އިނގިރޭސިވިލާތުގެ ޕްރިންސެސް ޑަޔާނާ 1997 ވަނަ އަހަރު މަރުވި ނަމަވެސް އޭނާ އަށް މީހުންގެ ހިތުގައި ދެވިފައިވާ މަގާމަށް ބަދަލެއް ނާދެއެވެ. އެއީ ޑަޔާނާ އަކީ ނިކަމެތިންނަށް އެހީވާ، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުއްވި، ކޮންމެ މީހަކާއި ވެސް ބައްދަލު ކުރާ، ހިތްތިރި ބޭކަނބަލެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވާތީއެވެ.

އެމެރިކާގެ އެކްޓްރެސް މޭގަން މާކެލް ޕްރިންސް ހެރީ އާއި ކައިވެނި ބައްލަވައިގަނެ ޝާހީ އާއިލާގެ މެންބަރަކަށް ވެވަޑައިގެންފައި ވާއިރު މޭގަން ވެގެން ދާނީ ދެވަނަ ޑަޔާނާ އަށް ކަމަށް ވަރަށް ގިނަ ބަޔަކު މިހާރު ދަނީ ބުނަމުންނެވެ.

އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރުމާއި، އެފްރިކާގެ ފަގީރު ގައުމުތަކަށް ޒިޔާރަތްކޮށް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައި މީގެ ކުރިން ވެސް މޭގަން ވަނީ މިސާލު ދައްކަވާފައެވެ.

ޕްރިންސެސް ޑަޔާނާ އާއި މޭގަންގެ ދިރިއުޅުން ކުރިއަށް ދާނީ ދާދި އެއްގޮތަކަށް ކަމަށް ބުނާ މީހުން މިސާލެއްގެ ގޮތުގައި ދައްކަނީ މިދިޔަ އަހަރު މޭގަން އިންޑިއާ އަށް ކުރި ދަތުރެކެވެ. އެދަތުރުގައި މޭގަން ވަނީ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭއްވި ޗެރިޓީ އިވެންޓެއްގައި ބައިވެރިވެފައެވެ. އެއިވެންޓަށް މޭގަން ދިޔައީ އިންޑިއާގެ ސަގާފީ ހެދުމެއްގައެވެ. ޑަޔާނާ ވެސް އިންޑިއާ އަށް ކުރި މިފަދަ ޒިޔާރަތެއްގައި އިންޑިއާގެ ސަގާފީ ހެދުމެއްގައި ހުރި ފޮޓޯއެއް މިހާރު އިންޓަނެޓްގައި ދަނީ ދައުރުވަމުންނެވެ.

ދައުރުވަމުންދާ ފޮޓޯއެއް
ދައުރުވަމުންދާ ފޮޓޯއެއް

ޕްރިންސް ހެރީ އަކީ ވެސް އިންސާނީ ޚިދުމަތުގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. މޭގަން އާއި ޕްރިންސް ހެރީ ބައްދަލުވީ ވެސް މީހުންނަށް އެހީތެރިވުމަށް ބޭއްވި އިވެންޓެއްގެ ތެރެއިންނެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ދެކަނބަލުން މިފަދަ ގިނަ ހަރަކާތްތަކުން ފެންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    ދެވަނަ ޑަޔަނާއަކަށް ނުވެވޭނެ !

  2. ފަކް

    ޢެހެން ކަމަކާ އުޅޭ. ?

  3. ސައިނީ

    ކޮންމެވެސް އެއްޗެކޭ ކިޔާގެން ބަލާތި ސާހީ އާއިލާ ޕްރޮމޯޓް ކުރެވޭތޯ! އެއީ ދެން ކޮންބައެއް