އިންޑިއާއިން ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލުމުމުގެ ނޭދެވޭ އަސަރު މި ގައުމަށް ކުރަމުންދާ ކަމަށާއި ދިވެހިންގެ ކިބައިން އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއެއްގައި ނަޝީދު ވިދާޅުވީ އިންޑިއާއިން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލި ގޮވާލުމުގެ ސަބަބުން މި ގައުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. ދިވެހިންގެ ފަރާތުން މާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ދިވެހިން ބޭނުންވަނީ އިންޑިއާ ފަތުރުވެރިން އެ ގައުމަށް ޒިޔާރަތް ކުރުމަށް. އިންޑިއާ ފަތުރުވެރިންނާއި މެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ. އިސްތިގްބާލްކުރާނީ އެންމެ ފުރިހަމަ ގޮތުގައި." ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި ދިވެހިންނަށް އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ޑޯނިޔާ އެއާކްރާފްޓާއި ހެލިކަޕްޓަރު ބޭނުންކުރުން ހުއްޓާލައިފާ ލެވުމާމެދު ހިތާމާކުރާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ރައީސް މުއިއްޒްގެ އަރިހުގައި ދަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ އަހަރު ނޮވެމްބަރ 17 ވަނަ ދުވަހު ރައިސް މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވި ހިސާބުން އިންޑިއާ އެކު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ހީނަރުކަން އައިސްފައިވާ ކަމަށް އިންޑިއާއިން ދެކެއެވެ. އެ ގުޅުން އެންމެ ބޮޑަށް ހީނަރުވެގެން ދިޔައީ ރައީސް ޑރ. މުއިއްޒު ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ އަށް ނިސްބަތްކޮށް ވަރަށް ހުތުރުކޮށް ފުރައްސާރަ ކުރެއްވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި އެ ތިން ޑެޕިއުޓީ މިނިސްޓަރުން އަދިވެސް ތިއްބެވީ ސަސްޕެންޑްގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ސުކުން

    ދިވެހިންގެ ފަރާތުން ކަމެއް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ކަލެއަކަށް މިހާރަކު ނޯންނާނެ. ކަލޭ ހީކުރަނީ މިހާރު ވެސް މި ގައުމުގެ ވެރިޔަކީ ކަލޭ ކަމަށްތަ؟

    82
    3
  2. ރެހި

    މަށާ މަގޭ އާއިލާ އަދި ގާތްތިމާގެ މީހުން ރައްޓެހިންނަކީ ދިވެހީން. އެމީހުން އިިންޑިއާގެ ކިބައިން މާފަކަށް ނޭދޭނެ، ކޮންމެހެން ދިވެހީންނޭ ނުކިޔާ ތިމާއާ ތިމާގެ އައުވާނުންނޭ ކިޔާބަލަ. ކަންތަކާ ލައިގަތީއޭ

    76
    2
  3. Anonymous

    އިންޑިޔާގެ އަޅުކުއްޖާ ފާޅުވެއްޖެ ހަނީމޫނު ނިމުނީތޯ

    70
    2
  4. ޙސހސ

    ދިވެހި ރައްޔިތުންނޭ ނުކިޔާ. ލާދީނީ ބައިގަނޑުގެ ފަރަތުންނޭ ކިޔާ. ކިހާބޮޑު އުުނދަގުލެއް މީދެން. ކަލޭގެ ސައިޒް އޮންނާނެ ދިވެހިން ދައްކާފަ ރިޔާސީ އިންތިހާބުގަ. ގަތްލަދުން ހަަބުޝްކަރަޔަށް އަރުވާލެވިގެން ހުރެވެސް ދިވެހިންނަށް އުނދަގޫ ނުކޮށްފާނަންތަ

    57
    1
  5. ގަންޖާބޯ

    ކަލޭތީ ދިވެހިންގެ ފަރާތުން މާފަށްއެދެން ކާކުތަ؟ ކަލޭތީ ދިވެހިއްންގެ ދިވެހިރާއްޖޭގެ އިސްލާމް ދީނުގެ ޢަދުއްވެއް އިންޑިޔާގެ އަޅުވެތިކަމަށް ގައިމު ހަދިޔާކުރީ ތިޔަ ހާއިނުކަލޭގެ ދިވެހިންގެ ނަމުގައި ކަންކަން ކުރަން ކަލެޔަކަށް ނުޖެހޭނެ ދިވެހިން އިންޑިޔާގެ ކިބައިން މާފަށް އެދޭކަށްވެސްނުޖެހޭ ކަލޭމެން ހަދާފާއިވާ ވަގުޑިލްތައް ކުރިޔަށް ނުދާނެހެން ހީވާތީ ތިޔަ ތެޅެނީ ހިންގާފަ ހުރި ޖަރީމާތައް ފަޅާ އަރާނެތީ

    30
  6. އދ

    މީނާގެ ޝަރީޢަތްތައް ފެށުން އަވަސްކުރުމަށް ގޮވާލަން.

