ފޮޓޯއެއް ނުވަތަ ވީޑީއޯއެއްގެ މައްސަލާގައި މީގެ ކުރިންވެސް އެތައް ފަހަރަކު އެތައް ބަޔަކު ތަޅާފޮޅުންތައް ހިނގާފައި އެބަހުއްޓެވެ. ފޮޓޯއިން ފެންނަނީ ކޮން އެއްޗެއްކަން ނޭގި ޒުވާބު ކުރާ ހިސާބަށްވެސް ދެއެވެ. މި ޒުވާބު އާއްމުކޮށް ކުރާ އެއް ޕްލެޓްފޯމަކީ ޓްވިޓާގައެވެ.

ދާދި ފަހުންވެސް ޓްވިޓާގައި އެފަދަ ޒުވާބެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މިފަހަރުގެ ޒުވާބު ކުރިއަށްގެންގޮސްފައި ވަނީ، ފޮޓޯއަކުން ފެންނަނީ ދޮރެއްތޯ ނުވަތަ ގޮނޑުދޮށް ތޯ ބުނެދިނުމަށެވެ.

ބެކީ ނަމަކަށް ކިޔާ މީހަކު މިދިޔަ މަހުގެ 25 ވަަނަ ދުވަހު ޓްވިޓާގައި ހިއްސާކުރި ފޮޓޯއަކާއި، އަދި އަގުސްޓިން ނަމަކަށް ކިޔާ މީހަކު މި މަހުގެ 22 ވަނަ ދުވަހު ހިއްސާކުރި ހަމަ އެ ފޮޓޯއާއެކު އެތައް ބަޔަކު ދަނީ އެއީ ދޮރެއްތޯ ނުވަަތަ ގޮނޑުދޮށް ފެންނަ ފޮޓޯއެއްތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ފޮޓޯ ހިއްސާކުރި ބެކީގެ ފޮޓޯތައް 32600 މީހުން ލައިކް ކުރިއެވެ. އަދި 18600 އަށްވުރެ ގިނަ މީހުން ރީޓްވީޓް ކުރިއެވެ.

އެއް ބަޔަކު ބުނަމުންދަނީ އެ ދޮރެއް ކަމަށެވެ. އަދި ފޮރުގެ ކަނީގައި ފެހިކުލަ ލާފައި ވާކަމަށާއި، ވަރަށް ބޮޑަށް އެއީ ދޮރެެއް ކަމަށް ބެލެވޭ ކަމަށެވެ.

އެތައް ބަޔަކު އެ ފޮޓޯއާއި ގުޅޭގޮތުން ވާހަކަދައްކަމުން އަންނައިރު އެ ފޮޓޯއިން ފެންނަނީ ދޮރެއް ތޯ ނުވަަތަ ގޮނޑުދޮށްތޯ ހޯދުމަށް ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ސީޓޭ

    ފޮޓޯއިން ފެންނަނީ ގޮނޑުދޮށް.

  2. ނައިކް

    ގޮނޑުދޮށް ސާފް މައްސަލައެއް ޒުވާބު ނުކުރޭ އެކަކުވެސް އިނގޭ.

  3. ޙަބޭސް

    އެއީދޮރު

  4. ކިންގު

    ގޮޑުދޮށް

  5. ތުނިޔަ

    ދޮރެއް

  6. ބްލްްްލްލް

    ތިއީ ގޮނޑުދޮށް. ތި ފޮޓޯ ރޮޓޭޓް ކޮށްފައި ބަލާބަލަ. ހުދު ކުލައިގެ ރޮނގެއްހެން މަތިން އެފެންނަނީ ކުޑަ ރާޅެއްގެ ރާޅުބާނީ. ގަދަ ނޫކުލައިން ހާމަ އުޑު. މަޑު ނޫކުލައިން ވިލު އަދި އެއަށްވުރެ ދުރުން ކަނޑު

  7. Anonymous

    ދޮރެއް. ވަރަށްޔަގީން

  8. ރައީ

    ދޮރެއް. ވަރަށްޔަގީން

  9. ނޭނގުނޭ

    އައިން....މިމަހުގެ 22 ވަނަ ދުވަހޭ؟؟؟އަދި މިއުޅެނީ މިމަހުގެ 4 ވަނަ ދުވަސް ނުނިމިގެން.އެހާއަވަހަށް 22 ވަނަ ދުވަސް އައީތަ؟؟މިވީ ކިހިނެއް؟؟؟

  10. ާސ

    ގޮނޑުދޮައް

  11. ޖާއު

    ދޮރެއް

  12. ާލިމި

    ފޮޓޯއިން ފެންނަނީ ގޮނޑުދޮށް

  13. ކައި

    ގޮނޑުދޮށް
    ފޯނު އަނބުރާލާފަ ބަލާލަ ބަލަ އެފޮޓޯއަށް

  14. ޑިމޮކްރަޓިސްޓް

    ތީދެން ސުވާލުއުފައްދަންޖެހޭކަމެއްތަ؟ ތީ ދޮރެއް!!!!!!!!

  15. ޑިމޮކްރަޓިސްޓް

    ތިހިރީ ފާރުގަ ދޮރު ހަރުކޮށްފަހުރިއިރު ދޭތެރޭ ޖާގަވެސް ތަންކޮޅުކޮޅުގަ.... ތީ ދޮރެއް... އެއްވެސް ޝައްކެއްނެތް....

  16. Chuck

    އެއީ ދޮރެއް ޔަގީން

  17. ޏަން

    ޢެފޮޓޯ ލޭންޑްސްކޭޕްކޮށް ވާހެން އަނބުރާބަލަ... 90 ޑިގްރީއަށް

  18. ާަަކޮ

    ފޮޓޯއިން ފެންނަނީ ގޮނޑުދޮށް.

  19. Hajja

    ފޮޓޯއިން ފެންނަނީ ގޮނޑުދޮށް...