ލޯބިވެރިޔާ ދިން ފޭކް ޑިޒައިނާ ދަބަސްތަކުގެ ވާހަކަ ހޮންގްކޮންގއަށް ނިސްބަތްވާ އަންހެނަކު ދައްކަން ފެށުމުން މީސް މީޑިއާގައި ގިނަބަޔަކު އެ ވާހަކަ ދައްކަން ފަށައިފިއެވެ.

އެ އަންހެން މީހާއަށް ކުރިމަތިވި އެ ކަންތައް މީސް މީޑިއާގައި ހިއްސާ ކުރިއެވެ.

"އަހަރެންގެ ލޯބިވެރިޔާ އަހަރެންނަށް ގަނެދިނީ ފޭކު އަތްދަބަސްތަކެއް، އެއީ ލަގްޒަރީ އަސްލު ދަބަސްތަކެއް ކަމަށް އަހަރެން ހީކުރީ. މިހާރު އޭނާ ކުށްވެރި ކުރަނީ އަހަރެން". ކަމަށެވެ.

ލޯބިވެރިޔާ އޭނާއަށް އެހާ ގިނަ ލަގްޒަރީ ދަބަސްތައް ގަނެދިނުމުން އޭނާ އެއް ކުރަން ފެށީ ކަމަށް ބުންޏެވެ އެކަމަކު މިހާރު ދަބަސްތައް ގިނަވެ، އިތުރު ޖާގައެއް ނެތުމުން އޭގެ ތެރެއިން ބައެއް ދަބަސްތައް ވިއްކާލަން ނިންމީ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އެ ހުރިހާ އުފެއްދުންތަކަކީ ވެސް ވަގު އުފެއްދުންތަކެއްކަން އެނގުމުން އޭނާ އަށް ލިބުނީ ހައިރާންކަމެއް ކަމަށް އޭނާ ބުންޏެވެ. އަދި މިކަމާއި ގުޅިގެން، އެ އަންހެން މީހާ އޭނާގެ ލޯބިވެރިޔާއާ ކުރިމަތިލުމުން އޭނާ ވަނީ އޭނާ ދިން ހަދިޔާތައް ވިއްކަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ.

ކޮމެންޓްގައި އަންހެން މީހާ ލިޔެފައިވާގޮތުގައި، ފޭކް އެއްޗެހީގެ ބަދަލުގައި އޭނާއަށް އަގު ހެޔޮ އެއްޗެހި ދިން ނަމަ މާ ހިތްހަމަ ޖެހޭނެއެވެ.

އެތައް ބަޔަކު އެ ޕޯސްޓަށް ކޮމެންޓް ކުރިއިރު، ބައެއް މީހުން ވަނީ އެ ފިރިހެން މީހާގެ ހިތަކީ ފޭކް ހިތަކަށް ވެދާނެ ކަމަށްވެސް ބުނެފައެވެ.

އިތުރު މީހަކު ބުނީ، އެއީ ދެ މީހުންގެވެސް މައްސަލަ ކަމަށާއި، އެ ގުޅުން ހީވަނީ އެއީ ފައިސާގެ ގުޅުމެއް ކަަމަށެވެ.

މިކަމުގެ ސަބަބުން ދެ ލޯބިވެރިންގެ ގުޅުމަށް ހުރަސްތަކެއް ކުރިމަތިވި ކަމެއް ނުވަތަ ނޫން ކަމެއް ސާފް ނުވާ ކަަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަންހެނަކު ފިރިހެނަކާ ލޯބިން ނުގުޅޭނެއެވެ. އަންހެނަކު ގުޅޭނީ ފައިސާއަށެވެ. ގިނަ ފިރިހެނުންނަށް މިކަމެއް ނޭނގެއެވެ.

    3
    1
  2. ދޮނާ

    އެހެން އުޅޭ އަންހެނުން ވަރަށް ގިނަ / ފިރިހެނުން ހައްދައިން އޭތިމީތި ގަނެ ބައްކުރުން ގިނަ /‘

    • ކޮސް

      ގަނެނުދޭ ފިރިހެނަކާ އަންހެނަކު ނުވެސް އުޅޭނެ. ހަމަ ގަންނަން ޖެހޭނީ.

      • ދޮނާ

        ގަނެދޭއިރު އެގޮތަށް ބަލައިން ވިސްނޭ ފިރިހެނުން ގަނެދޭނީ // އޯކޭ ނުން ،،.