    53
    1
  7. އައުޓް

    މަ މީ ދިވެއްސެއް،، ޕްލީޒް ޕްލީޒް، މަގޭ ފަރާތުން މާފަށް އެދޭނެކަމެއް ނެތް،، ރީނދޫ ކުދިންގެ ފަރާތުން އެދޭ

    57
    2
  8. އައްނި

    ދިވެއްސެއް ނޫން މީހަކު ދިވެހިންގެ ފާރާތުން އެއްވެސް އެހެން ފަރާތަކަށް މާފަށް އެދެން ޖެހޭތަ؟

    41
    1
  9. ސަރީ

    ކަލޭތީ ދިވެހިން ރެޕްރެސެންޓުކުރަން އައްޔަން ކޮއްފަ ހުރި މީހެއް ނޫނޭ...

    54
    1
  10. ޢަލީ

    ތީ އަހަރެންގެ ފަރާތުންހުރި މަންދޫބެއްނޫން، ދިވެހިންގެ ނަމުގައި އެއްޗެއް ނުބުނެވޭނެ. އެޅިހައިބަތަކަށް ރިހަވެގެން ނުތިބޭނެ. އެހެންގައުމަކާ ގުޅުން އޮންނަ ނަމަ އިންޑިޔާއަކަށް ކަމަކުނުދޭ ހަމައެކަނި ގުޅުން ބާއްވަންވީ އެމީހުންނާ، އެހެނެއް އެކަން ނުވާނެ.

    42
    1
  11. Anonymous

    މަވެސް މީ ދިވެއްސެއް..މަ ތިކަމުގަ ކަލޭ ހިމެނީ މަގޭ ރުހުން ހޯދައިގެންބާ؟..

    41
    1
  12. ހ

    ދިވެހިންގެ ފަރާތުން ވާހަކަ ދައްކަން ކުރީގެ ރައީސް ނަޝީދު އަކަށް އެއްވެސް ހައިސިއްޔަތެއް މިހާރަކު ނެތް.

    40
    1
  13. ނުހާ

    އެއްކަލައެތި ރޯދައަށް ފާޅުވީ ދޯ؟

    40
    1
  14. އާދަނާ

    އެއްގޮތަކަށްވެސް ދިވެހިންގެ ފަރާތުން ކަލޭ މާފަށް އެދިގެންނުވާނެ! ކަލޭތީ މިގައުމަށް އިންޑިޔާސިފައިން އެތެރެކުރި ހާއިނެއް، ތީގައްދާރެއް، އަހަރަމެންގެ ނަމުގަ ކަލެއަށް އެއްވެސް ކަމެއްކުރުމުގެ ހުއްދައެއް އަހަރަމެންނުދޭނަން!!!

    40
    1
  15. އާދަނާ

    އިންޑިޔާއިން މިގައުމުގެ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނީ، މިގައުމުގެ ދާހިލީކަންކަމުގެ ތެރެއަށް އަތްބާނައިގެން އުޅުނީ އިންޑިޔާއިން، އެއީވެސް ތިކަހަލުގެ ޕަޕެޓުންގެ ތައިދާއެކު!

    38
    1
  16. އިންޑިޔާ

    ކަލެ އާއި ކަލެއަށް ތަބައަވާ ޔަހޫދީ ބައިގަނޑޭ ކިޔާބަލަ. ﷲ ގަންދީ ބުނަން، އިންޑިޔާ ފަތުރު ވެރިން މި ރާއްޖެ އައުން މަދުވީމަ، ފަތުރު ވެރި ކަަމުގެ ދާއިރާގައި މަސައްކަތް ކުރާ އެތަކެއް ބަޔަކަށް އާދަޔާ ހިލާފަށް ހިންހަމަ ޖެހުން އިހުސާސް ކުރެވޭނެ. އަދި ބުނަން، ހުރިހާ ދިވެހީން ކަލޭގެ ހިތާމައިގަ ބައިވެރި ނުކުރޭ، ގައިމުވެސް މަށެއް މާފަކަށް ނޭދޭނަން. މިހިިރަ ޔަހޫދީ ކަލޭގެއާ

