ބޮލީވުޑްގެ އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ ސައިފް އަލީ ޙާން އާއި އާމިރް ޙާން 18 އަހަރަށް ފަހު، އެކުގައި ފިލްމެއް ކުޅެން ނިންމައި، ފިލްމަށް ތައްޔާރު ވާން ފަށައިފިއެވެ.

މި ދެ އެކްޓަރުންނަކީ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ބަޔަކަށް ވާއިރު، އެންމެ ފަހުން މި ދެ މީހުން ކުޅެފައިވާ ފިލްމަކީ ދިލް ޗާތާ ހޭ އެވެ. މީގެ 18 އަހަރު ކުރީގެ ފިލްމަކާއި ބަލާފައި އެ ފިލްމް އެތައް ތަނަކުން ރީތި ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސައިފް އާއި އާމިރް މިހާރު ކުޅުމަށް ތައްޔާރު ވަމުން އަންނަނީ "ވިކްރަމް ވޭދާ އިން ހިންދީ" ގައެވެ. މި ފިލްމަކީ ޓަމިލް ފިލްމެއް ނަމަވެސް، މި އެކްޓަރުން ނެރުމަށް ހަމަޖެހިފައި ވަނީ އެ ފިލްމުގެ ހިންދީގެ ރީ- މޭކް އެކެވެ.

ފިލްމުގެ ޕްރޮޑިއުސަރަކީ ޓަމިލް ފިލްމުގައި ވެސް އެ ދައުރު އަދާ ކުރި ގަޔަތްރީ ޕުޝްކާރު ކަމުގައި ވާއިރު، ފިލްމުގެ ޕްރޮޑިއުސަރަކީ ނީރާޖް ޕާންޑޭ އެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން މި ފިލްމުގެ ޝޫޓިންގެ މަސައްކަތްތައް ފެށޭނީ އަންނަ އަހަރު އެވެ.

މިވަގުތު އާމިރް ޙާން އަންނަނީ "ފޮރެސްޓް ގަމްޕް" ގެ ހިންދީ ބައި ކަމުގައިވާ ލާލް ސިން ޗައްދާ ކުޅުމަށް ތައްޔާރު ވަމުން ކަމުގައި ވާއިރު، ސައިފް އަންނަނީ "ސެކްރެޑް ގޭމްސް" ރިލީޒް ކުރުމަށް ތައްޔާރު ވުމުގެ އިތުރުން، "ޖަވާނީ ޖާނެމަން"ގެ ޝޫޓް ތައް ކުރަމުން ކަންވެސް ފާހަގަކޮށްލެވެއެވެ.