" މިއީ ވިލިމާލޭގައި ދިރިއުޅޭ ހުވަދުއަތޮޅު ޒުވާނަކަށް ކުރިމަތިވި ހާދިސާއެކެވެ. މި ހާދިސާ ހިނގީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ވާހަކައިގެ އަސްލު ނުގެއްލޭ ގޮތަށް އުނި އިތުރު ގެނެސްފައިވާނެއެވެ."

އަހަންނަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަމީހަކީމެވެ. އަހަރެން މަސައްކަތް ކުރަން ޖެހެނީ ދެ ޑިއުޓީއަކަށް ބަހާލައިގެން ކަމުން ރޭގަނޑު ޑިއުޓީ އޮންނަ ދުވަސް ދުވަހު ގެއަށް އާދެވެނީ ވަރަށް ލަސްވާ ފަހުންނެވެ.

އަހަރެން ދިރިއުޅެމުން އައީ ވިލިމާލޭގައެވެ. އެއީ އެއްބަޑުއެއްބަފާ ބޭބެގެ އަމިއްލަގެއެއް ވިލިމާލޭގައި ހުރުމާއި އެކު މާލޭގެ ތޮށްޖެހިފައިވާ މާހައުލުގައި އުޅުމަށް އަހަރެންގެ ހިތް ނޭނދޭތީއެވެ.

ރޭގަނޑު ޑިއުޓީ ނިންމާލައިފައި އަހަރެން ވިލިމާލެ ގޮސް ގެއަށް ދެވޭއިރު ހުންނާނީ 2 ނުވަތަ 3 ޖަހާފައެވެ. އަހަންނަކީ ކުޑައިރުއްސުރެއް އެކަނި ތަންތަނަށް ގޮސް އުޅުނު މީހެއް ކަމުން ކިތަންމެ ދަން ގަނޑިއެއްގައިވެސް ކިތަންމެ އަދިރި ތާކަށް ދާކަށްވެސް އަހަރެން ކުޑަވެސް ޖެހިލުމެއް ނުވެއެވެ.

ވިލިމާލޭގައި އަހަރެމެން ދިރިއުޅެމުން އައިގެ ހުންނަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އިންވެގެން ހުންނަ ފްލެޓްތަށް ކައިރީގައެެވެ.

އަހަރެން ކޮންމެ ދުވަހަކުވެސް ގެއަށް ދަނީ ޕޮލިސް ސްޓޭޝަން އިންނަ މަގުންނެވެ. އަދި އެ މަގުގައި އޮންނަ ހުސްބިމުގެ ތެރެއިންލާފައިވެސް ބައެއް ރޭރޭ ގެއަށް ދަމެވެ. އެއީ އެ ގޮތަށް ދިޔުމުން ގެއަށް ދެވޭލެއް އަވަސްވާތީއެވެ.. ބިޔަ ގަސްތަކާއި އެކު އެއްވެސް އަލިކަމެއްނެތް އެ ހުސް ބިމުގެ ތެރެއިން އަހަރެން ގެއަށްދާއިރު ނުލަފާ އަރުވަން އުޅޭ މަދު ބައެއް ނޫނީ ނުފެންނާނެއެވެ. ހާއްސަކޮށް އެގަޑީގައި ޒުވާން އަންހެން ކުށްޖަކު ފެނުމަކީ ދުވަހަކުވެސް ވީކަމެއް ނޫނެވެ.

މިރެއަކީވެސް އަހަރެން ޑިއުޓީ ނިންމާލާފައި ވިލިގިއްޔަށް އައި ރެއެކެވެ. އަދި އަހަރެން ގެއަށް ދިޔައީ އެއްކަހަލަ އަދިރި ހުސް ބިމުންލާފައެވެ. ފޯނުގެ ބެޓެރި ހުސްވުމުން ފޯނު އޮތީ ނިވިފައެވެ. އެހެންކަމުން އެއްވެސް އަލިކަމަކާއި ނުލައި ދުރުން ފެންނަން ހުރި ގެތަކުގެ ފަޑު އަލިތަކާއި ދިމާއަށް އަހަރެން މިސްރާބު ޖެހީމެވެ. ކުށްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އަންހެން ކުށްޖެކެވެ. އެކަނި މާއެކަނި މަޑު ހިނގުމެއްގައި ހިފާފައި ދާމަންޒަރު ފެނުމުން އަހަރެންގެ ހިތަށް އަސަރު ކުރުވިއެވެ. އަދި އެއީ ކޮން ކުށްޖެއްތޯ ބެލުމަށް އަހަރެންގެ ހިތް އެދެން ފެށިއެވެ. އެހެންކަމުން ބާރު ހިނގުމެއްގައި އަހަރެން އެ އަންެހެން ކުށްޖާއާއި އަރާ ހަމަކުރީމެވެ. އެއީ ފިރިހެނުންގެ ހިތްތަށް ކަތިލާފަދަ ބަށްޓަމެއްގައި ހުރި ދޮން އަންހެން ކުށްޖެއެވެ. އަހަރެން " ހައި" ޖަހާލުމުންވެސް އެ އަންެހެން ކުށްޖާގެ ކިބައިން އެއްވެސް ޝައުގުވެރިކަމެއް ނުފެނުނެވެ.

އެހެންކަމުން ކުރެވެން މިއުޅެނީ މޮޔަކަމެކޭ ހިތައި އަހަރެން ގެއަށް ދިޔައީމެވެ. އެއިރު އަހަރެން ހުރީ ހިސާބަކަށް ހުންވެސް އައިސްފައެވެ.

