ދުނިޔޭގެ އެއްވެސް ދިމާލެއްގައި އަންހެނުންގެ ހައްގުތަކާއި ރައްކާތެރިކަމަށް ތެދުވާ ނަމަ، އެންމެ ހައްގުކަން ބޮޑީ ފަލަސްތީނުގެ އަންހެނުންގެ ހައްގުގައި ތެދުވުން ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އީވާ ނެރުއްވި ބަޔާނެއްގައި ވަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރަން ބޭނުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ އަންހެނުންނާ އެއްވަރަކަށް ފަލަސްތީނުގެ އަންހެނުންނަށް ވެސް ހައްގުތަކެއް ލިބިގެންވާ ކަމަށާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން ޖިންސީ އަނިޔާ ހިމެނޭ ގޮތަށް އަނިޔާވެރިކަމާއި ނުބައި ނުލަފާ ދަށުދަރަޖައިގެ އަމަލުތަކުން ރައްކާތެރިވުމުގެ ހައްގުވެސް އެމީހުންނަށް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ފަލަސްތީނުގެ އަންހެނުން ތަހަންމަލް ކުރަމުން ދަނީ ސިފަ ވެސް ނުކުރެވޭ ފަދަ ހިތްދަތި ދުވަސްވަރެއް ކަމަށާއި އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން އެމީހުންނާ މެދުގައި އަމަލު ކުރަމުން ދަނީ ވަރަށް އިހާނެތިކޮށް ކަމަށް އީވާގެ ބަޔާނުގައިވެއެވެ.

އދ. އިން ލަފާކޮށްފައިވާ ގޮތުގައި އިސްރާއީލުން މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާގެ 9،000 އަންހެނުން ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާގެ %80 އަންހެނުން ކުދިންނަށް ކާން ދިނުމަށް ކެއުންތައް ދޫކޮށްލާ ފަހަރު އާދެއެވެ. ކޮންމެ ގަޑިއިރަކު އެއް ފަހަރު ޣައްޒާ އިން ދެ އަންހެނުން ޝަހީދުވާ އިރު، ޣައްޒާގައި ރައްކާތެރި އެއްވެސް ހިސާބެއް ނެތެވެ.

އީވާ ވިދާޅުވީ ފަލަސްތީނުގައި އިސްރާއީލުން ހިންގާ އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށާއި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވެސް ހިލާފު ކަންތައް ކަމަށެވެ. އަދި އިސްރާއީލުން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އީވާ ވިދާޅުވީ އަންހެނުންގެ ދުވަހާއި މިފަދަ ކޮންމެ ދުވަހެއްގައި ފަލަސްތީނުގެ އަންހެނުންގެ ވާހަކަ ދައްކަން ޖެހޭ ކަމަށާއި ދުނިޔޭގެ ސަމާލުކަން ކަމަކަށް ދޭންޖެހޭ ނަމަ އެންމެ ބޮޑަށް ދޭންޖެހޭނީ އެގައުމުގެ އަންހެނުންނާއި އަންހެން ކުދިންނަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    ހާވާނެ އެއްޗެއް ނޭގިގެން އުޅޭ ގޮތަކާ ވައްތަރީ. އަންހެނުންގެ ދުވަހު ފަލަސްޠީނުގެ ހައްޤުގައި ބުރުގާ އަޅާފައި، ޔޯގާދުވަހު އިންޑިޔާ އަންހެނުންގެ ހައްޤުގައި ބުދަށް އަޅުކަންކޮށްފައި، ކްރިސްމަސްދުވަހު ޔޫރަޕު އަންހެނުންގެ ހައްޤުގައި ބިކިނީލާފައި.......ދެން މަބުނާނެ ވާހަކައެއް ނެތް! ހައްޤުތައް ތިހުތި އަރާ އަރަފޯދެނީ އުތަ؟

    19
    4
  2. ހިކި ކިރު

    ތިއީ ފިސާރި ކަމަނާއެއް! މަރުޙަބާ ކަމަނާއަށް!

