އުސްކަށިގަނޑު ހުރި ފައިވާނަކަށް އަރައިގެން، ފޯނާއި ކުޅެމުން މަގުމަތިން ހިނގާއިރު ދެކަމަށް އެއްފަހަރާ ފަރުވާ ބަހައްޓަން ޖެހޭނެއެވެ. އުސްކަށިގަނޑު ލީ ފައިވާނަކީ ވަރަށް ފަސޭހައިން އަރިއަޅާލައިގެން މީހާ ވެއްޓޭވައްތަރު ފައިވާނެކެވެ. އަދި މަގުމަތީގައި ފޯނު ބޭނުން ކުރުމަކީ މީހާގެ ފުރާނަމަ ނުރައްކަލުގެ ތެރެއަށް ވެއްޓިދާ ވަރުގެ ކަމެކެވެ.

މިފަދަ ވިސްނުމެއް މި ޗައިނާ އަންހެން މީހާގެ ނެތީއެވެ. މަގުމަތީގައި ހިނގަމުން ދިޔައީ، ފޯނާއި ކުޅެމުންނެވެ. އަރައިގެން ހުރީ އުސްކަށީލީ ފައިވާނަކަށެވެ. މިގޮތަށް މަގުމަތީގައި ހިނގަމުން ދަނިކޮށް ފައި ތާށިވީ މަގުމަތީގައި ފެންހިންދުމަށް ހަދާފައި ހުންނަ ކާނުގަނޑު ތެރޭގައެވެ.

އެންމެންގެ ތެރޭގައި އޭނާ ބޮޑު ލަދެއްގައި ބެދުނެވެ. އަދި އޭނާ އެތަނުގައި ތާށިވިއިރު، އޭނަ ސަލާމަތް ކުރުމަށް ބަޔަކު ވަނީ އެހީތެރިވެފައެވެ.

ޗައިނާގެ ޔޫއޮކް ނަމަކަށް ކިޔާ ސައިޓަކުން، މި މަންޒަރު ފެންނަ ވީޑިއޯއެއްވެސް މިހާރު ޢާންމުކޮށްފައިވާއިރު އެ ވީޑިޔޯއިން ފެންނަނީ ގޮތް ހުސްވެ ލަދުގަނެފައިވާ ޒުވާން އެ އަންހެނަކަށް އެހީވުމަށް ގިނަ ބަޔަކު ހަރަކާތްތެރިވާ މަންޒަރެވެ

ADS BY SHEESHA

ރިޕޯޓްތައް ބުނާގޮތުގައި، މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ވަނީ ސަލާމަތްވެފައެވެ. މި ހާދިސާގައި އޭނާއަށް މާބޮޑު އަނިޔާއެއް ލިބިފައިވާ ކަމެއް ނޭގެއެވެ.

1 ކޮމެންޓް

  1. އެކޮއި ގަމާރީި ހަމަ