ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އެންޖޭވްފައިވާކަމަށް ވަނީ މިދިޔަ މަހުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ ޕްރިޔަންކާއަށް 36 އަހަރު ފުރުނު ދުވަހެވެެެ.

ޕްރިޔަންކާ އާއި ނިކް އާއި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެމީހުންގެ ތެރެއިން އެކަކުވެސް އެއްބަސްނުވި ނަމަވެސް، އެކަން މިހާރު ގިނަ ބަޔަކަށް އިނގެއެވެ. ދާދި ފަހުން ޕްރިޔަންކާ ވަނީ ނިކް އޭނާގެ އިނގިލީގައި އަޅުވައިދިން އަނގޮޓި ވެސް އާއްމުންނަށް ދައްކާލާފައެވެ.

ކުރީގެ ރިޕޯޓްތައް ބުނާގޮތުގައި، އެންގޭޖްމެންޓަށް ހާއްސަ އަނގޮޓިއެއް ގަތުމަށް ލަންޑަންގައި ހުންނަ ގަހަނާ ވިއްކާ ފިހާރައެއްވެސް ބަންދުކުރިއެވެ. އަދި އޭނާ ނަގާފައި ވަނީ ވަރަށް ހާއްސަ އަނގޮޓިއެކެވެ. ނިކް ޕްރިޔަންކާއާށް ދީފައި ވަނީ ޑައިމަންޑް އަނގޮޓިއެކެވެ.

އެ އަނގޮޓި އާއްމުންނަށް ޕްރިޔަންކާ ދައްކާލަފައި ވަނީ ބޮލީވުޑްގެ އެކްޓްރެސް ރަވީނާ ޓަންޑަންއާއެކު ނެގި ސެލްފީއަކުންނެވެ. އެ ފޮޓޯއިން ޕްރިޔަންކާގެ އިނގިލީގައި އަޅުވާފައިވާ އޮތް އަނގޮޓި ވަރަށް ފުރިހަމައަށް ފެނެއެވެ.

https://www.instagram.com/p/BmeOAGmlO6y/?utm_source=ig_embed&utm_campaign=embed_loading_state_control

މިދިޔަ އަހަރުގެ މެޓް ގާލާއިން ބައްދަލުވި ނިކް އާއި ޕްރިޔަންކާ އާ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ވަރަށް ބޮޑަށް އަޑު ފެތުރިގެން ދިޔައީ މި އަހަރު ތެރޭގައި މާގިނައިން ދެ މީހުން އެކުގައި އެކި ތަންތަނުން ފެންނަން ފެށި ހިސާބުންނެވެ. ޕްރިޔަންކާ ވަނީ ނިކްގެ އާއިލާ މެންބަރެއްގެ ޕާޓީއަކަށްވެސް ގޮސްފައެވެ. އަދި ނިކް ވަނީ ޕްރިޔަންކާއާއެކު އިންޑިއާއަށް ގޮސް ޕްރިޔަންކާގެ އާއިލާއާވެސް ބައްދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުނީ

    ހޮޑު ލަވާ ގަނެށް ޖެ

  2. ބިޒީ

    ކޮބާ ސްނިޔަންކާ، ލަވައެއް ނުކުޅޭތަ