އިންޑިއާގެ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ރޭޕްކޮށް ވަރަށް އިހާނެތި ގޮތަކަށް އަނިޔާކޮށްފައިވާ ކުއްޖާގެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން މަރަން ހުކުމްކޮށްފިއެވެ.

މަދްޔަ ޕްރަދޭޝްގެ މެންޑެސައުރުގައި އުމުރުން ހަތް އަހަރުގެ އެ ކުއްޖާ ރޭޕް ކުރި މައްސަލަ އެ ދެ މީހުންގެ މައްޗަށް ސާބިތުވެފައި މި ވަނީ އެ މައްސަލަ ކޯޓުގައި ކުރިއަށްދާތާ ދެ މަސްވެސް ނުވަނީސްއެވެ. ފުލުހުން ވަނީ އެ ދެ މީހުންނާއި ދެކޮޅަށް ވަރަށް ގިނަ ހެކިތައް ހުށަހަޅާފައެވެ.

ގްރޭޑް ދޭއްގައ ތައުލީމް ހާސިލް ކުރަމުންދާ އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އޭނާ ސްކޫލްގެ ބޭރުގައި މައިންބަފައިން އަންނަންދެން މަޑުކޮށްގެން ހުއްޓާއެވެ. އެ ކުއްޖާ ރޭޕްކޮށް ވަރަށް އަނިޔާކޮށް، އެ ކުއްޖާގެ ކަރުވެސް ބުރިކުރަަން ވެސް މަސައްކަތް ކުރިއެވެ.

އެ ކުއްޖާ ރޭޕްކުރި މައްސަލަ ފެންމަތިވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ 24 ގަޑިއިރު ނުވަނީސް ދެ މީހުންވެސް ވަނީ ހޯދާފައެވެ. އެ މީހުން އެހާއަވަހަށް ހޯދުނީ، އެ ކުއްޖާ ރޭޕްކުރި ހިސާބުގެ އަވައްޓެރިއަކު ދިން އެމީހުންގެ ސީސީޓިވީ ފޫޓޭޖާއި ފޮޓޯތަކެއް ފުލުުހުންނަށް ލިބިގެންނެވެ. ފުލުހުން ބުނީ، އެ ވީޑިއޯ ޒޫމްކޮށްގެން ބެލިއިރު، އެކަކު ލައިގެން ހުރި ބޫޓު ފާހަގަކުރެވުނު ކަމަށެވެ.

އެ ކުއްޖާ ރޭޕްކުރި މައްސަލާފައި މެންޑެސައުރުގައި މުޒާހަރާކޮށްފައެވެ.

މިދިޔަ މަސް ތެރޭގައި އެ މައްސަލަ ބަލަމުންދާ ފުލުހުން ވަނީ އެ ދެ މީހުންނާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އިސްތަށީގެ ސާމްޕަލް ތަކާއި، ސީސީޓީވީ ފޫޓޭޖް އަދި ވީީޑިއޯވެސް ވަނީ އެ ދެ މީހުންނާއި ދެކޮޅަށް ހުށަހަޅާފައެވެ.

ރޭޕްކުރި އެ ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައި ވެއެވެ.

މަދްޔަޕްރަދޭޝްގެ ޗީފް މިނިސްޓަރު ވެސް ވަނީ އެ ދެ މީހުން މަރަށް ހުކުމް ކުރުމަށް ގޮވާލާފައެވެ.