އިނގިރޭސި ޝާހީ އާއިލާގެ މެންބަރަކާ ކައިވެނިކޮށްގެން އުޅެމުންދާ މޭގަން މާކެލްގެ ވާހަކައަކީ މިހާރު އެންމެ ހިނގާ ވާހަކައެވެ. މޭގަން އަށްވުރެ މޭގަންގެ އާއިލާގެ މެންބަރުންވަނީ މަޝްހޫރުވެފައެވެ. މީޑިޔާގައި، އެމީހުންނަކީ ނަން ހިނގާ ބަޔަކަށްވަނީ ވެފައެވެ. މިކަމުގެ ސަބަބުން، އިނގިރޭސި ޝާހީ އާއިލާއަށްވެސް ދަތިތަކެއް ކުރިމަތިވަމުންދާކަމަށް ބެލެވެއެވެ.

އެގޮތުން، މޭގަންގެ ބޮޑުބޭބެއެއްވަނީ، މޭގަންގެ ކައިވެންޏަށް ދައުވަތު ނުދިނީ ކީއްވެތޯ، މީޑިޔާގައި، މޭގަންއާ ސުވާލު ކޮށްފައެވެ.

ކުރިން އެމެރިކާގެ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މައިކަލް މާކެލް ބުނެފައިވަނީ، ޝާހީ ކައިވެންޏަށް، އޭނާއަށް ދައުވަތު ނުދިނުމުން ވަރަށް ދެރަވާކަމުގައެވެ. އަދި، އެގޮތަށް، އެމީހުންނާ މެދު ތަފާތު ކުރުން ގެންގުޅިފައިވަނީ ކީއްވެތޯވެސް، އޭނާ ސުވާލު ކޮށްފައިވެއެވެ.

މައިކަލް އިތުރަށް ބުނެފައިވާ ގޮތުގައި އޭނާއަކީ ބަލިމީހެއްކަމުގައިވިޔަސް، ވިންޑްސާ ކާސަލް އަށް ގޮސް، ކައިވެނީގެ އިހުތިފާލުތަކުގައި އެނާއަށް ބައިވެރިވެވުނީހެވެ.

މައިކަލް މާކެލް

ދާދިފަހުން، އިނގިރޭސިވިލާތުގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން، މޭގަންގެ ބައްޕަގެ އެއްބަނޑު އެއްބަފާ މި މީހާ ބުނެފައިވަނީ، މިކަމުގައި އިނގިރޭސި ޝާހީ އާއިލާގެ އަތެއްވޭތޯވެސް ސުވާލު އުފެދޭކަމުގައެވެ. އަދިވެސް އޭނާ އިތުރަށް ބުނެފައިވަނީ، މޭގަންގެ ފަރާތުންވެސް އެއްޗެއް އިވޭނެކަމަށް ވަރަށް އުންމީދު ކޮށްގެން ހުރިކަމަށެވެ.

މިކަމުގައި އިނގިރޭސި ޝާހީ އާއިލާގެ އަތެއް ވެދާނެކަމަށް ބުނެ އޭނާ ބުނެފައިވަނީ، އެއީ އެމީހުން ފިޔަވައި އެހެން މީހަކު ޤަބޫލު ކުރާ ބައެއް ނޫންކަމަށާއި އެހެންކަމުން، މައިކަލްވެސް ބާކީ ކޮށްލީ، އެމީހުންކަމަށް، ފަހަރުގައި ވެދާނެކަމުގައެވެ.

މި އަހަރުގެ ތެރޭގައި މޭގަން އާއި ޕްރިންސް ހޭރީ ކައިވެނިކުރިއިރު، އެކައިވެނީގައި، މޭގަންގެ ފަރާތުން ބައިވެރިވެފައިވަނީ މޭގަންގެ މަންމަ އެކަންޏެވެ. މޭގަންގެ މަންމައަކީ، މޭގަންގެ އެހެން އާއިލާ މެންބަރުންނާ ގުޅުން އޮންނަ މީހެއް ނޫނެވެ.