    5
    18
  3. އިވާ ނޫން ގޮތެއް

    ވޯޓާއި ދިމާކޮށް ޕަބްލިސިޓީ ސްޓަންޓު ޖެއްސިޔަސް އިވާއަކީ ކާކުކަން އަހަރުންނަށް މިހާރު އެނގޭ.
    އަންހެނުން ބާރުވެރިކުރުމުގެ ނަމުގަ އާއިލާގެ ނުފޫޒު ގަދަކުރަން އުޅޭ މީހެއް ތިއީ. ދީނާށް މާލާމާތްކޮށް، ލާދީނީ މީހުނަށް ހިއްވަރުދީ، މަޖިލިސްތެރޭ ފިރިހެނުންގައިގަ ކޮޅުފައިން ޖަހާ ހެދުން މިއީތަ އަންހެނުންގެ ހައްގުތަށް ރައްކާތެރި ކުރި ގޮތަކީ؟

    20
    3
  4. ސްޓަންޓު

    މި އެެމްޑީޕީ/ ޑިމޮކްރެޓްސްއަކީ ވޯޓު ދުވަސްވަރަށް ދީނީ ވެލާ ބައެއް. މިދުވަސްވަރު އަންނިވެސް މިސްކިތަށް އަރާ ފޮޓޯ ޝޫޓު ޖައްސާނެ. އީވާ ތި ގޮވާ ލިބަރަލް ފަލްސަފާ ފަތުރަން އުޅޭ ހުޅަނގުގެ ގައުމުތަކޭ ފަލަސްތީނަށް އެ ހާލު ޖެއްސީ

    15
    1
    • ޢަހުމަދުވަގާރު

      ލިބަރަލް ޔޫރަޕާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށް ބަލަ

      3
      6
      • ސްޓަންޓު

        ކަލޭ ދޭ އިޒްރޭލު މީހުންނާއެެއްކޮށް ހަނގުރާމަ ކުރަން

  5. ހޯރަ

    ފެތެމުންދާ ދަ ޑިމޮކްރެޓްސްގެ އޮޑީގައި ހުރި ކައްޕި ގާނާއަށް ފުރީމައި، ގޮތް ހުސްވެ މަރުފަލި ޖަހަންޖެހި އެންމެ ފަހުން ފަލަސްތީނު މަތިންވެސް ހަނދާން ވެއްޖެ ދެއްތޯ؟ އެތާ އަންހެނުންނަކީ އީވާގޮތަށް ދީނީ މީހުނާއި ދީނީ ޝިއާރުތަކަށް މާލާމާތް ކުރާ ބައެއްނޫން!

    8
    1
  6. Anonymous

    ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކުގެ ގިނަ އަންހެނުންނަކީ ފަލަސްތީނުގެ އަންހެނުންގެ ހައްޤު ހޯދާދެން އެއްވެސް ކަމެއް ކުރާބަޔެއްނޫން، ފަލަސްތީން އަންހެނުންގެ ހާއްޤުގައި އަޑުއުފުލާ ބަހެއްވެސް ބުނަން ކެރޭބަޔެއްނޫން !

    4
    2
  7. 🙁🙁🙁

    ވޯޓުހޯދަން ކިޔާ އެއްޗެއް، އިހުލާސްތެރިކަމެއްނެތް. އަންހެނުންނަށްހުރި ބޮޑު ހުތުރެއް ތީ

    9
    2
  8. އައްކީސްޗް

    މުސްލިމުންނާ އެންމެ ދެކޮޅު ދިވެހިންގެ ތެރޭގައި ހިމެނޭ އީވާ މަޖިލީހާ ދިމާކޮށް ކުއްލިއަކަށް ފަލަސްތީނަށް ހެޔޮ އެދުމަކީ ޖޯކެއް. ތިޔައީ ލާދީނީ މުނާފިގެއް. އައްނިގެ އަންހެން ވައްތަރު

  9. ޑަޔްނު

    މީނަބައިވެރިވި ކުރީސަރުކާރުގަ ފަލަސްތީނާއެއްކޮޅައްވޯޓެއް ދޭންނުކެރުނުބައިގެ އަންހެނެއްތިޔއީ މިހާރުދެން ވޯޓާކައިރިވެފައޮތީމާ فلسطينއޭ ކިޔަކަސް ﷲ އިރާދަކުރެއްވިއްޔާ ތިޔަބައިގެ އެއްވެސް މީހެއް ދެންމިޤައުމުގެ ޤާނޫނުހަދާ މަޖްލިހަކައް ނުހޮވާނެ