    31
    1
  17. ކަމަނަ

    މަނިކުފާނު އިންޑިއާ ރައްޔިތުންނަށް ތިޔަހާހެޔޮފުޅުވަންޏާމުން އެމީހުންގެ ގައުމު ހިންގުމާ ހަވާލުވެ އެގައުމުގެ ބޮޑުވަޒީރަކަށް ވާންވީނޫންތޯ ކޮންމެހެން މިގައުމުގެ ރައއޔިތުންގެ ފަރާތުން މައާފަށް އެދި އެދިލެއްވުމުގެ ހައިސިއްޔަތެއް މަނިކުފާނުގެ ނެތެއްނޫންތޯ ވަރަށް ވެދުން

    30
    1
  18. ކާސިންބެ

    އަމިއްލަ ނުމުގައި މައާފަށް އެދޭ
    ހަދިޔާ ކުރުމުގެ މާނަ ފުރަތަމަ ދަސްކުރޭ
    އިންޑިޔާ މިލްޓަރި ޖަހައިގެން އެމީހުން މިގައުމުގައި ދުއްވަން ޖެހޭނީ

    25
    1
  19. ރަށްވެހި ފަތިސްހަނދުވަރު

    އިންޑިޔާގެ މަޖިލިސް އިންތިހާބު މޭ މަހުގައި އޮތް އިރު، ލާރިކޮޅަކަށް ކެމްޕޭނު ކުރާ ކުދިން ވަަރަށް ގިނައިން ފެންނާނެ. ރާއްޖޭގެ ހިތުން ބޮޑުވަޒީރު ނަޝީދަކީވެސް އޭގެ ކުއްޖެއް. ގަނާގަ ރާފުޅީގެ އަގުތަށް އުފުލުނީ ތޯއްޗެއް

    27
    1
  20. އަޙުމަދު

    ކުރީގެ ރައީސް ނަޝީދު އިސްވެ ހުރެ 8 ފެބުރުއަރީ ގައި މުޅި ދިވެހި ގައުމުގައި ހުޅު ޖަހައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ދިން ގެއްލުން ގާތްގަނޑަކަށް 265 މިލިއަން ރުފިޔާއަށް އަރާ، އެކަމަކު ދިވެހި ރައްޔިތުން ކިބައިން މާފަށް ނޭދޭ! އެންމެ ކުޑަ މިނުން އެބައެއްގެ އަމިއްލަ މުދަލަށް ގެއްލުން ލިބުނު ފަރާތްތަކުގެ ކިބައިންވެސް މާފަށް ނޭދޭ. ވީމާ ދަންނަވަން، އަޅުގަނޑުގެ ފަރާތުން އެއްވެސް ވާހަކައެއް ރައީސް ނަޝީދު ނުދެއްކެވުން އެދެން. އަދި އެއްވެސް ފަރާތެއްގައި އަޅުގަނޑު ތަމްސީލު ނުކުރުމަށް އެދެން އެއްވެސް ގައުމެއްގެ ފަރާތުން މާފަށް އެދި ކުޑަ ކަކޫ ތިރުކޮށް ބޯ ގުދު ނުކުރުމަށް އަދުގެ ރައީސްއަށް ދަންނަވަން، މިނިވަން މުސްތަގިއްލު އިސްލާމި ގައުމެއްގެ ގޮތުގައި ދިވެހި ގައުމު ކުރިއަށް ގެންދިއުމާއި ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް އިޙުތިރާމް ކުރާ ގައުމުތަކާއި ގުޅުން ގާއިމުކޮށްގެން ކުރިއަށް ދިއުމަށްވެސް އިލްތިމާސް ކުރަން

    14
  21. Ahmed

    މީނަ އަތުން ދިވެހި ޕާސްޕޯރޓް އަތުލާފަ މިޤައުމަށް ނާރުވަން ވެއްޖެމިހާރު.

