އަހަރެމެން އެންމެންނަކީވެސް އުމުރުން ދުވަސްވެ މުސްކުޅިވާ ބަޔަކަށް ވީ ނަމަވެސް، ހަގީގަތުގައި އެއްވެސް މީހަކު އުމުރުން ދުވަސްވެ، މުސްކުޅި ވާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން، ސައިންސްވެރިންގެ ފަރާތުން އަހަރެމެންނަށް މިވަނީ ރަނގަޅު ވާހަކަ އެއް އަޑުއިވިފައެވެ. އެއީ ސައިންސްވެރިންގެ ގްރޫޕަކުން އުމުރުން މީހަ ހަގު ކޮށްދޭ ބޭހެއް މިހާރު އުފައްދާފައި ވާތީއެވެ.

ބަޔަކު މީހުންނަށް އެއް އަހަރު ވަންދެން އެކި ބޭސްތައް ބޭނުން ކޮށްގެން ހަދާފައިވާ ކޮކްޓެއިލް އެއް ބޯން ދީފައި ވާއިރު، މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން މިކަމުގައި ބައިވެރިވި އެންމެންވެސް ވަނީ އުމުރުން 2 އަހަރާއި ބައިގެ މުއްދަތެއް ކުރިން ހުރި ގޮތަށް މީހާ ރުޖޫއަ ވެފައެވެ. އަދި މީގެ އިތުރުން، ހަށިގަނޑުގެ ދިފާއީ ނިޒާމުވެސް ރަނގަޅުވެފައި ވާއިރު، އެމީހުންގެ ގައިގައި ވަރު ޖެހިފައި ހުންނަ މިންވަރުވެސް އިތުރުވެފައިވާކަން ދިރާސާގެ ނަތީޖާތަކުން މިވަނީ ދައްކާފައެވެ.

މި ބޭހުން އިންސާނާގެ ޑީއެންއޭ ޓިޝޫތައް ބަދަލުކޮށްލާ

މި ދިރާސާ ކޮށްފައި ވަނީ އެންމެ 9 މީހުން ބޭނުން ކޮށްގެން ވީ ނަމަވެސް، އެތަނުން އެއްވެސް މީހަކު ދިރާސާ އަށް ފަހު އެއްވެސް ކަހަލަ ޝަކުވާ އެއް ކޮށްފައި ނުވާއިރު، އެންމެންވެސް ތިބީ ވަރަށް އުފާވެފައިކަން ފާހަގަކޮށްލެވެއެވެ. ސައިންސްވެރިން ބުނާގޮތުން މި ބޭހުން މީހާ ހަގު ކޮށްދޭ ސަބަބަކީ އޭގެ ސަބަބުން އިންސާނާގެ ޑީއެންއޭގެ ޓިޝޫތައް ބަދަލު ކުރާތީއެވެ.

މި ދިރާސާ ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ބޭނުން ކޮށްގެން އިތުރަށް ކުރަން ނިންމާފައި ވާއިރު، ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ ވަރަށް އަވަހަށް މި ބޭސް މާކެޓަށް ނެރޭނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިއީ އަހަރެމެން އެންމެނަށްވެސް ލިބޭ ބޮޑު ފައިދާ އަކަށް ވެގެންދާނޭ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ރަން 30 އަހަރު އިޔާދަކުރުމަށް ތިބޭސް ރާއްޖެ ގެންނަން އެބަޖެހޭ! ކެކެކެކެކެކެކެކެ

    9
    26
  2. ސައިންޓިސްޓް

    "ޑީއެންއޭ ޓިޝޫ" އެއީ ކިހިނެއް ހުންނަ އެއްޗެއްކަން ބުނެދީފާނަންތޯ؟

    9
    5
  3. ާަޕޮގުބާ

    ތިކައިގެން ދެކިޑްނީ ފެއިލް ވާނި

    13
    4
  4. ސަޕޯރޓަރު

    ހުސް ނުވާ އާސަންދައިގެ ތެރެއިން ތީގެ ހައެއްކަ ތަށި އަހަރެމެންގެ ދަގަނޑޭއަށް ބޯންދީބަލަ! ޕްލީޒު

    4
    2
    • ޙަހަ

      ހަމަ ހަބޭސް............
      މަ ދުޢާކުރާނަން ތިކަން ތިހެން ވޭތޯ

  5. ޢަުރެނ

    ނުވާނެ.. ކިތަންމެ ވަރަަށް އުޅުނަސް 70 އަހަރު މީހަކު 69އަހަރަށް ވެސް ބަދަލު ނުކުރެވޭނެ އިނގޭތޯ

    12
    3