އެންމެ ފަހުގެ އައިފޯން ސީރީޒްގައި ފޯނު ޗާޖަރު ނެތުމުން ބައެއް ފަރާތްތަކުން އެހެން ބްރޭންޑްތަކުގެ އެޑަޕްޓަރުތައް ބޭނުން ކުރަން ފެށިއެވެ. މިކަން ހައްލުކޮށްލުމަށް މިއޮތީ ރަނުގެ ފުރުސަތެކެވެ. އެޕަލްގެ ޖެނުއިން އެޑަޕްޓަރު ސޮއްޓިބިޒް އިން މިހާރު ލިބޭނެއެވެ.

ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ސޮއްޓިބިޒް ފިހާރަ އިން މި އެޑަޕްޓަރު 800ރ. އަށް ލިބޭނެއެވެ. އެޕަލްގެ 20 ވޮޓް ޔޫއެސްބީ-ސީ އެޑަޕްޓަރުން ވަރަށް އަވަހަށް ފޯނު ޗާޖުކޮށްލެވޭނެއެވެ. އައިފޯނުގެ އިތުރުން އައިޕެޑް ޕްރޯ އާއި އައިޕެޑް އެއާ ޗާޖުކޮށްލުމަށް ވެސް މި އެޑަޕްޓަރު ބޭނުންކޮށްލެވޭނެ އެވެ.

ސޮއްޓި ބިޒް އިން މި ވިއްކާ އަވަހަށް ޗާޖުވާ އެޑަޕްޓަރު ބޭނުން ކޮށްގެން ސެމްސަންގް ގެ ފޯނުތައް ޗާޖުކޮށްލުމަށް ވެސް ބޭނުން ކޮށްލެވޭނެއެވެ.

ސޮއްޓިބިޒް އިން އަންނަނީ އެންމެ ފަހުގެ ފޯނާއި ޓެކް ގެޖެޓްސް ވިއްކަމުންނެވެ. އެގޮތުން އެންމެ ފަހުގެ އައިޕޯނު 12 އާއި ސެމްސަންގެ އެންމެ ފަހުގެ ފޯނުތައް ވެސް އެފިހާރައިން ލިބޭނެއެވެ. އެފިހާރައިން ވިއްކާ ތަކެތި މޯލްޑިވްސް ފައިނޭންސް އެންޑް ލީޒިން ކޮމްޕެނީ (އެމްއެފްސީއެލް) އިން އިންސްޓޯލްމަންޓަށް ނެގޭނެއެވެ.

ސޮއްޓިބިޒް ފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތުގެ މައި ދޮރު ކުރިމަތީގައެވެ. އެ ފިހާރައިން މާލޭގެ ހުރިހާ ސަރަހައްދަކަށް ޑެލިވަރީ ވެސް ކޮށްދެއެވެ. އަދި ބޯޓުތަކަށް ވެސް ޑެލިވަރީ ކޮށްދެއެވެ. އެފިހާރައިން ވިއްކާ ތަކެތި ޑެލިވަރީ ކުރަން ބޭނުންވާ ފަރާތްތަކުން 7750004 އަށް ނުވަތަ 7449955 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.