    32
    3
  22. Anonymous

    ރާއްޖޭގެ ރައީސެއްގެ ނަންބޯޑް އަޅުވައި ކަޅު މުހައްމަދު އާއި ހަސަން ރަސްގެފާނު ކިޔާ ބަޔަކުވެސް މީގެ ކުރިން ހަމަ ތިޔަޒާތަކަށް އުޅުނު ވެރިކަން ހޯދަން ކަލޭވެސް މިއަދު ހަމަ އެގިތަށް އެބީދައިން ތިޔައުޅެނީ، ﷲ ގެ ވާޤިފުޅާއި އެކު ޖަލޭގެ ހުރިހާ ރޭވުމެއް ނާކާމިޔާބު ކުރާނެ ބަޔަކު ދިވެހިންގެ ތެރޭގައި ﷲ ލައްވާނެ، އަދި ﷲ އެބަޔަކަށް ނަސްރާއި ފަތަހަ ކާމިޔާބު ދެއްވާނެ، އެތެރެޔާއި ބޭރުގައި ތިޔަޒާތުގެ މީހުން އެބަތިބި !

    29
  23. ޕަޕެޓު

    މީ ކާކު ދިވެހިންގެ ފަރާތުން ކަންކަބް ކުރަން. ޣައުމުގެ ރައީސްތަ. ޢަޅެ. ޚިހާދެރަކަމެއް. ޜާއްޖެ ބޭރޭ ގޮތަށް ޑީޕޯޓު ކުރަންޖެހޭ މުނާފިގެއް މީ. ޢިންޑިއާގެ ޕަޕެޓު.

    29
    1
  24. Anonymous

    ޗޯރު ނަޝީދު ޗޯރު އިބްރާހީމް، މިދެމީހުން ކުރެ އެކަކީ ކަޅު މުހައްމަދު އަނެކަކީ ހަސަން ރަސްގެ ފާނު ކުޅުނުބައި ކުޅޭ ދެ ޢައްދާރު ހާއިނުން !

    10
  25. ނުފޮރުއްޕާން

    ދިވެހި ދައުލަތުގެ ބާރުވެރިނމުއައްސަސާތަކަށް ވަދެ އަތްބގަދަކުރުމަށް ބަޔަކު ދިން ފުރުޞަތުގެ ބޭނުންކުރަން ފެަސި ހިސާބުން އަހަރެން އިންޑިޔާގެ މޯދީ ސަރުކަަރަށް ސީދާ ޙަސަދަ ލައިފިން. މިހާރު މިނަޝީދަކީ ދިވެހި ފަޚުރުވެރިއަކަށްވެހުރެ އަހަރެން ދިވެހިޣައްދާރު މިކަލޭގެއަށް ވޔޒރ މިނިދިޔުން ދެކެން ބޭނުން.

    10
  26. އިންޑިއާއައުޓް

    ކަލޭ ޗައިނާއާ ބެހިފައި މާފަށް ނޭދޭ

    10
  27. ޢަލީ

    އިސްތިއުފާދިންރައީސް ޖެހެނީ ނެޝަނަލިޓީ ބަދަލުކުރަން އިންޑިޔާމީހަކަށް!

    12
  28. ޢަބްދުﷲ

    މީ ކާކުތޯ ދިވެހީންގެ ފަރާތުން މާފަށް އެދެން؟

    12
  29. ވަާޑު

    މުހައްމަދު ނަޝީދަކީ އިންޑިޔާގެ ރަށްވެއްސެއްބާ ! ދިވެއްސެއްބާ! އޭނާ ދިވެހިރާއްޖެގެ ރައްޔިތުން މަތިން އިންޑިޔާގެ ކިބައިން މާފަށް އެދެނީ ! މީ އައްޗި މުޑުދާރު ވާހަކައެއް ! ނަޝީދަކީ ގައުމުގެ ހަލާކު

  30. ޖޖޖޖޖ

    ކިޔަން ވީ އެތި ބޮޑުކަމުން ނިކިޔާނަން

  31. މުޙައްމަދު

    މަގޭ ފަރާތުން މާފަކަށް ނޭދޭނަން

  32. އިބޫ

    އިން ވަޓް ކެޕޭސިޓީ !!!! އިޑިއޮޓް!!

    10
  33. Anonymous

    ދިވެހި ވެރިންގެ ނަމްބޯޑް އަޅުވައިގެން ތިޔަ ޒާތަށް އުޅުނު ވެރިންގެ ކަޅު ސޮފުހާތަށް ދިވެހިތާރީހުގައި ލިޔެވުފައި އެހުރީ ފެންނަން !

