އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ މަގުމަތީގައި ތިން މީހަކު ވެގެން ކުރީގެ ފުލުުހެއްގެ ގޮތުގައި، މަސައްކަތް ކުރަމުންދިޔަ މީހަކަށް އަނިޔާ ކުރަމުންދިޔައިރުވެސް އާއްމުން ތިބީ އެ މަންޒަރު ބަލަންކަން ހާމަވެއްޖެއެވެ.

އެ ތިން މީހުން އެ މީހާއަށް އަނިޔާ ކުރަމުންދިޔައީ، ދަނޑި ބޭނުންކޮށްގެންނެވެ. އުމުރުން 70 އަހަރުގެ އެ މީހާގެ ގައިގާ ތަޅަމުންދިޔައިރުވެސް މަގުމަތިން ދިޔަ އެއްވެސް މީހަކު އެކަން ހުއްޓުވުމަށް މަސައްކަތްކޮށްފައެއް ނުވެއެވެ.

އެންމެެ ފަހުން އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި މި ހާދިސާ ހިނގިއިރު، އެ މަންޒަރު ސީސީޓީވީ އަށް ވެސް ވަނީ އަރާފައެވެ. އޭގެން ފެންނަނީ. އަބްދުއްސަމަދު ޚާން ނަމަކަށް ކިޔާ އެ ފުލުސް މީހާ މަގުމަތީގައި އޭނާގެ ބައިސްކަލު ކައިރީގައި ހުއްޓާ ރަތް ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު އައިސް ޚާންގެ ގައިގާ ތަޅާ މަންޒަރެވެ.

އަދި ޚާން ބިންމައްޗަށް ވެއްޓުނުއިރު، އޭނާ އަމިއްލައަށް ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެ މީހާ ޚާންއަށް އަނިޔާ ކުރަމުންދިޔައީއެވެ. އެ މަންޒަރު ބަލަން މާ ދުރުނޫން ހިސާބެއްގައި މީހަކު ބެލްކަނީގައި ހުރިކަން އެ ސީސީޓީވީން ފެނުނުއިރު، ކައިރިން ބައިސްކަލްތަކާއި ސައިކަލްތައްވެސް ދިޔައެވެ. ނަމަވެސް އެއްވެސް މީހަކަށް ޚާންއަށް އެހީވުމަށް މަސައްކަތް ނުކުރެއެެވެ.

އަދި ފަހުން އިތުރު ދެ މީހަކު ބައިވެރިވެ ޚާންއަށް އަނިޔާކުރަމުންދާ މަންޒަރު ފެނެއެވެ. އަދި މާ ދުރުނޫން ހިސާބެއްގައި ދެ މީހަކު މަޑުކޮށްގެން އެ މަންޒަރު ބަލަން ތިބޭތަންވެސް ފެނެއެވެ.

ޚާންއަށް އަނިޔާ ކުރުމަށްފަހު އެންމެން ފިލިއިރު، އޭގެ ތެރެއިން އެކަކީ ކުށްކުރުމުގެ ރެކޯޑް އޮންނަ މީހެއްކަމަށް ވެއެވެ. ޚާންއަށް ލިބުނު އަނިޔާތަކާއެކު އޭނާ އިނީ ފާރުގައި ލެގިގެންނެވެ. އަދި ފަހުން ޚާން ހޮސްޕިޓަލަށް ގެންދިޔައެވެ.

ޚާންގެ ބޭބެއާ ހަވާލާދީ ނޫސްތަކުގައި ބުނެފަައިވާގޮތުގައި، އެ މީހުން ޚާންގެ ގައިގާ ތަޅައިގެންފައި ވަނީ ޚާންއަށް ލިބިފައިވާ ބިމެއްގެ މައްސަލާގައެވެ.

އެ މައްސަލާގައި އެކަކު ހައްޔަރުކޮށްފައިވާއިރު، އަނެއް ދެ މީހުންނަކީ ކޮން ބައެއްކަން އިނގޭއިރުވެސް ހައްޔަރުކޮށްފައި ނުވަނީ ކީއްވެތޯ ގިނަބަޔަކު ވަނީ ސުވާލުއުފައްދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޮލާ

    ރާއްޖެ އިންޑިއާ އާއި އަރާހަމަކޮށް ތަންކޮޅެއް ކުރިއަށް ޖެހިލައިފި. ރާއްޖޭގައި ދަނޑިން ހަމަލާދިނުމެއް ނޮއޮވޭ. އެންމެފަހުގެ އެޓޭކުގަވެސް ގުރީންޒޯނުގަ ހުރި ސޮރުގެ ވައިނޮޅި އެއްޝޮޓުން ބުރިކޮށްލީ. ކުޅިބަލާ ވީޑިއޯކުރާ ކުދިންނަށްވެސް މާހިތްގައިމު ކަމަށްވަނީ.

  2. ސައިނީ

    އިއްތިހާދުން މިއަނިޔާ އާއި ދެކޮޅަށް ތެދުވެ ބަޔާނެއް ނެރެން ގޮވާއިލަން