ގެއަށް އައިސް ފެންވަރާލައިގެން އަހަރެން ނިދަން ދިޔައީމެވެ. އެއީ އަނެއް ދުވަހުު ހެނދުނު މަސައްކަތް އޮތުމާއިވެސް އެކުގައެވެ.

އެނދުގައި އޮށޯތުމާއި އެކު އަހަންނަށް ފުން ނިންޖަކުން ނިދުނެވެ. އަހަންނަށް ހޭލެވުނީ އިރުގެ ރަން ދޯދިތަށް އަހަންނާއި ސަމާސާ ކުރަން ފެށުމުންނެވެ. މޯޅިއަކަށް ދެމިލުމަށް ފަހު އަހަރެން ލޯހުޅުވާ ބަލާލި އިރު ފެނުނީ ގަބޫލު ކުރަން ދަތި މަންޒަރެކެވެ. އަހަރެންގެ ގައިގެ އެތަން މިތާގައި މީހެއްގެ އަތުގެ ނިޝާނަށް ރަތްވެފައި ހުރި މަންޒަރެވެ.

ނަމަވެސް އަހަންނަކީ ޖިންނި ސައިތާނުންގެ ކަންކަން އެހާ ބޮޑަށް ގަބޫލު ކުރާ މީހެއް ނޫން ކަމުން އެކަމަކީ މާބޮޑު ކަމަކަށް ނުހަދަމެވެ. އަދި ފެންވަރައިގެން ޑިއުޓީއަށް ދިޔައީމެވެ.

ޖެހިގެން އައިރޭވެސް ކަންތަށް ވީ ހަމަ އެގަޮތަށެވެ. ހަމަ އެއް ނިޝާން ތަކެކެވެ. އެހެންކަމުން އެއީ އާދައިގެ ކަމެއް ނޫންކަން އަހަންނަށް ވިސްނުނެވެ. ވުމާއި އެކު ރަށްޓެއްސެއްގެ އެހީގައި ރުގްޔާ ކުރާ މީހެއްގެ އެހީގައި އަހަރެން ރުގްޔާ ކުރީމެވެ.

ރުގްޔާ ކުރި މީހާގެ ފަރާތުން އެގުނު ގޮތުގައި އަހަންނާއި ވަނީ އަންހެން ޖިންނިއެއް އަވަލާފައެވެ. އަދި އަހަރެން ނިދާފައި އޮންނަ ގަޑީގައި އަންހެން ޖިންނި އަހަރެންގެ ގައިގައި ބީހޭ ކަމަށްވެސް ރުގްޔާ ކުރާ މީހާ ބުންޏެވެ. އަދި އެ ޖިންނީ އަހަންނާއި އަވަލީ އަހަރެންގެ އެއްވެސް ކުށެއް އޮވެެގެން ނޫން ކަމަށާއި އަހަރެން ކޮންމެ ރެއަކު އެއް މަންޒިލަކުން ފެންނަލެއް ގިނަވުމުން ކަމަށްވެސް ރުގްޔާ ކުރާ މީހާ ބުންޏެވެ.

ރުގްޔާ ކުރާ މީހާ އަހަންނަށް ފަރުވާ ކުރުމަށް ފަހު އަމިއްލައަށް ރުގްޔާ ކުރެވޭނެ ގޮތް ދަސްކޮށްދިނެވެ. އަދި ގިނައިން ނަމާދު ކުރުމާއި ޤުރުއާން ކިޔުމަށް ނަސޭހަތްތެރިވިއެވެ. އަދި އެކަނި އަނދިރި ތަންތަނަށް ވަންނަ އިރު ކިޔާ ދުއާއެއް އަހަންނަށް ދަސްކޮށްދީ އެ ދުއާ ކިޔަން ބުންޏެވެ.

މާތް ﷲގެ އިރާދަފުޅުން އަހަންނަށް މިހާރު އެކަހަލަ އެއްވެސް އުނދަގުލެއް ނުވެއެވެ. އަދި ޖިންނި ސައިތާނުންގެ ކިބައިވެސް ކުށެއް ނެތި ފުރައްސާރައާއި ކުރިމަތިލާން ޖެހިދާނެ ކަމުގައި އަހަރެން މިހާރު ގަބޫލު ކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވިލި ދާއްބަ

    ތިވާނީ އަބުދުﷲ ނައްބެ އަށް.

  2. ދިވެހި މީހާ

    ތީ ހާދަމޮޅު ރުޤްޔާ ކުރާ މީހެކޭ ދޯ.....، ހީ ވީ ފާލު ބަލާލިހެންވިއްޔާ،

    ކިއްކިއްކީ

  3. ރުގިއްޔާ

    ތިޔަ ޖިންނި މިހާރު ކޮބާ؟

  4. ބޮނަކު

    ތިޔަ ދުއާތައް ލިޔެދީބަލަ. މަވެސް މިއުޅެނީ ތިޔަ ޖިންނިއަކާހެދި ހަދާނެގޮތް ހުސްވެގެން

  5. ހުސޭނުބޭ

    ޕޮލިސް ސްޓޭޝަން އިންނާނީއެއްއެއް ނޫން. ޕޮލިސް ސްޓޭޝަން ހުންނާނީ.

  6. އަސްލު

    އެކުއްޖާ ނަންބަރު އެބައިންތަ