަމާއޭ އެމެރިކާ މީހުން އެއުޅެނީ.
    ފުރަތަމަ ހީކުރެވުނީ ބޯވާއައީ ހަނދުން ކަމަށް. ނަމަވެސް ހަދަށްދިޔައިރު އެތާކު ބޯވާހޮރެއްވެސް ނެތް.
    ދެން ދިޔައީ މާސް ބަލާލަން، އެތަނުންވެސް ބޯވާ ހޮރެއްނުފެނުނު.
    ދެން އެވެރިން މިހާރު އެއުޅެނީ އިރުގައި ބޯވާ އުޅެފާނެތީ އިރަށްދާން.
    އަދި މިހުރިހާ ދުވަހު ނާސާގައި ހުންނަ ހަބުރި ހަތްބުރި ޓެރެސް ކޯޕުން މުޅިޖައްވު ތެރެ ރެޔާއި ދުވާލު ނުހުއްޓާ ހޯދިއިރުވެސް ބޯވައެއް ވެއްޓޭތީވެސް ނުފެނުނު.

  7. ބޮލި

    މީ އަހަރުންނަށް މާ ކުރިންވެސް އެނގޭ ކަމެއް. މީގެ ސާދަސަތޭކަ އަހަރުކުރިން މިކަން ވަނީ އަހަރުމެންނަށް އަންގާ އޮޅުންފިލުވައިދެވިފައި