ހޮލީވުޑްގެ މަޝްހޫރު ތަރި އާނޯލްޑް ޝްވެޒްނެގާ ނެޓްފްލިކްސްގެ ޗީފް އެކްޝަން އޮފިސަރަކަށް އައްޔަންކޮށްފިއެވެ. އޭނާ އަށް އެ މަގާމު ހަވާލު ކުރީ ހާއްސަ ރަސްމިއްޔާތެއްގައެވެ.

އާނޯލްޑްގެ ނެޓްފްލިކްސް ޕްރޮމޯ އިން ފެނިގެން ދަނީ ބާރު ސްޕީޑްގައި ޓޭންކަރެއްގައި އާނޯލްޑް ގޮސް ނެޓްފްލިކްސް އޮފީސް ކުރިމަތީގައި އޮންނަ ކާރެއް ފުނޑުފުނޑުކޮށްލާ މަންޒަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އާނޯލްޑް ބުނީ އޭނަހާ މޮޅަށް އެހެން އެއްވެސް މީހަކަށް އެފަދަ ކަންކަން ނުކުރެވޭނެ ކަމަށާއި ސީއޭއޯގެ މަގާމު ގަބޫލުކުރީ އެހެންވެ ކަމަށެވެ.

ނެޓްފްލިކްސްގެ ސީއޭއޯގެ މަގާމާ ހަވާލުވުމުން ކުރިއަށް އޮތް ތިން މަހު ނެޓްފްލިކްސްއަށް އަންނަން ހުރި އެކްޝަން ފިލްމުތަކާއި ސީރީޒްތައް ޕްރޮމޯޓްކުރާން އާނޯލްޑް ޖެހޭނެއެވެ.

އުމުރުން 75 އަހަރުގެ އާނޯލްޑް ވަނީ މީގެކުރިން އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރުކަން ވެސް ކޮށްފައެވެ.

ނެޓްފްލިކްސްއަށް އަންނަން ހުރި ވަރުގަދަ ޕްރޮޖެކްޓްތަކުގެ ތެރޭގައި އާނޯލްޑްގެ ޑޮކިއުމަންޓްރީ ސީރީޒް "އާނޯލްޑް" ވެސް ހިމެނެއެވެ.

ނެޓްފްލިކްސްއިން 2017 ވަނަ އަހަރު ތައާރަފުކުރި އެއް އެކައުންޓުން ގިނަ ޔޫޒަރ އިންނަށް ބޭނުންކުރެވުމުން އެ ކުންފުނީގެ ގިނަ ސަބްސްކުރައިބަރުން ގެއްލި ޔޫޒަރ އެކައުންޓުގެ ދަށަށް ވަނުމުގެ ސަބަބުން ނެޓްފްލިކްސް އަށް ކުރިންވަމުން އައި ފައިދާ ބޮޑުތަނުން ވަނީ ދަށްވެގެން ގޮސްފައެވެ. މި ސަބަބާހުރެ ފާއިތުވި އަހަރު ނެޓްފްލިކްސްއިން ވަނީ ޕާސްވޯޑް ޝެއަރ ނުކުރެވޭ ގޮތް ހަދަން ފަށައިފައެވެ. ނަމަވެސް މި ނިންމުމަށް ބަދަލު ގެނެސް ނެޓްފްލިކްސްއިން މިވަނީ މިއަދުން ފެށިގެން ޕާސްވޯޑް ޝެއާ ކުރެވޭގޮތަށް ހަދާފައެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި ޕާސްވޯޑު ޝެއާ ނުކުރެވޭ ގޮތަށް ބަދަލުކުރުމުގެ މިނިންމުމާ ގުޅިގެން ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ ޕޯޗުގަލް، ކެނަޑާ ނިއުޒިލެންޑާއި ސްޕެއިންގައެވެ. އަދި މިހާރު މިމަސައްކަތް ކުރަން ފަށާފައިވަނީ އެމެރިކާގައެވެ.

މެއި 24 އިން ފެށިގެން އެމެރިކާގެ ނެޓްފްލިކްސް ޔޫޒާއިންނަށް ޕާސްވޯޑް ޝެއަރިންއަށް އަންނާނެ ބަދަލު އީމެއިލް މެދުވެރިކޮށް ފޮނުވައި ޔޫޒައިންގެ ސަމާލުކަމަށް މިކަން ގެނައުމަށް ނެޓްފްލިކްސްއިންވަނީ ނިންމާފައެވެ. އެމެރިކާގައި ޕާސްވޯޑު ޝެއާ ނުކުރެވޭ ގޮތަށް ބަދަލު ގެނައުމަށް ކުރިން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރިލްއާއި ހަމައަށް ކަމުގައިވީ ނަމަވެސް ފަހުން ވަނީ މެއި މަހާ ހަމައަށް ދޫދޭން ނިންމާފައެވެ.

މިފަހަރު ނެޓްފްލިކްސް އިން ނިންމާފައިވަނީ އިތުރު ޑިވައިސްތައް ބޭނުންކުރުމަށް އިތުރު ޗާޖެއް ނެގުމަށެވެ.