ބޭނުންވާ ތަކެތި:

  • ތެޔޮ
  • ފިޔާ
  • ލީކްސް
  • ހިނކަދިފަތް
  • ހިކި މިރުސް
  • ލޮނު މިރުސް
  • އަސޭ މިރުސް
  • ލޮނު
  • ލޮންމެދު
  • އިނގުރު
  • ޓޫނާ މަސްދަޅު
  • ގިތެޔޮ މިރުސް
  • ސްޓީމް ހޮޕާ

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ތަވާ އުދާލުމަށްފަހު, ތެޔޮ ފޮދެއް އެޅުމަށްފަހު ފިޔާ، ލީކްސް، ހިނކަދިފަތް، އަޅާފަ ހޫނު ކޮށްލާނީއެވެ. އެއަށްފަހު ހިކިމިރުސް، ލޮނު މިރުސް، އަސޭ މިރުސް، ލޮނު، މަސްދަޅު، ލޮނުމެދު އިނގުރު، ގިތެޔޮ މިރުސް، އެޅުމަށްފަހު ހުރިހާ އެއްޗެއް އެއްކޮށްލާނީއެވެ. ރަނގަޅަށް ހުރިހާ އެއްޗެއް މަޑުވެ ރަތްކޮށްލުމަށްފަހު، ސްޓީމް ހޮޕާ އަޅާލުމަށްފަހު މިކްސް ކޮށްލީމާ ނިމުނީއެވެ.