އުމުރަކީ އެންމެ ނުވަ އަހަރެވެ. އުއްމީދުކޮށްގެން ހުރީ ވަރަށް އަވަހަށް ބޭނުންވާ ވައްތަރެއްގެ ސައިކަލެއް ގަނެވޭނެ ކަމަށެވެ. އެ ސައިކަލް ގަންނަން ބޭނުންވެގެން އުޅޭތާ ވަރަށް ދުވަސްވެއްޖެއެވެ. އެކަމަށް ފައިސާ އެއްކުރަން ފެށިތާ މިހާރު ހަތަރު އަހަރުވެއްޖެެއެވެ.

އެެހެން ނަމަވެސް، ޓަމިލްނާޑޫއަށް ނިސްބަތްވާ އަނޫޕްރިޔާގެ އެ ހުވަފެންތައް ދޫކޮށްލުމަށްފަހު އެއް ކުރަމުންދިޔަ އެ ފައިސާތައް ހަދިޔާ ކުރީ އިންޑިއާގެ ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހެމުންދާ މީހުންނަށް އެހީވާ ފަންޑަށެވެ. އޭނާ އެ ފަންޑަށް 9000 ރުޕީސް ހަދިޔާ ކުރިއެވެ.

އޭނާ އެ ފަންޑަށް އެހީވުމަށް ނިންމީ، ކެރެލާގައި މީހުން އުޅޭ ހާލު ޓީވީން ދައްކަން ފެށުމުން ހިތައް އުނދަގޫ ވެގެންނެވެ.

"އަހަރެން މިދިޔަ ހަތަރު އަހަރު ތެރޭގައި ފައިސާ އެއް ކުރަމުންދިޔައީ ސައިކަލެއް ގަންނަންވެގެން. ގާތްގަނޑަކަށް 9000 ރުޕީސް އެއްކުރިން. އަހަރެން ބޭނުންވީ ޓިވީ މެދުވެރިކޮށް ކެރެލާގައި ހާލުގައި ޖެހެމުންދާ މީހުން ފެނުމާއެކު އެ މީހުންނަށް އެ ފައިސާތައް ހަދިޔާ ކުރަން". އޭނާ ބުންޏެވެ.

އަނޫޕްރިޔާގެ އެ ނިންމި ނިންމުމަށް ތައުރީފްކޮށް، ހީރޯ ސައިކަލްގެ ފަރާތުން އޭނާއަށް ސައިކަލެއް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކެރެލާއަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 350 އަށްވުރެ ގިނަކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހެމުންދާ މިހުންނަށް އެހީވުމަށް އަމިއްލަ ފަރުދުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، އިންޑިއާ ސަރުކާރާއި، އަދި ބައެއް ގައުމުތަކުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލަން ޖެހެއެވެ،

ކިޔުންތެރިންގެ ހިޔާލު