ބޭނުންވާނެ ތަކެތި:

1 ތަށި ފިނި ކުރި ކިރު

3/4 ތަށި ހަކުރު ( މުގުރާފަހުރި )

2 ތަށި ފިނި ހެވީ ކްރީމް

1 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް

18 ޗޮކްލެޓް ، ކުކީސް (އޮރިއޯ)،

ތައްޔާރުކޮށްލާނެ ގޮތް:

ހަކުރު ރީތިކޮށް ގިރެންދެން ތަށިގަނޑެއްގައި ކިރާއި ހަކުރު އެއްކޮށް ވިސްކް ކޮށްލާށެވެ. އެއަށްފަހު ހެވީ ކްރީމް އާއި ވެނީލާ އަޅާށެވެ. މިކްސްޗަރ ނޫނީ އިލެކްޓްރިކް އައިސްކްރީމް އުފައްދާ ތަށިގަނޑަކަށް ބަދަލުކޮށްލާށެވެ. އެއަށްފަހު ފިނިކޮށްލަން ބަހަށްޓާށެވެ.

ރޯލިންގ ޕިން ނުވަތަ މިކްސްޗަރ ބޭނުންކޮށްގެން ކުކީސް ވަރަށް ރީތިކޮށް، ހިމޫންކޮށްލާށެވެ. އައިސްކްރީމަށް ކުކީސް އަޅާފަ ރަނގަޅަށް އެއްކޮށްލާށެވެ. އޮރިއޯ ކުދިކޮށްކޮށާފަ ކުރީމްގެ މައްޗަށް ބުރުވާލާށެވެ. ދެން މަޑު މަޑުން މިކްސް ކޮށްލުމަށްފަހު، ތައްޓަކަށް އަޅާލުމަށްފަހު 2 ގަނޑިއިރު ވަންދެން ފިނިކޮށްލާށެވެ. ރަނގަޅަށް ފިނިވުމުން ކުކީސް އެންޑް ކުރީމް އައިސްކުރީމް ރެޑީވެނިމުނީއެވެ.