ތަފާތު ގޮތްގޮތަށް ލޯބިވެރިޔާ ކައިރިން އިންނަން އަހާ މީހުން އުޅެއެެވެ. މިއީވެސް ތަފާތު ގޮތަކަށް އޭނާގެ ލޯބިވެރިޔާ ކައިރިން އިންނަން އެހި މީހެކެވެ.

ސްކޮޓްލޭންޑަށް އުފަން ކްރިސް ގޮސްޕެލް ނަމަކަށް ކިޔާ 30 އަހަރުގެ މީހާކު އޭނާގެ ލޯބިވެރިޔާ އެއިލިދް ފްރެސާ ކައިރިން އިންނަން އެހީ "އަހަރެންނާއި އިނދެ ފާނަންތަ" މިގޮތަށް އިނގިރޭސި ބަހުން ގެރިއެއްގެ އެއް ފަރާތުގައި ލިޔެގެންނެވެ.

ފްރެސާއަށް އެ މަންޒަރު ފެނުމާއެކު، ގޮސްޕެލް ވަނީ ތިރިވެ އޭނާގެ އަތުގައި އަނގޮޓިވެސް އަޅުވައިދީފައެވެ.

އެ ގެރިއަކީ ފްރެސާއަށް ވަރަށް ހާއްސަ ގެރިއެކެވެ. ގެރި ފަދަތަކެތި ގެންގުޅޭ ގޮސްޕެލްގެ ކާލިޓޮޕް ނަމުން ނަން ދީފައިވާ އެ ގެރި ފްރެސާ އެންމެ ލޯބިވާ ގެރިއެވެ. ފްރެސާ ކާލީޓޮޕްއަށް ކާން ދިން ފަހުން، އޭތި އޭނާއާ ވަރަށް ގާތްކޮށް އުޅޭކަމަށް ގޮސްލެތް ބުންޏެވެ.

ފްރެސާ ބުނީ، ގޮސްލެޕް އޭނާ ކައިރިން އިންނަން އަހަން އުޅުނުކަން ނުވެސް އިނގޭ ކަމަށެވެ. އެހެން ނަމަވެސް ކާލީޓޮޕް ފެނުމުން ކޮންމެވެސް ކަމެއް ޝައްކުވިކަމަށް އޭނާ ބުންޏެވެ. އަދި އެ ގެރި އެ މީހުން ކައިރިއަށް އައުމުން، ފްރެސާއަށް އޭގައި ލިޔެފައި އޮތް އެއްޗެއް ފެނުނެވެ. އަދި ގޮސްޕެލް ވަނީ ތިރިވެ ފްރެސާގެ އިނގިލީގައި އަގޮޓި އަޅުވާފައެވެ.

މި ދެ ލޯބިވެރިން މަސައްކަތް ކުރަމުން ދަނީ ވަރަށް އަވަހަށް ކައިވެނިކުރާށެވެ. އަދި ކައިވެނީގެ ހަފްލާއަށް އެ ގެރި ގެންދެވޭތޯ މަސައްކަތް ކުރާނެކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު