ދަރިންނަކީ މައިންބަފައިންނަށް ދެއްވާ ވަރަށްވެސް މަތިވެރި ނިއުމަތެކެވެ. އަދި ދަރިންނަކީ މައިންބަފައިންގެ ލޮލުގެ ކޮއި ފަދަ ބައެކޭ ބުނާތީވެސް އަހަމެވެ. ނަމަވެސް އެއީ ބައެއް މައިންބަފައިންނެވެ. ދުނިޔޭގެ ހަތަރު ބިތަށް ނަޒަރު ހިންގާލާއިރު އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިތިބޭ މައިންބަފައިންވެސް ފެނެއެވެ.

އެގޮތުން ދާދި ފަހުން ވަނީ އެމެރިކާއަށް ނިސްބަތްވާ އަންހެނަކު އޭނާގެ ތުއްތު ދަރިފުޅަށް އަނިޔާކުރާ ވީޑީއޯއެއް މީސްމީޑިއާގެ އެކި މަސްދަރުތަކުގައި ވައިރަލްވެފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާ އޭނާގެ ތުއްތު ފިރިހެން ދަރިފުޅުގެ ގައިގައި ދަނޑިބުރިއެއްކަހަލަގެ އެއްޗަކުން ތަޅާ އަނިޔާކުރެއެވެ. އަދި ދަރިފުޅު ރޯން ފެށުމުންވެސް އަނިޔާކުރުން ނުހުށްޓާ އެންމެ ފަހުން ދަރިފުޅު ބަރަހަނާކުރުމަށް ފަހުވެސް ދަނޑިބުރިން ވަނީ އަނިޔާކޮށްފައެވެ. އަދި ގޮށްމުށުންނާއި ފައިން ވަނީ ދަރުފުޅަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި ލިބެމުން ދިޔަ އަނިޔާތަކަށް ކެތް ނުވެ ތުއްތު ދަރިފުޅު ވެށްޓޭ މަންޒަރުވެސް ފެނެއެވެ.

މި ފަދަ މަންމައިންނަކީ ހަމަ އިންސާނުންތޯއެވެ. ބަނޑުހައިވެފައި އިން މިނިކާވަގަކަށް ގިނިކަންޏާއިން ފުއްލާއެއް ފެނުމުން ފުއްލާ ޝިކާރަކުރާ ބީދައިން އަމިއްލަ ދަރިފުޅު ތަޅާ ތިރިކޮށްލަނީ އެ މައުސޫމް ކުށްޖާގެ ކޮން ކޮށެއް އޮވެގެންތޯއެވެ. މައިންބަފައިންނާއި ހަވާލު ކުރެވުނު އަމާނާތް ކޮބާތޯއެވެ. ދަރިންނަކީ ނިއުމަތެއް ކަމުގައި ދެކި ދަރިންނަށް އޯގާތެރިވެ އިހްސާންތެރިވާން އެބަޖެހެއެވެ. އަދި ކިތަންމެ ރުޅި އަޔަސް އަތް އިސްކުރުމުގެ ބަދަލުގައި ހިތްހެޔޮކަމާއި މަޑުމައިތިރިކަން އިސްކުރަން އެބަޖެހެއެވެ. އެހެނީ ކުށްޖާގެ ޅައުމުރުގައި އެ ކުށްޖާހެ ހިތުގައި ޖެހޭ ކަޅު ލައްގަނޑަކީ އުމުރަށްވެސް ފަޑުވުމެއްނެތި ހުންނާނެ ލައްގަނޑަކަށް ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    ބަލަ ރާއްޖޭގެ ހާލަތަކީ ވެސް ހަމަ ތީ..

  2. ރުސްތުމް

    ތީ މުސްލިމު އަންހެނެއްތޯ ނޫންތޯ ބަލަން ޖެހޭނެ.

    • Anonymous

      ރަނގަޅު ... މުސްލިމް ނޫން މީހެއް ނަމަ ނަފްސާނީ މައްސަލަހުރި މަންމައެއް. މުސްލިމެއްނަމަ އެއީ ޓެރަރިސްޓެއް.