ދެ ދަރިން ލައްވާ ހަށި ވިއްކުވި މަންމައަކު 150 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މެލޭޝިޔާގެ އުމުރުން 39 އަހަރުގެ މި އަންހެންމީހާ އޭނާގެ އުމުރުން 10 އަހަރާއި 13 އަހަރުގެ ދެ ކުދިން ލައްވާ ހަށި ވިއްކުވީ ބަންގްލަދޭޝްގެ ބަޔަކަށެވެ.

މިއަންހެން މީހާގެ މައްޗަށް 10 ދައުވާ އެއް އުފުލާފައި ވާއިރު އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އަދި ހަތަރުވަނަ ދުވަހުން ފެށިގެން ޖެހިޖެހިގެން ހަތަރު ދުވަހު އެ ދެކުދިން ލައްވާ ހަށި ވިއްކުވިކަން ސާބިތު ވުމުންނެވެ.

މި އަންހެން މީހާ އޭނާގެ ދެ ދަރިން ލައްވާ ހަށި ވިއްކުވާފައިވަނީ ބަންގްލަދޭޝްގެ ދެމީހަކަށެވެ. އެއީ ދުވާލަކަށް 16 ޑޮލަރުގެ މަގުންނެވެ.

އުމުރުން ތިން އަހަރާއި ފަސް އަހަރުގެ އިތުރު ދެ ކުޑަކުދިން ގޭގައި ތިބިކަމަށްބުނެ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްދޭން މި އަންހެންމީހާ އެދުނެވެ. އެހެންނަމަވެސް ކޯޓުން ނިންމީ އޭނާގެ ކުދިންތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށެވެ.

މިކަމާ ގުޅިގެން އެ އަންހެންމީހާއަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

މި އަހަރު މާޗު މަހު ކޮލަމްބިއާގައި 12 އަންހެން ދަރިން ލައްވާ ހަށި ވިއްކުވި މަންމައަކު އެ ގައުމުގެ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

 

ADS BY ASTERS

9 ކޮމެންޓް

  1. ތީ މައިންނަށް ކުރަފި އަރުވާ މީހުން 😈...

  2. ހައްތާ ބޮޑެތި ކުދީން

  3. ތީވަރަށް އުމުރު ދިގު މައްމަ އެއްތާދޯ

  4. ބަލަ ރާއްޖޭގައި ވެސް ތިކަހަލަ މީހުން އެބަ އުޅޭ ބައިވަރު... އެވާހަކަ ތައް ކީވެ ހަބަރުގަ ނުލިޔަނީ... ރާއްޖޭ މީހުން ކުރީމަ ޮok

  5. 😀😀😀😀😮

  6. އަނގަބޮޑު މީހާ

    10 އަހަރާއި 13 އަހަރުގެ ދެ ކުދިން ލައްވާ. މިހެން އޮތީމަ ތިން ކުދިން ހަމައެއްނުވޭތަ؟ ދިހަ އަހަރާ 13 އަހަރުގެ ކުއްޖަލު ލައްވާ މިހެން ބުނިނަމައެންނު