  34. Anonymous

    މީކާކުދެން ދިވެހިންގެ ފަރާތުންނޭކިޔާކަށް . ތިތާ އެފްރިކާ ވަލުގަ އޮވެފަ ކޮން ހުވަފެނެއް ތިފެނުނީ.

  35. ޙެހެހ

    މާފަށް އެދޭވަރުކަމެއް ރާއްޖެއިން ނުކުރޭ ، ދިވެހި ބިމުގަ އުޅެންޖެހޭނީ ދިވެހި އަސްކަރިއްޔާއޭ ބުނުމަކީ ކުށެއްނޫން ، އަދި ދިވެހިންގެ އަމިއްލަ ވަންތަކަމަށް އެހެން ޤައުމުތަކުން އިޚްތިރާމް ކުރަން ބުނުމަކީ މާފަށް އެދެން ޖެހޭވަރުކަމެއްނޫން
    ޢެހެން ނޫނަސް ރާއްޖޭގެ ޞަރަޙައްދަށް ހުއްދަނެތި އިންޑިއާވިޔަސް ވަނުމަކީ ބައިނަލްއަޤުވާ ބޮޑުކުށެއް ، އިންޑިއާސިފައިންވަނީ އެކަން ކޮށްފަ ، މާފަށް އެދެންވީ އިންޑިއާ

  36. ށޖދޖސ

    އަލަމްގިރި ކަންތައް އަމިއްލަ ގެތެރެއިން ނިމިގެން ދިޔައީ.
    ޢެކަމަށް ތިޔަ އާއިލާއާއި މައިންބަފައިންގެ ފަރާތުން ދިވެހިންގެ ކިބައިން މައުފަށް ނޭދުނީ ކީއްވެ.

  37. އަޙުމަދު

    އަޅުގަނޑު ދެކޭ ގޮތުގައި ކުރީގެ ރައީސް އަލްފާޟިލު މުޙަންމަދު ނަޝީދު އަށް މިހާރު ތިގޮތަށް ބަސްދީގަތުން ނުވަތަ ނޫސްތަކަށް ދިވެހީންގެ ނަމުގައި އެއްވެސް ފަދަ ވާހަކަ އެއް ބުނެ ދެއްކިގެން ނުވާނެ.ނަމަވެސް އަމިއްލަ ޙައިސިއްޔަތުން ކަމަކަށް ފެންނަ އެއްޗެއް ބުނެވިދާނެ.

  38. ާއަހުމަދު އަލި މަނިކު

    ކޮމެންޓު ކުރި ކުދިންނަށް އައްސަރިބަހާއި ސާބަސް. ވައްސަލާމް.

  39. އަބްދޫ

    މި ގައުމަށް އިންޑިޔާ ސިފައިން އެރުވި ގައްދާރު. އިންޑިޔާ އިން ރިސްވަތު ނަގާ މޮރިސަސްގެ އެކައުންޓަކަށް ޖަމާކުރިކަމަށް ތުހުމަތުވާ ގައްދާރު ބޮޑުވަގު

  40. ޖާނޭ

    ވަރަށް ރަނގަޅުކަމެއް ކަލޭ ތިކުރީ. ސަރުކާރަކުން ނުޖެހޭނެ އެކަމެއް ކުރާކަށް. ކަލޭތީ އެގައުމުގެ އަޅެއްވިއްޔަ؟ ރޯދަޔަށް ފިޔަޔާ ބިސް އަގުހެޔޮކޮށް ލިބޭނެ. ދެން ކަލެއަށްވެސް ހިލޭ ހުރެވޭނެ

  41. ރައިތުން

    ދިވެހިންގެ ފަރާތުން މީމީހާ މިއީ މޮޔަ ގޮލައެއް ހައިސީއަތެއް ނެތްމީހެއް ދިވެހިންގެ ނަމުގަ މާފަށް އެދޭނެ ކަމެއްނެތް ކަލޭގެ އަމިއްލަ ނަމުގަ އެދިބަލަ މިއީ މިޤައުމަށް ދިމާވެފައިވާ ބަލާވެރި ކަމެއް

  42. މުޙައްމަދު 123

    ހުރިހާ ދިވެހިންގެ ފަރާތުން ވާހަކަދެއްކުމުގެ ހައިސިއްޔަތެއް މިހާރު މަނިކުފާނަކަށް ނޯންނާނެ