އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެވްރިލް ލެވީންގެ މިއުޒިކްގެ ދާއިރާއާ ދުރުގައި އުޅުމަށްފަހު އަނެއްކާވެސް އާ ލަވައެއް ނެރުމަށް ދަނީ ތައްޔާރުވަމުނެވެ.

އެވްރިލް ލަވަކިޔުމާއި ދުރަށް ޖެހިލީ މީގެ އަހަރު ތަކެއް ކުރިންނެވެ. އެއިރު އޭނާ ދިޔައީ ލައިމް ބައްޔާއި ހަނގުރާމަ ކުރަމުންނެވެ. ދާދި ފަހުން އޭނާ އެ ވަނީ އެ ބައްޔާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް އޭނާގެ ވެބްސައިޓަށް އެ ބައްޔާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައެެވެ. އަދި އޭނާ އެ ބައްޔާއި ހަނގުރާމަ ކުރަމުންދިޔަ ދުވަސްތަކުގެ ވާހަކަތައް ދައްކާފައެވެ.
އެވްރިލް އޭނާގެ ފަސް ވަނަ ލަވަ އަލްބަމް ނެރުނީ 2013 ވަނަ އަހަރުއެވެ. އެއަަށްފަހު ބޮޑު ބްރޭކެއް ނެގިއެވެ. 2015 ވަނަ އަހަރު ލީމާ ބައްޔާއި ހަނގުރާމަ ކުރަން އޭނާ ފެށިއެވެ. އެ ބަލީގައިއޭނާ އުޅެން ޖެހުނީ ވޭނުގައެވެ. އެއީ ހަޔަތުގެ ދިމާވި އެންމެ އުނދަގޫ އަހަރުތައްކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ބައްޔަކީ ބެކްޓީރިއަލް އިންފެކްޝަންއެއްގެ ސަބަބުން ސިކުނޑި އާއި ހަށިގަނޑަށް އޭގެ އަސަރު ކުރެއެވެ. އެ ބަލިން ރަނގަޅުވުމަށް އެންޓިބަޔޮޓިކްސް ބޭނުން ކުރަން ޖެހެއެވެ.
"މިދިޔަ އަހަރު ތަކުގައި އަހަރެން އުޅުނީ ލީމް ބައްޔާއި ހަނގުރާމަ ކުރުމުގައި ވަަރަށް ވޭނުގައި" އަވްރިލް ބުންޏެވެ.
އެވްރިލް ބުނީ، އެ ބައްޔާރި ހަނގުރާމަ ކުރަމުންދިޔައިރު، ބައެއް ފަހަރު ހިތައް އަރަނީ މަރުވަނީ ކަމަށެވެ. އަދި ހަށިގަނޑުގެ ބާރު ކެނޑޭހެން ހީވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"ބައެއް ފަހަރު އަހަންނަށް ހީވި ފެތެން އުޅެނީހެންވެސް، އަހަރެން ފެނުގެ އަޑިއަށް ދާހެން. އެކަމަކު އަހަންނަ އިނގޭ އަހަރެން ސަލާމަތްވާން މައްޗަށް އަރަން ޖެހޭކަން. ބައެއް ފަހަރު ހީވޭ ކޯރަކަށް އޮއެވަރުގެ ބާރުގައި ދަމާހެންވެސް" އޭނާ ބުންޏެވެ.
އެވްރިލް ބުނީ، އޭނާއަށް ޖެހިފައިވާ ބަލީގެ ވާހަކަތައް އޭނާ ދައްކަން ބޭނުން ނުވި ނަމަވެސް، އެ ބައްޔާއި ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރަން ބޭނުންވާ ކަަމަށެވެ. އޭނާގެ އާ ލަވައެއް ނެރެން ތައްޔާރުވަމުން އަންނަކަމަށް އޭނާ ބުނެފައިވާއިރު، އެ ލަވައަކީ ބަލި އެނދުގައި އޮތްއިރު ލިޔެފައިވާ ލަވައެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.